Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުރީ ސަރުކާރުން ދިން ފްލެޓްތައް އާއްމުންނާއި ހަވާލ

ފްލެޓް ދިނުމުގެ މަރުހަލާ އާއި މެދު އާއްމުންގެ އެތައް ސުވާލެއް! މިނިސްޓަރ ވިދާޅުވީ މިވަގުތު ޖަވާބެއް ނެތް ކަަމަށް!

ފްލެޓް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އާއްމުން ތިބި ނަމަވެސް އާއްމުންގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް މިނިސްޓަރ ނުދެއްވާތީ އާއްމުން ދަނީ ނުރުުހުން ފާޅުކުރަމުންނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ޖޫން 2024 | ބުރާސްފަތި 14:46
 ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު

ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެ ފްލެޓްތައް ނުދެވިވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ފްލެޓް ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް ތަކުރާރުކޮށް ސަރުކާރުން ބުނި ނަމަވެސް އެކަމާއި މެދު ސަރުކާރަށް ސާފު ޖަވާބެއް ނުދެއްވެއެވެ. ބުރާސްފަތި ދުވަހު އެފްޑީސީއީ އިން އިމާރާތްކުރަމުންދާ 400 ފްލެޓްގެ އަޕްޑޭޓް ހިއްސާކުރުމަށް ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އޭގެ ކުރިން ސައިޓް ވިޒިޓެއްގެ ގޮތުގައި ކުރިއަށް ގެންދެވި ޓުއަރގައި، ފްލެޓްތައް ނިމިފައިވާ ވަރު ނޫސްވެރިންނަށް ވެސް ވަނީ ދައްކާލާފައެވެ.

ފްލެޓްތައް ބައްލަވާލެއްވުމަށް ފަހު މިނިސްޓަރ ވިދާޅުވީ ވަރަށް ހަލުވި ކަމާއި އެކު ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ. އަދި އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި 4000 ފްލެޓް ނިންމާލާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެއީ ރައްޔިތުންނާއި ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާ ފްލެޓްތައް ހައްގުވެރިންނަށް ނޫން ބަޔަކަށް ނުލިބޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. އަދި ފްލެޓް ލިސްޓު ރިވިއުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމާއި އޭސީސީން ފާހަގަކޮށްފައި ހުރި ކަންކަމަށް ބަލައިގެން އެ މަސައްކަތް ކުރިއަށް ދާ ކަަމަށް ވެސް ވިދާޅުވިއެވެ.

އެ ހިސާބަށް ދެއްވި އަޕްޑޭޓާއި މެދު މައްސަލަ އެއް ނެތެވެ. މަދު ނަމަވެސް އާ މައުލޫމާތުކޮޅެއް ލިބުނީމަ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. މާޔޫސްވީ ދެން ކަންތައް ކުރެއްވި ގޮތުންނެވެ. "އެއްވެސް ސުވާލަކަށް ޖަވާބު މިއަދު ނުދެއްވާނެ"ކަން ހާމަކުރެއްވި ހިސާބުން އަޅުގަނޑުގެ އިތުރުން އެތަނުގައި ތިބި އެހެން ނޫސްވެރިންނަށް ވެސް ލިބުނީ މާޔޫސްކަމެވެ. ޒިޔާރަތްކުރި ބައެއް ސައިޓުތަކަށް އައިސްފައިވާ ބަދަލަކީ އޭސީ ހަރުކޮށްފައި ހުރުމާއިި، ރެފްރިޖަރޭޓަރ ބަހައްޓާފައި ވުން ފަދަ ކުދި ބަދަލުތަކެވެ. އެހެންވީމަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާ ނަމަ ހަމައެކަނި ކެމެރާމަނުން ގެންދަވައިގެން ފޮޓޯ ކޮޅަކާއި ވީޑިއޯ ކޮޅެއް ނަގާލި ނަމަ ނިމުނީ ނޫންތޯއެވެ. އާއްމުންނާއި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެވި، މީޑިއާ އާއި ކުރިމަތި ނުލެވޭ ނަމަ ހާމަކަން ބޮޑުވެފައި ކޮބާތޯއެވެ. އާއްމުންނާއި މެދު ކަންކަން ކުރެވޭ ގޮތުން އާއްމުންނާއި ކުރިމަތިލައްވަން ކެރިވަޑައި ނުގަންނަވަނީތޯއްޗެކެވެ.

މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު ފްލެޓު ކޮމިޓީން ވަނީ ރިވިއުކުރި ލިސްޓު ހަައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އަރުވާފަކަމަށް އަޑު ފެތުރިފައިވެއެވެ. އެކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އެހެންކަމުން މި މަސައްކަތް ދިޔަ ހިސާބެއް ބަލަން ސުވާލުކޮށްދޭން އަޅުގަނޑު ކައިރީގައިވެސް ފްލެޓް ލިބުނު އެތައް ބަޔަކު އެދުނެވެ. އެ ސުވާލުކުރުމުން، ނޫސްވެރިން ތިބި ދިމާލަށް ނަޒަރު ހިންގާލުމަކާއި ނުލާ މިނިސްޓަރ ވިދާޅުވީ އެއްވެސް ސުވާލަކަށް ޖަވާބުދެއްވެން ނެތް ކަމަށެެވެ. އާއްމުން ބޭނުންވަނީ ފްލެޓްތަކަށް ވަދެވޭނެ ދުވަހެއް ބަލާށެވެ. އާއްމުން ބޭނުމީ ލިބުނު ފްލެޓަށް ވީނުވީ އެނގޭށެވެ. އާއްމުން ބޭނުމީ ފްލެޓް ކޮމިޓީގެ މަސައްކަތް ވީ ހިސާބެއް ބަލާށެވެ. މިއިން އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވުމުން އާއްމުންގެ ހިތަށް ތަސައްލީއަކަށް ވުރެ ބޮޑަށް ވަނީ ތުރާލެވެ. "ނިމެނީ ނިމެނީ" އަކުން އާއްމުންނަކަށް ލިބޭނެ ރާހަތެއް ނެެތެވެ. އާއްމުންގެ ސުވާލުތައް ބައިވަރެވެ. އެކަމަކު ޙުދު މިނިސްޓަރ ވެސް އެ ވާހަކަތަކަށް އެ ސުވާލުތަކަށް ޖަވާބުދާރީވާކަށް ބޭނުންފުޅެއް ނުވެއެވެ. އަމިއްލަ އިސް ނެގުމުގައި ވާހަކަ އެއް ވިދާޅުވެ ނުދެއްވާ ތަނުގައި ރައްޔިތުންގެ ސުވާލުތައް މިނިސްޓަރގެ ކުރިމައްޗަށް ގެންދަން ތިބި ނޫސްވެރިންނަށް ވެސް ދެއްވަނީ ބީރު ކަންފަތެކެވެ. އާއްމުން ދެން މި ސުވާލުތައް ހިފައިގެން ދާނީ ވަކި ކޮންތާކަށްތޯއެވެ. މި ފްލެޓްތަކުގެ މައްސަލައިގައި އާއްމު މީހުން އަނެއްކާވެސް އިހުތިޖާޖަށް އެއް އިދާރާއިން އަނެއް އިދާރާއިން ދަމާ ކޫތަންވީތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު