Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުން

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުން: އާއްމުންގެ ޝަކުވާތައް ބޮޑު

1 ޖެނުއަރީ 2023 | އާދީއްތަ 14:58

އެ ފިޔަވަޅުތައް ނާޅާނަމަ 14 ބިލިއަން ރުފިޔާއަށް ޑެފިސިޓް ބޮޑުވެގެން ދާނެކަަމަށް ސަރުކާރުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ޖެނުއަރީ 2023 | އާދީއްތަ 14:58
މީރާ

މީރާ

މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީ.އެސްޓީ ރޭޓަށް އާދިއްތަ ދުވަހު ގެނައި ބަދަލާއެކު ޖީއެސްޓީ %8ށް ބަދަލުވުމާ ގުޅިގެން އާއްމުން ދަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާދިއްތަ ދުވަހުން ފެށިގެން، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) %16ށް، އަދި މުދަލާއި ޚިދުމަތުން ނަގާ ޓެކްސް %8ށް ބޮޑުވާނެއެވެ. މި ބަދަލާއެކު ތަކެތީގެ އަގު އުފުލި، އާއްމުންގެ ޝަކުވާއާއި ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޖީއެސްޓީ ނެގުމަކީ ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުންވެސް ދަނީ މި ބަދަލަށް ފާޑުކިޔަމުންނެވެ.

ބައެއް އާއްމުން އެ ބަދަލަށް ފާޑުކީނަމަވެސް, އެ ބަދަލަކީ އިގްތިސާދީ ގޮތުން މުހިންމު ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މަޖިލީހުގައި 2023 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ, ޑެފިސިޓް ކުޑަކުރާނެ ކަމަށް ވިދާޅުވެފައެވެ. ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ގެންނަ ބަދަލުތަކަކީ އެ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއްކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެ ފިޔަވަޅުތައް ނާޅާނަމަ 14 ބިލިއަން ރުފިޔާއަށް ޑެފިސިޓް ބޮޑުވެގެންދާނެ ކަަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ އިތުރުން, ދުނިޔޭގެ އިގްތިސާދީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު، ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ އިގްތިސާދު ރަނގަޅަށް ކުރިއަށް ނުދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މިހާތަނަށް އައިއިރު ރާއްޖޭގެ އިގްތިސާދު މި ހާލަތުގައި ހިފެހެއްޓިފައި އޮތީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އެ ބަދަލާއެކު ވިޔަފާރިތައް އަހުލުވެރިކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. 2023ގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ޖީ.އެސްޓީ ރޭޓް ބޮޑުކުރުމާ ގުޅިގެން ވިޔަފާރިތައް އަހުލުވެރިކުރުމަށާއި އެ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް ހިމަނައިގެން 'ފެކްޓް ޝީޓް'އެއް ތައްޔާރުކޮށް, މީރާގެ ވެބްސައިޓްގައި މީރާއިން ވަނީ ޝާއިރުކޮށްފައެވެ.

މީގެއިތުރުން، މި ބަދަލަށް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. މީރާއިން ވަނީ އެކަމަށްޓަކައި ޚާއްސަ ކެމްޕެއިނެއްވެސް ހިންގާފައެވެ. މި ކެމްޕެއިންގެ ދަށުން މީރާގެ ޓީމުތަކުން ވަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް, ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

27 ޖޫން 2024

ފްލެޓް ދިނުމުގެ މަރުހަލާ އާއި މެދު އާއްމުންގެ އެތައް ސުވާލެއް! މިނިސްޓަރ ވިދާޅުވީ މިވަގުތު ޖަވާބެއް ނެތް ކަަމަށް!

27 ޖޫން 2024
ފްލެޓް ދިނުމުގެ މަރުހަލާ އާއި މެދު އާއްމުންގެ އެތައް ސުވާލެއް! މިނިސްޓަރ ވިދާޅުވީ މިވަގުތު ޖަވާބެއް ނެތް ކަަމަށް!
26 މާރިޗު 2023

މި ރަމަޟާން މަހުވެސް މުސްލިމުންގެ އަޅުކަމަށް އިޒްރޭލުން ހުރަސްއަޅާކަމުގެ ޝަކުވާތައް އިތުރުވެއްޖެ!

26 މާރިޗު 2023
މި ރަމަޟާން މަހުވެސް މުސްލިމުންގެ އަޅުކަމަށް އިޒްރޭލުން ހުރަސްއަޅާކަމުގެ ޝަކުވާތައް އިތުރުވެއްޖެ!
11 ފެބުރުއަރީ 2023

ޓީޖީއެސްޓީން ދައުލަތަށް ލިބުނު އާމްދަނީ 65 އިންސައްތަ ބޮޑު، ކުރެވޭ އުންމީދުތައް ވެސް ބޮޑު!

11 ފެބުރުއަރީ 2023
ޓީޖީއެސްޓީން ދައުލަތަށް ލިބުނު އާމްދަނީ 65 އިންސައްތަ ބޮޑު، ކުރެވޭ އުންމީދުތައް ވެސް ބޮޑު!
29 ޖެނުއަރީ 2023

ޒިންމާއާ ހަވާލުވިތާ މަހެއް، އާއްމުންގެ ޝަކުވާތައް މަދެއް ނުވި!

29 ޖެނުއަރީ 2023
ޒިންމާއާ ހަވާލުވިތާ މަހެއް، އާއްމުންގެ ޝަކުވާތައް މަދެއް ނުވި!
12 ޑިސެމްބަރު 2022

މައްސަލަ ހޫނުވެ ޝަކުވާތައް އޮހުނު ރެފްރީ ލަހޯޒަށް ފީފާ އިން ފިޔަވަޅު އަޅައިފި

12 ޑިސެމްބަރު 2022
މައްސަލަ ހޫނުވެ ޝަކުވާތައް އޮހުނު ރެފްރީ ލަހޯޒަށް ފީފާ އިން ފިޔަވަޅު އަޅައިފި
20 ޖުލައި 2022

ޤާނޫނު އާއްމުންގެ އަތްމައްޗަށް، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ކަމެއް!

20 ޖުލައި 2022
ޤާނޫނު އާއްމުންގެ އަތްމައްޗަށް، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ކަމެއް!
29 ޑިސެމްބަރު 2021

ދަނޑުވެރިންގެ ޝަކުވާތައް މަދުވެ، ހިނިތުންވުން ގެނުވައިފި

29 ޑިސެމްބަރު 2021
ދަނޑުވެރިންގެ ޝަކުވާތައް މަދުވެ، ހިނިތުންވުން ގެނުވައިފި
24 އޮކްޓޯބަރު 2019

ހުރިހާ އަނިޔާއެއް ޑްރައިވަރުންނަށް، ޝަކުވާތައް އަޑު އައްސަވާ!

24 އޮކްޓޯބަރު 2019
ހުރިހާ އަނިޔާއެއް ޑްރައިވަރުންނަށް، ޝަކުވާތައް އަޑު އައްސަވާ!
05 މެއި 2019

ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!

05 މެއި 2019
ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!
06 މެއި 2017

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް