Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: މެކްސިކޯ އަތްދަށުވެ، އެންމެފަހުގެ ޗެމްޕިއަން ޖަރުމަނު ބަލިވެއްޖެ

17 ޖޫން 2018 | އާދީއްތަ 17:12

މެކްސިކޯއިން ކާމިޔާބު ހޯދީ 1-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 17 ޖޫން 2018 | އާދީއްތަ 17:12
މެކްސިކޯ އަދި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން

މެކްސިކޯ އަދި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން

ފީފާ ވާރލްޑް ކަޕްގެ ޑިފެންޑިން ޗެމްޕިއަނުން ކަމަށްވާ ޖަރުމަނު ކުޅުނު މެޗުގައި މެކްސިކޯ އަތުން އެ ޓީމު ބަލިވެއްޖެއެވެ.

ރަޝިއާގެ ލުޒްނުކީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ޖަރުމަނާއި ވާދަކޮށް މެކްސިކޯއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗާ ޖަރުމަނު ކުރިމަތިލިއިރު އެންމެ ފަހުން ކުޅުނު ހަތް ވާރލްޑް ކަޕްގައި ވެސް އެ ޓީމުން ވަނީ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އާދީއްތަ ދުވަހު ކުޅުނު މެޗަށް ޖަރުމަނުން އެރުވި ފުރަތަމަ އެގާރައަކީ 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފައިނަލްގެ ފަހުން ވާރލްޑް ކަޕެއްގައި އެ ގައުމު ބޭނުން ކުރި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިން ހިމެނޭ ފުރަތަމަ އެގާރައެވެ.

މެޗުގެ ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޖަރުމަނުގެ ކުޅުންތެރިން މެކްސިކޯގެ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މެކްސިކޯއިން ވަނީ ކައުންޓާގައި މެކްސިކޯގެ ގޯލަށް ނުރައްކާކޮށްފައެވެ. މެކްސިކޯއިން މެޗުގެ 35 ވަނަ މިނެޓުގައި ލީޑު ނެގީ ވެސް ފުރިހަމަ ކައުންޓާއެއްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހާވިން ލޮޒާނޯއެވެ. އޭގެ ހަތަރު މިނެޓު ފަހުން ޓޯނީ ކްރޫސް ޖެހި ހިލޭ ޖެހުމެއް މެކްސިކޯގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެކްސިކޯއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި އެ ޓީމުން ކުޅެފައި ވަނީ ޑިފެންސަށް ވިސްނައިގެންނެވެ. މެކްސިކޯގެ ކުޅުންތެރިންނަށް އެ ހާފުގައި ވެސް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ޖަރުމަނުގެ ކުޅުންތެރިން ތަކުރާރުކޮށް އުފައްދަމުންދިޔަ ހަމަލާތަކުގެ ހުރަހަކަށް ވެގެން ދިޔައީ މެކްސިކޯގެ ކީޕަރު ގުއިލާމޯ އޮޗޯއާއެވެ. މެޗުގެ އެންމެފަހު މިނެޓުގައި ޖަރުމަނުގެ ބެންޗުން އެރި ހޫލިއަން ބްރަންޓް ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ކުޅުނު މެކްސިކޯގެ ކެޕްޓަން ރަފައޭލް މާކުއޭޒް ވެގެން ދިޔައީ ޖެހިޖެހިގެން ފަސް ވާރލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި މެޗުގައި މެކްސިކޯގެ ގޯލު ބެލެހެއްޓި އޮޗޯއާ ނުވަ ހަމަލާއެއް ދިފާއުކުރިއެވެ.

ކުރިޔަށް އޮތް މެޗުގައި ޖަރުމަނު ސްވިޑެން އާއި ދެކޮޅަށް ނުކުންނައިރު މެކްސިކޯ ނުކުންނާނީ ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް