Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިއްޒުއްދީން ފާލަން ސަރަހައްދަށް ތެޔޮއެޅުން

އިއްޒުއްދީން ފާލަން ސަރަހައްދަށް ތެޔޮ އެޅުން: ޖުމްލަ 15 ފީފާގެ ތެޔޮ ނަގާފައިވޭ

4 ޖެނުއަރީ 2023 | ބުދަ 05:52

އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި އެސަރަހައްދަށް 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ޖެނުއަރީ 2023 | ބުދަ 05:52
ފަޅުތެރެއަށް އެޅުނު ތެޔޮ ސާފުކުރަނީ

ފަޅުތެރެއަށް އެޅުނު ތެޔޮ ސާފުކުރަނީ | އެމްއެންޑީއެފް

ރަސްމީ ފާލަމާ ދިމާއިން ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮ އެސަރަހައްދުން ނަގައި ނިންމާލި އިރު ޖުމުލަ 15 ފީފާގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލޭ އޭރިއާ ސިފައިން ގުޅިގެން, ރަސްމީ ފާލަމާ ދިމާއިން ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮ އެސަރަހައްދުން ނަގައި ނިންމާލާފައި ވަނީ އަންގާރަ ދުވަހުއެވެ. އެ މަސައްކަތް ނިންމާލި ނަމަވެސް އެސަރަހައްދުގައި ތެޔޮ ހުރިތޯ ބަލަމުންދާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ރަސްމީ ފާލަން ސަރަހައްދަށް އެޅުނު ތެޔޮ ނެގުމު މަސައްކަތް ނިންމާލާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 13:35 ހާއިރެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮ ސާފުކުރުމަށް ފެށި އޮޕަރޭޝަން ނިންމާލި ނަމަވެސް ފާލަން ސަރަހައްދަށް ތެޔޮ ވަދޭތޯ ބަލަމުން ދާނެކަމަށެވެ. އެގޮތުން ބުދަ ދުވަހުވެސް ތެޔޮ ނެގުމުގެ ކަންކަން ކުރިޔަށްގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާކަމުގެ މައުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމް.އާރް.ސީ.ސީއަށް ލިބިފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 09:10 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައވެެ. އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި އެސަރަހައްދަށް 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައިވެއެވެ.

ތެޔޮ ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލޭ އޭރިއާ މެރީންސްއާއި، މެރިން ޕޮލިސްގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ އެ ސަރަހައްދަށް ތެޔޮއެޅިފައިވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ލަކުޑިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ: އެމްއެންޑީއެފް

19 މެއި 2017
ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ލަކުޑިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ: އެމްއެންޑީއެފް
18 އެޕްރީލު 2017

މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް

18 އެޕްރީލު 2017
މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް
09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
05 އެޕްރީލު 2017

މޯޗަރީން ގަބުރެއް ނެރުމުން އެ ސަރަހައްދަށް ވަސް ފެތުރި، ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި

05 އެޕްރީލު 2017
މޯޗަރީން ގަބުރެއް ނެރުމުން އެ ސަރަހައްދަށް ވަސް ފެތުރި، ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި
05 އެޕްރީލު 2017

ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

05 އެޕްރީލު 2017
ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި
22 މާރިޗު 2017

ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި

22 މާރިޗު 2017
ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް