Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

އަލް ނަސްރުގެ ކޯޗު ގާސިއާ އެންމެ ފުރަތަމަ ގެންނަން ބޭނުންވީ މެސީ

އޭނާ ބުނީ ޤަތަރުގައި ވޯލްޑް ކަޕް ކުރިއަށް ދިޔަ ދުވަސްވަރު އެ ޤައުމަށް ގޮސް، އާޖެންޓީނާއާއެކު މެސީ ކުޅުނު މެޗުތައް ބެލި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖެނުއަރީ 2023 | ހޯމަ 09:50
އަލް ނަސްރުގެ ކޯޗު ރޫޑީ ގާސިއާ އަދި އާޖެންޓީނާގެ ކެޕްޓަން މެސީ

އަލް ނަސްރުގެ ކޯޗު ރޫޑީ ގާސިއާ އަދި އާޖެންޓީނާގެ ކެޕްޓަން މެސީ

އެންމެ ފުރަތަމަ އަލް ނަސްރަށް ގެންނަން ބޭނުންވީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކަމަށް އެ ޓީމުގެ ކޯޗު ރޫޑީ ގާސިއާ ބުނެފި އެވެ.

ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ގާސިއާ ބުނީ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިން އަލް ނަސްރަށް އޭނާ ގެންނަން ބޭނުންވީ މެސީ ކަމަށެވެ. ގާސިއާ ބުނީ އޭނާ ބޭނުންވީ ސީދާ ޤަތަރުގެ ވެރި ރަށް ދޯހާއިން މެސީ ސައުދީ އަރަބިއާ އަށް ގެންނަން ކަމަށެވެ. އަދި އޭނާ އަކީ މެސީ އަށް ސަޕޯޓު ކުރާ މީހެއް ކަމަށާއި، މެސީ ގެންނަން ބޭނުންވީ އެހެންވެ ކަމަށެވެ. އޭނާ ބުނީ ޤަތަރުގައި ވޯލްޑް ކަޕް ކުރިއަށް ދިޔަ ދުވަސްވަރު އެ ޤައުމަށް ގޮސް، އާޖެންޓީނާއާއެކު މެސީ ކުޅުނު މެޗުތައް ބެލި ކަމަށެވެ.

އަލް ނަސްރުން ވަނީ ރޮނާލްޑޯގެ އެ ކުލަބަށް ގެންގޮސްފަ އެވެ. ރޮނާލްޑޯ އެ ކުލަބަށް ގުޅުނީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ އަށް އަހަރަކު މުސާރައިގެ ގޮތުގައި 214 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ. ރޮނާލްޑޯގެ ސޮއި ހޯދުމަށްފަހު އަލް ނަސްރުން ބުނީ އެއީ އެ ކުލަބުގެ ތާރީޚު ބަދަލުކޮށްލި ޓްރާންސްފާއެއް ކަމަށެވެ. އެއީ އެކްލަބާއި, އެގައުމާއި, އެގައުމުގެ ކުރިމަގަށް ނުކުންނަން ތިބި ކުޅުންތެރިންނަށް ވެސް ހިތްވަރެއްކަމަށެވެ. ރޮނާލްޑޯ އަށް ފަހު ވެސް އަލް ނަސްރުން ބޭނުންވަނީ މަޝްހޫރު އެހެން ކުޅުންތެރިން އެ ކުލަބަށް ގެންނަން ކަމަށާއި، އޭގެ ތެރޭގައި ސާޖިއޯ ރާމޯސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯ އެންމެ ފަހުން ކުޅުނީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. ނަމަވެސް އެ ކުލަބުގެ ވެރިންނާ މައްސަލަ ޖެހި، ކުލަބުން ރޮނާލްޑޯ ދޫކޮށްލީ އެވެ. މިއީ ރޮނާލްޑޯ ޔޫރަޕުން ބޭރުގެ ކުލަބަކާ ގުޅުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރޮނާލްޑޯ ވަނީ ޔޫރަޕުގެ ހަތަރު ކުލަބަށް ކުޅެފައެވެ. އޭގެ ތެރޭގައި ސްޕޯޓިން، މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އަދި ޔުވެންޓަސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު