Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގެ އިގްތިސާދު

ޕާކިސްތާނުގެ ޝޮޕިންގ ސެންޓަރުތައް ރޭގަނޑު އަވަހަށް ބަންދުކުރަން އަންގައިފި

ޚަރަދު ކުޑަކުރުމަށް މިގޮތަށް ކަންތައް ކޮށްފިނަމަ 274.3 މިލިއަން ޑޮލަރު އެގައުމަށް ސަލާމަތް ކުރެވޭނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2023 | ބުދަ 17:02
ޕާކިސްތާނުގެ ޝޮޕިންގ މޯލެއް

ޕާކިސްތާނުގެ ޝޮޕިންގ މޯލެއް

ޕާކިސްތާނުގެ އާންމު އިގްތިސާދީ ހާލަތު ދަށަށް ގޮސް އިގްތިސާދީ ކާސިރާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ކަންބޮޑުވުން އިތުރުވަމުން ދިއުމާއެކު, ޚަރަދު ކުޑަކުރުމުގެ ގޮތުން ޝޮޕިންގ ސެންޓަރުތަކާއި މާރުކޭޓުތައް ކޮންމެ ރެޔަކުވެސް އަވަހަށް ބަންދު ކުރުމަށް ސަރުކާރުން އަންގައިފިއެވެ. ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފް ވިދާޅުވީ، މިގޮތަށް ކަންތައް ކޮށްފިނަމަ 274.3 މިލިއަން ޑޮލަރު އެގައުމަށް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ޕާކިސްތާނުގެ އިންޖީނުގެތައް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކުރަނީ އިމްޕޯޓްކުރާ ފޮސިލް ފިއުލެވެ. ތެލުގެ އަގު މުޅިދުނިޔޭގައިވެސް މިދިޔަ އަހަރު ބޮޑުވެގެން ދިއުމާއެކު، އެގައުމުންވެސް ތެލަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ.

ބައެއްމީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކުރިން ހުރި ބޭރު ފައިސާގެ ރިޒަރވް 50 އިންސައްތަ މަދުވެގެން ދިއުމަށްފަހު، މިދިޔަ އަހަރު ނިމުނުއިރު އެގައުމުގައި ހުރީ 11.7 ބިލިއަން ޔޫއެސް ޑޮލަރު ކަމަށްވެއެވެ. މިއީ ތެޔޮ ހިމެނޭހެން އެއްމަހުގެ އިމްޕޯޓަށް ބޭނުންވާނެ ވަރު އެކަންޏެވެ.

މިނިސްޓަރު އާސިފް އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ޝޮޕިންގ މޯލްތަކާއި މާރުކޭޓުތައް ރޭގަނޑު 8:30ގައި ބަންދުކުރަން އަންގާފައިވާއިރު، ސަރުކާރު އޮފީސްތަކުން ކަރަންޓް ބޭނުންކުރާވަރު 30 އިންސައްތަ ދަށްކުރުމަށްވެސް ވަނީ އަންގާފައި ކަމަށެވެ.

މީގެ އިތުރުން ކަރަންޓުގެ ޚަރަދު ކުޑަ ނޫން، އެނބުރޭ ފަންކާއާއި އެހެންވެސް އާލާތް އުފެއްދުންވެސް ޖުލައިމަހުން ފެށިގެން މަނާކުރެވޭނެއެވެ.

220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ދަތިތަކެއް ކުރިމަތިވެފައިވާތާ އަހަރުތަކެއްވަނީ ވެފައެވެ. މިކަމުން އަރައިގަނެވޭތޯ ބެލުމަށް 2019 އަހަރު އައި.އެމް.އެފްއިން 6 ބިލިއަން ޑޮލަރުގެ ބެއިލް އައުޓް އެހީ ފޯރުކޮށްދީފައި ވެއެވެ. އެއަށްފަހު މިދިޔަ އަހަރުގެ އޮގަސްޓް މަހުވެސް އިތުރު 1.1 ބިލިއަން ޑޮލަރު ފޯރުކޮށްދީފައި ވެއެވެ.

ޕާކިސްތާނުގެ ހާލަތު މިހާ ގޯސްވެފައި ވަނީ މިދިޔަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެންނެވެ. އޮކްޓޯބަރުމަހު ވަރލްޑް ބޭންކުން ބުނެފައިވާގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނަށް ލިބުނު ގެއްލުން 40 ބިލިއަނަށް އަރާނެކަމަށް އަންދާޒާ ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017
ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

17 ޖޫން 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު