Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެލޭގެ ޖަނާޒާ

އެތައްހާސް ސަޕޯޓަރުންނެއް ޕެލޭއަށް އެންމެފަހުގެ އިހުތިރާމު އަދާކޮށްފި

ޕެލޭ މަރުވީ ޑިސެންބަރު 29 ވަނަ ދުވަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2023 | ބުދަ 02:36
ޕެލޭގެ ހަށިގަނޑު ސަންޓޯސް ސިޓީގެ މަގެއްގެ މަތިން ރަސްމީ އިއްޒަތުގައި ގެންދަނީ

ޕެލޭގެ ހަށިގަނޑު ސަންޓޯސް ސިޓީގެ މަގެއްގެ މަތިން ރަސްމީ އިއްޒަތުގައި ގެންދަނީ

ފުޓްބޯޅަ ލެޖެންޑް ބްރެޒިލްގެ ޕެލޭއަށް އެގައުމުގެ އެތައްހާސް ސަޕޯޓަރުން އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފިއެވެ.

ޑިސެމްބަރު 29 ވަނަ ދުވަހު މަރުވި ޕެލޭގެ ޖަނާޒާގެ އެކި އިވެންޓްތަކުގެ ތެރެއިން އެންމެ ފަހުގެ އިވެންޓަށްފަހު ހަށިގަނޑު ގެންދިޔައިރު އެގައުމުގެ އެތައްހާސް ރައްޔިތުން ވަނީ ޕެލޭއަށް އިހުތިރާމް އަދާކޮށްފައެވެ. ޕެލޭގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ރަސްމީ އިއްޒަތުގައެވެ. ޖަނާޒާގެ ރަސްމީ ބައި މިހާރު ވަނީ ނިމިފައެވެ. 82 އަހަރުގައި ޕެލޭ މަރުވީ ކެންސަރުގެ ބައްޔާ ހަނގުރާމަ ކުރަމުން ދަނިކޮށް, ހޮސްޕިޓަލްގައެވެ. ޕެލޭ މަރުވުމުން ބްރެޒިލްގެ ސަރުކާރުން ތިން ދުވަހު ރަސްމީކޮށް އެކަމުގެ ހިތާމަ ފާޅުކުރިއެވެ. ޕެލޭގެ ޖަނާޒާގެ ކަންކަން ކުރިއަށްދިޔައިރު ބްރެޒިލްގެ އައު ރައީސްވެސް ޕެލޭއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރިއެވެ. ޢާއްމުނަން ޚާއްޞަކޮށް ޕެލޭގެ ހަށިގަނޑު ބާއްވާފައި އޮތްއިރު 24 ގަޑިއިރުގެ ތެރޭގައި 230,000 އަށްވުރެ ގިނަ މީހުން އެންމެ ފަހުގެ އިހުތިރާމް އަދާކުރަން ޒިޔާރަތްކުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕެލޭ އަކީ ފީފާ ވަރލްޑް ކަޕް ތިންފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކެއް ހެދިއެވެ. ޕެލޭގެ ފުޓްބޯޅައިގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފީފާއިން ނިންމާފައިވަނީ ކޮންމެ ގައުމެއްގައިވެސް ޕެލޭގެ ނަމަށް އެއް ސްޓޭޑިއަމް ޚާއްޞަކުރަން އެދުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެލޭއަށް ދިވެހިންގެ ހާއްސަކުރި ދަނޑު އދ. މަހިބަދޫއަށް

ޕެލޭއަށް ދިވެހިންގެ ހާއްސަކުރި ދަނޑު އދ. މަހިބަދޫއަށް

27 މެއި 2023
ޕެލޭއަށް ހާއްސަ ދަނޑެއް ބާއްވައިދިނުމަށް ފީފާއިން އެދިއްޖެ

ޕެލޭއަށް ހާއްސަ ދަނޑެއް ބާއްވައިދިނުމަށް ފީފާއިން އެދިއްޖެ

27 މެއި 2023
އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީގައި އަލް ނަޞްރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލައިފި

އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީގައި އަލް ނަޞްރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލައިފި

04 ޖެނުއަރީ 2023
ކޫމަން ކަންތައް ކުރީ އިހުތިރާމު ކުޑަކޮށް: ޕިޔަނިޗް

ކޫމަން ކަންތައް ކުރީ އިހުތިރާމު ކުޑަކޮށް: ޕިޔަނިޗް

04 ސެޕްޓެމްބަރު 2021
ނިއުޒިލެންޑްގެ އެތައްހާސް ޑޮކްޓަރުންނެއް އުޖޫރައާއި މަސައްކަތުގެ މާހަލާ މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާކުރަނީ

ނިއުޒިލެންޑްގެ އެތައްހާސް ޑޮކްޓަރުންނެއް އުޖޫރައާއި މަސައްކަތުގެ މާހަލާ މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާކުރަނީ

17 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު