Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕިޔަނިޗް ބެސިކްޓަސްއަށް ބަދަލުވުން

ކޫމަން ކަންތައް ކުރީ އިހުތިރާމު ކުޑަކޮށް: ޕިޔަނިޗް

ޕިޔަނިޗަށް ބާސާގައި މާ ގިނަ ފުރުސަތުތަކެއް ކޫމަން ދީފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 10:47
ބެސިކްޓަސްއަށް ބަދަލުވި ބާސާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް

ބެސިކްޓަސްއަށް ބަދަލުވި ބާސާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް

ބާސެލޯނާގައި އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އޭނާއާ ދޭތެރޭ ކަންތައް ކުރީ އިހުތިރާމު ކުޑަކޮށް ކަމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓަސްއަށް ބަދަލުވި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އުމުރުން 31 އަހަރުގެ ޕިޔަނިޗް ބާސާއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. ބާސާއިން ޕިޔަނިޗް ހޯދުމަށް 60 މިލިއަން ޔޫރޯ ޔުވެންޓަސްއަށް ދެއްކިއިރު, ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިއަން ޔޫރޯ ދައްކަން ޖެހުނެވެ.

ބާސާއަށް ބަދަލުވި ފަހުން ޕިޔަނިޗަށް މާ ގިނަ ފުރުސަތުތަކެއް ކޫމަން ދީފައި ނުވާއިރު، މިދިޔަ ސީޒަނުގައި ބާސާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޕިޔަނިޗް ކުޅެފައިވަނީ އެންމެ 13 މެޗެވެ. އެއާއެކު ޕިޔަނިޗް ވިއްކާލަން ބާސާއިން ތައްޔާރަށް އޮތް ކަމަށް މީގެ ކުރިން ރިޕޯޓުތައް ބުނި ނަމަވެސް، ބާސާއާއެކު ޕިޔަނިޗް ހަދާފައިވާ އެއްބަސްވުން އުވާލަން 400 މިލިޔަން ޔޫރޯ ދައްކަން ޖެހެއެވެ.

އެހެންކަމުން ބާސާއިން ވަނީ ޕިޔަނިޗުގެ މުސާރަ ކުޑަކޮށް، ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށް އޭނާ ބެސިކްޓަސްއަށް ދޫކޮށްފައެވެ. ބެސިކްޓަސްއަށް ބަދަލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ޕިޔަނިޗް ބުނީ ބާސާގައި ހޭދަކުރި މުއްދަތުގައި އެ ޓީމުގެ ކޯޗު ކޫމަން އޭނާއާ ދޭތެރޭ ކަންތައް ކުރީ އިހުތިރާމު ކުޑަކޮށް ކަމަށާއި، އެގޮތުން ކޫމަން އޭނާއާ ވާހަކަވެސް ނުދައްކާ ކަމަށެވެ.

އަދި އޭނާއަކީ ކަންތައްތައް ތަފުސީލުކޮށް ކިޔާ ދިނުމުން އެ ކަމެއް ގަބޫލުކުރެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި، އެކަމަކު އޭނާއާ ދޭތެރޭ ކޫމަން ކަންތައްތައް ކުރި ގޮތަކީ ކޯޗެއްގެ ފަރާތުން މިހާތަނަށް ފެނުނު އެންމެ ދަށު ދަރަޖައިގެ އެއް ކަންތައް ކަމަށްވެސް ބުންޏެވެ. އެއާއެކު މުސާރަ ކުޑަކޮށް ބެސިކްޓަސްއަށް ބަދަލުވަން ނިންމީ ފުޓްބޯޅައަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށްވެސް ޕިޔަނިޗް ވަނީ ބުނެފައެވެ.

ލޯނު އުސޫލުން ޕިޔަނިޗް ބެސިކްޓަސްއަށް ބަދަލުވިއިރު، މީގެ ކުރިން ބެލެވުނީ ޕިޔަނިޗް އޭނާގެ ކުރީގެ ކުލަބު ޔުވެންޓަސްއަށް ބަދަލުވާނެ ކަމަށެވެ. އެކަމަކު މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވިއިރު، ޔުވެންޓަސްއިން ޕިޔަނިޗް ހޯދުމަށް ބިޑް ހުށަހަޅާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު