Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ ކުރިމަގު

ރައީސް ނަޝީދުގެ މަޖާޒީ ހިސާބު: " ގޯލެއް ޖަހަން ނަގަނީ ސިކުންތެއް"

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ރައީސް ނަޝީދު ވަކާލާތުކުރައްވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2023 | ހޯމަ 13:16
ރައީސް ނަޝީދު

ރައީސް ނަޝީދު

އެއީ އާދިއްތަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ޕްރެސްގައި ދެއްކެވި ވާހަކަފުޅެވެ. އެއީ ކުރިއަށް އޮތް ޕްރައިމަރީއާމެދު އެމަނިކުފާނު ޖައްސަވާ ހިސާބުތަކުގެ ވާހަކައެވެ. މުޅި ޕްރެސް ޚުލާސާކޮށްލާއިރު އެމަނިކުފާނުގެ ހިސާބުތައް މައިގަނޑުގޮތެއްގައި ހުރީ ދެތިން ދިމާއެއްގައެވެ. އެމްޑީޕީގެ ޕްރައިމަރީއާއި ޕާޓީގެ ކުރިމަގާއި ބަރުލަމާނީ ނުވަތަ ވެރިކަމުގެ ނިޒާމްގެ ވާހަކައަށެވެ. އާއްމުގޮތެއްގައި ވަރަށް ސީދާސާދާ ބަސްމަގު ޚިޔާރުކުރައްވާ ރައީސް ނަޝީދުގެ ވާހަކަފުޅު މި ޕްރެސްގައި ކޮންމެވެސް ވަރަކަށް ތަފާތެވެ.

ސުވާލުތަކަށް ވަރަށް ޖެހިލުންކުޑަ ޖަވާބުތަކެއް އާއްމުކޮށްދެއްވާ ރައީސް ނަޝީދު އެ ޕްރެސް ކޮންފަރެންސްގައި ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވުން ބުއްދިވެރިކަމަށް ދެކިވަޑައިގެންނެވިއިރު، އަނެއްބައި ސުވާލުތަކަށް ދެއްވީ ޑިޕްލޮމެޓިކް، އެހެނަސް ވަރަށް މާނަފުން ޖަވާބުތަކެކެވެ. ޕްރެންސްކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައި، ޕްރެސްކޮންފަރެންސް ނިމުމަކާ ގާތްވެފައި ވަނިކޮށް ރައީސް ނަޝީދު ވަނީ މަޖާޒީ ގޮތަކަށް "ގޯލެއް ޖަހަން ނަގަނީ ސިކުންތެއް" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ސުވާލަކީ ރައީސް ނަޝީދު އެ ވިދާޅުވާ ގޯލަކީ ކޮބައިތޯއެވެ؟ ހަގީގަތުގައި ރައީސް ނަޝިދު އެ ވިދާޅުވި ބަސްފުޅުގެ ސީދާ މާނަ އެނގިވަޑައިގަންނަވާނީ ހަމަ އެމަނިކުފާނަށެވެ. އެހެންނަމަވެސް އެ ނޫސްވެރިންގެ ބައްދަލުވުުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު، އެ ވިދާޅުވާ ގޯލަކީ ކޮބައިކަން ފަހުމުކުރެވިދާނެ ދެތިން ގޮތެއް ނޫސްވެރިންގެ ބައްދަލުވުމުގައި އިން ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުރެވުނެވެ.

އެއްކަމަކީ ޕާޓީގެ ޕްރައިމަރީއާއި ޕާޓީގެ ހާލަތެވެ. ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދާ ގާތްކޮށް އުޅުއްވި ބޭފުޅުން އެމަނިކުފާނާ ފެއަށް ޖެހިވަޑައިގަތް ސަބަބާމެދު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކެވެ. ނޫސްވެރިންގެ ސުވާލާއެކު ރައީސް ނަޝީދު ވަނީ، އެ މަނިކުފާނާއެކު ކުރިން ތިއްބެވި ބޭފުޅުން މިހާރު އެކުގައި ނެތީ އެ ބޭފުޅުން ތިއްބެވި މަގާމުގެ ސަބަބުން ކަމަށް ވިދާޅުވެ، އެފަދަ ބޭބޭފުޅުން ދިފާއުކުރައްވާފައެވެ. އަދި ބާރު އޮތްތަނަކަށް އަބަދުވެސް މީހުން ދާނެކަމަށާއި އެ ބާރުތަކަށް ދެމިގެން ނުދާނީ ޝަޚުސިއްޔަތު ވަރުގަދަ މީހުން ކަމަށް ވިދާޅުވިއެވެ. އެހެންކަމަށް ވާނަމަ، "ގޯލެއް ޖަހަން ނަގާނީ ސިކުންތެއް" ކަމަށް އެ ވިދާޅުވި ވިދާޅުވުމަކީ ސިޔާސީ ހާލަތު ބަދަލުވާން މާގިނަ ވަގުތެއް ނުނަގާނެކަން ދޭހަކޮށްދިނުމަށް ވިދާޅުވި ވާހަކަފުޅަކަށް ވެދާނެއެވެ.

އަދި އެއީ އިންތިޚާބާމެދު އޮތް ޔަގީންކަން ހާމަކޮށްދެއްވުމަށް ވިދާޅުވި ވާހަކަފުޅަކަށް ވުން އެކަށީގެންވެއެވެ. ސަބަބަކީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ވޯޓުގެ ހިސާބު އަދަދުތަކެއް ހިއްސާކުރައްވާފައެވެ. 70،000ށްވުރެ ގިނަ ވޯޓު ހޯއްދަވައި، ރިޔާސީ އިންތިޚާބުވެސް ކާމިޔާބުކުރެއްވޭނެ ކަމަށް ދެކިވަޑައިގެން ހުންނެވިކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ވިދާޅުވި ގޯލަކީ އެމްޑީޕީގެ ޕްރައިމަރީއާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިޝާރާތްކުރެއްވި ކުރެއްވުމަކަށް ވެދާނެބާއެވެ؟

ދެން އޮތް ވާހަކައަކީ ބަރުލަމާނީ ނިޒާމްގެ ވާހަކައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުން، ސުވާލެއް ނެތް މިންވަރަށް ހާމަވިކަމަކީ ރައީސް ނަޝީދު އުންމީދުކުރައްވާ ގޮތުގައި އެމަނިކުފާނު ދެން އިންތިޚާބެއް ކާމިޔާބުކުރައްވާނީ ބަރުލަމާނީ ނިޒާމެއްގެ ބަދަލާއެކުގައި ކަމެވެ. އެ ބަދަލު ދޫކޮށްލައްވަން ބޭނުންފުޅު ނުވާކަން، ތަކުރާރުކުރެއްވި ވާހަކަތަކުން ސާފުވެއެވެ. އެ މަސައްކަތަކީ މަޝްވަރާގެ މަތިން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ސަރުކާރުން ބުނަމުންދާއިރު އެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެ ވާހަކަތައް ގުޅުވާލެއްވިއިރު ބަރުލަމާނީ ނިޒާމުގެ ވާހަކަ ގެންނެވިނަމަވެސް، އެއީ އެއަށްވުރެ މާނަފުންކޮށް ދެއްކެވި ވާހަކަތަކެއްކަން އެމަނިކުފާނުގެ އެ ޕްރެސްކޮންފަރެންސްގެ އުސްއަލިތަކަށް ބަލައިލުމުން އެނގެއެވެ. އަދި އެމްޑީޕީގެ ތެރޭގައި ފެކްޝަންތައް އުފެދި ޕާޓީ ރޫޅިދާނެ ކަަމަށް ދެކިގެން ތިބި ފަރާތްތަކަށް އެމަންޒަރު ނުފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީގެ ހާލަތު ގޯސްކަމަށް ބަޔަކު ދުށްނަމަވެސް މީގެ ކުރިންވެސް ޚިޔާލުތަފާތުވުމާއެކު އެމްޑީޕީގެ ތެރޭގައި މަސައްކަތްކުރިކަމާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް ނަޝީދު އުނދަނގޫ ދަނޑިވަޅުތަކުގައި އެކުގައި ތިއްބެވިކަން ފެންނާން އެބަހުއްޓެވެ. އެހެންކަމުން ރައީސް ނަޝީދު އެ ވިދާޅުވާ ގޯލުގެ ވާހަކައަކީ ހަމައެކަނި ބަރުލަމާނީ ނިޒާމާއި، އިންތިޚާބުގެ ތެރޭގައި ހަވާސާވެފައިވާ ވާހަކައެއް ކަަމަށް ނުވުން އެކަށީގެންވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު