Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮރޭސްގެ ކުރިމަގު

ޓޮރޭސް ހޯދުމަށް ޕްރިމިއާ ލީގުގެ ކުލަބަކުން ބާސެލޯނާގައި އެދެފި

ޓޮރޭސް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް އާސެނަލުން ވަނީ ބާސެލޯނާ އަށް ހުށަހެޅުމެއް ފޮނުވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖެނުއަރީ 2023 | ހޯމަ 02:55
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފެރާން ޓޮރޭސް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފެރާން ޓޮރޭސް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭސް ހޯދުމަށް ޕްރިމިއާ ލީގުގެ އާސެނަލުން އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. މެންޗެސްޓަރ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ޓޮރޭސް އަށް ޒަވީ ހެނާންޑޭޒް ވަނީ ގިނަ މެޗުތަކެއްގައި ފުރުސަތު ވެސް ދީފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮބާޓް ލެވަންޑޯސްކީ އާއި ރަފީނިއާ ބާސެލޯނާ އަށް ގުޅުމުން ބާސެލޯނާގައި ޓޮރޭސްގެ ދައުރު ވަނީ ކުޑަވެފަ އެވެ. ވޯލްޑް ކަޕް ބްރޭކަށްފަހު ބާސެލޯނާއި ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޓޮރޭސް އަރުވާފައިވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ބާސެލޯނާ އިން މާލީ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށް އިތުރު ކުޅުންތެރިން ދޫކޮށްލުމަށް ވިސްނާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޓޮރޭސް ހިމެނޭ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން ޓޮރޭސް ބޭނުންވަނީ ވެސް އަލުން އަނބުރައި ޕްރިމިއާ ލީގުގައި ކުޅެން ކަމަށާއި، އާސެނަލާ ދެމެދު ކޮންމެ ވެސް ވަރެއްގެ ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެއާއެކު އާސެނަލުން ޓޮރޭސް އަށް ޝައުޤުވެރިކަން ފާޅުކޮށް ބާސެލޯނާ އަށް ހުށަހެޅުމަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ބާސެލޯނާއިން މިކަމުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަަމަވެސް އާސެނަލްގެ ހުށަހެޅުން ބާސެލޯނާ އިން ޤަބޫލު ނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސަބަބަކީ ބާސެލޯނާ އިން ޓޮރޭސް ދޫކޮށްލަން ބޭނުންވާ އަގަށްވުރެ، އާސެނަލްގެ ހުށަހެޅުން ދަށްވުމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މި ސީޒަންގައި ޓޮރޭސް ވަނީ ބާސެލޯނާ އަށް ކުޅެދިން 19 މެޗުން ފަސް ލަނޑު ޖަހާފަ އެވެ. ޓޮރޭސް އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 35 މެޗުން އޭނާ ވަނީ 15 ލަނޑު ޖަހާފަ އެވެ. މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވެސް ޓޮރޭސް ވަނީ ސްޕެއިން ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. މުބާރާތުގައި އޭނާ ވަނީ ދެ ލަނޑު ވެސް ޖަހާފަ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު