Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ވެރިކަމުގެ ނިޒާމް

ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރަންޖެހޭ: ރައީސް ނަޝީދު

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުުކުރުމަކީ އަބަދުވެސް އެމްޑީޕީން ވަކާލާތުކުރަމުން އައި ކަމެއް ކަމަށް ނަޝީދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ޖެނުއަރީ 2023 | އާދީއްތަ 17:21
ރިޔާސީ ބަޔާން 2021

ރިޔާސީ ބަޔާން 2021

ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރަންޖެހޭ ކަމަށް, ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަންވެސް ކުރައްވަމުންގެންދަވާ ނަޝީދު އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުުކުރުމަކީ އަބަދުވެސް އެމްޑީޕީން ވަކާލާތުކުރަމުން އައި ކަމެއް ކަަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަދިވެސް ތައްޔާރަށް ހުންނެވިކަމަށާއި، އެކަމާގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެފަދަ މަޝްވަރާތަަކަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބީއާ ކުަރިމަތިލައްވަން ޖެހިއްޖެނަމަ އެހާލަތުގައިވެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިޔަކު ދެންނެވުމުން ރަައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބު ނުވެދާނެ ފަދަ ހާލަތެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމުގެ މަޝްވަރާތައް ހުއްޓަވައިނުލައްވާނެކަމަށާއި މި ދައުރުގެ ތެރޭގައި އެ މަރުހަލާ ފެށެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، އެއީ 2018 ވަނަ އަހަރު އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދެއް ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މި ދައުރުގައި އަދިވެސް ބާކީ ދުވަސް އެބައޮތް ކަމަށާއި، އެ ދުވަސްތަކުގައި ވެރިކަމުގެ ނިޒާމް ބަދަލުވުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ސާލިހު ވަނީ، މި ދައުރުގެ ތެރޭގައި ބަރުލަމާނީ ނިޒާމްގެ މަސައްކަތް ކުރެވޭނެ ގޮތެއް ނެތް ކަަމަށް ވިދާޅުވެފައެވެ. ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މި ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށާއި ސަރުކާރު ވެރިކަމަށް ގެނައުމަށް އެކުލަވާލި މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ހިމަނާފައި ނުވާނެ ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ކޯލިޝަންގެ މަޝްވަރާގެ މަތިން ކަމަށް ވާއިރު، އެ މަސައްކަތް މި ދައުރުގައި ނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެ ކަމާގުޅޭ މަސައްކަތްތައް ކުރާނަމަ އެކަން ކުރަން ޖެހޭނީ މަޝްވަރާގެ އުސޫލުތަކުގެ ދަށުން، ގާނޫނާއި ގަވާއިދުތައް ތަންދޭ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު