Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

2022 ނިންމާލީ 1.67 މިލިއަން ފަތުރުވެރިންނާއެކު

2022 ވނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ވަނީ ހޯދިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ޖެނުއަރީ 2023 | އަންގާރަ 08:47
2023 ވަނަ އަހަރު އައިި ފުރަތަމަ ފަތުރުވެރިޔާ

2023 ވަނަ އަހަރު އައިި ފުރަތަމަ ފަތުރުވެރިޔާ

2022 ވަނަ އަހަރު ނިމުނުއިރު 1،676،303 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އެތެރެވި ފަތުރުވެރިންގެ މައުލޫމާތު ހާމަކުރަމުން އިމިގްރޭޝަނުން ބުނީ 2022 ވަނަ އަހަރު ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. މީގެ ތެރޭގައި އަހަރު ނިމުމުގެ ކުރިން ހާސިލްކުރުމަށް އަމާޒުހިފި 1.6 މިލިއަން ފަތުރުވެރިންގެ ޓާގެޓަށް އަހަރު ނިމުމުގެ ކުރިން ހާސިލްވުން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަހަރު ނިންމާލެވިފައިވަނީ 1،675،303 (އެއް މިލިއަން ހަލައްކަ ހަތްދިހަ ފަސްހާސް ތިންސަތޭކަ ތިނެއް) ފަތުރުވެރިންނާއެކުގައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ ނިމިދިޔަ ޑިސެމްބަރު މަހު ރާއްޖެ އައިސްފައިވަނީ 184،051 ފަތުރުވެރިން ކަމަށެވެ. މިއީ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 25.3 އިންސައްތަ އިތުރު އަދަދެކެވެ. ނޮވެމްބަރު މަސް ނިމުނުއިިރު އައިސްފައިވަނީ 146،886 ފަތުރުވެރިންނެވެ.

އިމިގްރޭޝަނުން ބުނީ ޑިސެމްބަރު މަހު ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް 5،937 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. އެމަހު އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހު 7،669 ފަތުރުވެރިން އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި އެންމެ މަދުން އައި ދުވަހު 4،745 ފަތުރުވެރިން އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ޑިސެމްބަރު މަހު އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ އިންޑިއާ ފަތުރުވެރިންނެވެ. އިންޑިއާއިން 31،651 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެގައުމުން 19،620 ފަތުރުވެރިން އައިސްފައިވެއެވެ. އިނގެރޭސިވިލާތުން 17،160 ފަތުރުވެރިން އައިސްފައިވާއިރު، އިޓަލީން 15،236 ފަތުުރުވެރިން އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. ޖަރުމަނުން 10،986 ފަތުރުވެރިން އައިސްފައިވާއިރު، އެމެރިކާއިން 8،941 ފަތުރުވެރިން، ފްރާންސްއިން 6،052 ފަތުރުވެރިން، ސްޕެއިނުން 3،985 ފަތުރުވެރިން، ސައުތު ކޮރެއާއިން 3،694 ފަތުރުވެރިން އަދި ކަޒަކްސްތާނުން 3،123 ފަތުރުވެރިން އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

2022 ވަނަ އަހަރު ރާއްޖެއިން ވަނީ ގޮންޖެހުންތަކަކާއެކުގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދާފައިވާއިރު، ރާއްޖޭގެ ހޮޓާތަކާއި ރިސޯޓުތަކަށްވެސް މިފަދަ އެތައް އެވޯޑެއް ވަނީ ލިބިފައެވެ. ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވެ، އެމީހުން ރާއްޖޭގައި ހޭދަކުރާ ދުވަސްތައްވެސް ވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރު ހޯދުނު ކާމިޔާބީއާއެކު މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން މާ ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް އިންޑސްޓްރީން ގަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

19 ޖޫން 2017

އުރީދޫ އިން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފި

19 ޖޫން 2017
އުރީދޫ އިން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފި
13 މެއި 2017

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

13 މެއި 2017
ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު