Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

ޤާނޫނު އާއްމުންގެ އަތްމައްޗަށް، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ކަމެއް!

ދިއްފުށީގައި އާއްމުންގެ ބަޔަކު ވަނީ ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި މީހަކަށް އަނިޔާކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 ޖުލައި 2022 | ބުދަ 13:25
ދިއްފުށީގައި ރައްޔިތުން ނުކުމެ މީހަކަށް އަނިޔާކޮށްފައި

ދިއްފުށީގައި ރައްޔިތުން ނުކުމެ މީހަކަށް އަނިޔާކޮށްފައި

ރާއްޖޭގައި މީހުން ހަވަރަށް ދިނުމަކީ ކުރީ ޒަމާނުގައި ކޮށް އުޅުނު ކަމެކެވެ. ނަމަވެސް ޤާނޫނުތަކާއި ގާވާއިދުތައް ހަދައި އިންސާފުވެރިކަމާއެކު ކަންކަން ކުރުމަށް މުވައްސަސާތައް މިހާރު ވަނީ އުފައްދާފައެވެ. އެއީ ފުލުހުންނާއި ކޯޓުތަކެވެ. ނަމަވެސް އަދިވެސް ދިވެހިންގެ ތެރޭގައި ޤާނޫނުގައި އޮންނަ ގޮތެއް ބެލުމެއްނެތި އަމިއްލައަށް ގޮތް ނިންމައި އަމިއްލައަށް ހުކުމް ކުރާ މީހުން ވެސް މަދެއް ނޫނެވެ. އަޟްހާ ޢީދަށްފަހު ކ. ދިއްފުށީގައި ހިނގައިދިޔަ ހާދިސާއިން މިކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ދިއްފުށީގައި ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މީހަކަށް އެ ރަށުގެ ރައްޔިތުން ނުކުމެ ކުރި އަނިޔާގެ ސަބަބުން އެމީހާ މަރުނުވީ ކިރިޔާއޭވެސް ބުނެވިދާނެއެވެ. މުޅި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ލިބިފައިވާއިރު އޭނާއަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ރަށުގެ ރައްޔިތުން ނުކުމެ 3 ގަޑިއިރުވަންދެން އޭނާއަށް އަނިޔާ ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަނިޔާކުރުން ހުއްޓާލީ މާލެއިން އެ ރަށަށް ދިޔަ ފުލުހުން ގޮސް އެކަން ހުއްޓުވުމުންނެވެ.

މިއީ މިކަން ކުރަންޖެހޭ ގޮތެއް ނޫނެވެ. ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައިވަނީ އިންސާފުވެރިކަމާއި އަމާންކަމާއެކު ކަންކަން ކުރިއަށްގެންދިޔުމަށެވެ. އޭނާ ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭނަމަ އެކަމުގައި އޭނާ ހަވަރަށްދީ މަރާލަން ހުކުމް ކުރަންވީ އެ ރަށުގެ ރައްޔިތުންނެއް ނޫނެވެ. އޭނާ ހަވާލު ކުރަންވީ ކަމާ ބެހޭ އިދާރާތަކާއެެވެ. އެ އިދާރާތަކުން އެކަމާ ގުޅޭ ތަހުގީގުތައް ކުރުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެއެވެ. އަދި އޭނާ އެކަން ކޮށްފައިވާކަން ސާބިތުވާނަމަ ހުކުމް ކުރާނީ ކޯޓުތަކުންނެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފިކަމަށް ބުނުމުން ކޮންމެ މީހެއްގެ ވެސް ލޭ ކެކޭނެއެވެ. ނަމަވެސް އެ ހާލަތުގައި ވެސް ރުޅި ކޮންޓްރޯލްކުރަން ޖެހޭނެއެވެ. އެފަދަ ކަންކަމުގައި ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތަކަށް އެކަން އަންގައި ތުހުމަތު ކުރެވޭ މީހާއަށް ޙައްގު އަދަބު ދިނުމަށް މަސައްކަތް ކުރަންވީއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުން އަމިއްލައަށް ގޮތް ނުނިންމަން ބުނަނީ، އެ އަންނަ ރުޅީގައި މީހަކަށް ދޭ އަނިޔާއަކީ ބޭއިންސާފުން ދެވޭ އަނިޔާއަކަށްވެސް ވެދާނެތީއެވެ. ދިއްފުށީގެ ހާދިސާގައި ވެސް ކަންވެފައިވަނީ މިފަދަ ގޮތަކަށް ކަމަށް އަނިޔާ ލިބުނު މީހާ ބުނެއެވެ. ގއ. ވިލިނގިޔަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މުޙައްމަދު ޝިހާމް ބުނާ ގޮތުގައި އެއީ ބަޔަކު ރާވައިގެން އޭނާއަށް ދިން ހަމަލާއެކެވެ. އޭނާ އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށް ވެސް ބުންޏެވެ.

މިފަދަ ހާލަތްތަކުގައި ތަހުގީގީ މަރުހަލާ މުހިންމުވަނީ މިހެންވެއެވެ. ތަހުގީގުތައް ކުރުމުން އެ ކަމެއް ހިނގައިދިޔަ ގޮތް އެނގި އެކަން ކުރި މީހަކުވެސް ދެނެގަނެވިދާނެއެވެ. ކުޑަކުއްޖަކާ ބެހުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު ކުއްޖާއާ ބެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ކުއްޖާއާ ބެހުނީ ޝިހާމް ކަމެއް ފުލުހުންގެ ތަހުގީގުތަކުން އަދި ކަށަވަރު ނުވެއެވެ. އިނގިރޭސި ބަހެއްގައި އޮންނަ ގޮތަށް "އިނޮސެންޓް އަންޓިލް ޕްރޫވަން ގިލްޓީ"އެވެ. މާނައަކީ އެ މީހަކު އެ ކުށެއް ކުރިކަން ސާބިތުނުވާހާހިދަކު އެ މީހާއަކީ ކުށްވެރިއެއް ކަމުގައި ނުބެލެވޭނެއެވެ. އެކަން ސާބިތުކުރާނީ ރައްޔިތުންނެއް ނޫނެވެ. އެކަމަށް ކަނޑައަޅާފައިވާ އިދާރާތަކުންނެވެ.

ތަހުގީގަށް ފުރުސަތު ނުދީ އަމިއްލަ އަތްމައްޗަށް ޤާނޫނު ނެގުމުގެ ނަތީޖާއަކަށްވާނީ އެ މުޖުތަމެއްގައި އަމާންކަން ގެއްލިގެންދިއުމެވެ. އެއްބަޔަކު އަނެއްބަޔަކާ ޖެހި ނަފުރަތު އުފެދުމެވެ. މި މައްސަލައިގައި ވެސް މިހާރު ދެ ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ނަފްރަތު އުފެދިފައެވެ. އެއްބަޔަކު އަނެއްބަޔަކަށް އިންޒާރު ދެނީއެވެ. ގާނޫނާ ގަވާއިދުގެ ތެރެއިން އެކަން ކުރަން އޮތްގޮތަށް ކަންކަން ކުރިނަމަ އެ ހާލަތަކަށް ނުދާނެއެވެ.

ރައްޔިތުން އަމިއްލައަށް ގޮތް ނިންމައި ކުށެއްގެ އަދަބު ދިނުމަށް އަނިޔާވެރިކަން ހިޔާރުކުރުމުން އެ ބަޔަކަށް ވެސް އެ ކުރެވެނީ ކުށެކެވެ. ގާނޫނުގެ ތެރެއިން އަދަބު ކަނޑައަޅައިފައިވާ ކަންކަމުގައި އަމިއްލައަށް ގޮތް ނިންމައި ކުށަކަށް އަރައިގަންނަނަމަ ތިމާއަށްވެސް އޭގެ އަދަބު ލިބޭނެއެވެ.

މިފަދަ މައްސަލަތުކުގައި ގާނޫނު އަތްމައްޗަށް ނަގާ މީހުންގެ އިތުރުން އެކަން ކުރުމަށް ފުރުސަތު ދޭ މީހުން ވެސް ކުށްވެރިވާނެއެވެ. އެއީ ކުޅިބަލަން ތިބޭ މީހުންނެވެ. ކުރިމަތީގައި ޤާނޫނާ ޚިލާފަށް މީހަކަށް އަނިޔާކުރަމުންދާއިރު އެކަން ހުއްޓުވުމުގެ ބަދަލުގައި ފޮޓޯއާއި ވީޑިއޯނަގަން ތިބޭ ކޮންމެ މީހަކީވެސް އެ ނާއިންސާފުގެ ބައިވެރިއެކެވެ.

ގިނަ ފަހަރު މިފަދަ ކަންކަމުގައި ސިޔާސީ ބައެއް ފަރާތްތަކާއި ގާނޫނު ނަގަހައްޓައި ތަންފީޒުކުރަން ތިބޭ ފަރާތްތައް ބައިވެރިވުމަކީ ވެސް އާއްމުންނަށް ހިތްވަރު ލިބޭ ކަމެކެވެ. އެ ފަރާތްތަކުން މަސައްކަތް ކުރަންވީ ގާނޫނުގައި އޮންނަގޮތަށް ކަންކަންކޮށް، ކުށެއް ކޮށްފިނަމަ އެ ކުށެއްގެ ޙައްގު އަދަބު ދިނުމަށް މަސައްކަތް ކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުން ލައްކައިން އިނާޔަތްތައް ނަންގަވަމުން ރައީސް ވަޙީދު ޤާނޫނުތައް މުގުރަނީ - އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް މީހުން ގޮވަނީ!

ދައުލަތުން ލައްކައިން އިނާޔަތްތައް ނަންގަވަމުން ރައީސް ވަޙީދު ޤާނޫނުތައް މުގުރަނީ - އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް މީހުން ގޮވަނީ!

28 އޯގަސްޓު 2020
އައު ޤާނޫނު އަސާސީއަށް 12 އަހަރު، ބޭނުންވި ގިނަ ބަދަލުތަކެއް ނުފެނުނު!

އައު ޤާނޫނު އަސާސީއަށް 12 އަހަރު، ބޭނުންވި ގިނަ ބަދަލުތަކެއް ނުފެނުނު!

07 އޯގަސްޓު 2020
ހައިކޯޓުން ޤާނޫނު މާނަ ކުރި ގޮތުން ހެކި ހުރެވެސް ކުށުގެ ތުހުމަތު ކުރެވޭ މީހުން ދޫވަނީ؟!

ހައިކޯޓުން ޤާނޫނު މާނަ ކުރި ގޮތުން ހެކި ހުރެވެސް ކުށުގެ ތުހުމަތު ކުރެވޭ މީހުން ދޫވަނީ؟!

23 ޖޫން 2020
ކައުންސިލްތަކަށް ޤާނޫނީ ހުސްކަން: ޤާނޫނުއަސާސީ އިޞްލާޙު ކުރުން ނޫންގޮތެއް ނެތް: ބަންޑާރަ ނައިބު

ކައުންސިލްތަކަށް ޤާނޫނީ ހުސްކަން: ޤާނޫނުއަސާސީ އިޞްލާޙު ކުރުން ނޫންގޮތެއް ނެތް: ބަންޑާރަ ނައިބު

11 މެއި 2020
އިޓަލީގެ ސިއްހީ އެހީތެރިން: ފުރާނަ އަތްމައްޗަށް ލައިގެން ފުރާނަތައް ސަލާމަތްކުރުމުގައި

އިޓަލީގެ ސިއްހީ އެހީތެރިން: ފުރާނަ އަތްމައްޗަށް ލައިގެން ފުރާނަތައް ސަލާމަތްކުރުމުގައި

01 އެޕްރީލު 2020

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު