Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓްް

ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!

ރަނގަޅު ސިއްހީ ހިދުމަތްތަކެއް ނުލިބުމުން ނިމިދިޔަ ހަފްތާގެ ތެރޭގައި ވެސް ދެ ރަށެއްގައި އިހުތިޖާޖްކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 5 މެއި 2019 | އާދީއްތަ 11:35
އައްޑޫ ސިޓީގައި ކުރި އިހްތިޖާޖްގެ ތެރެއިން

އައްޑޫ ސިޓީގައި ކުރި އިހްތިޖާޖްގެ ތެރެއިން

ސިއްހީ ދާއިރާގެ ދޯދިޔާކަމުގެ ވާހަކައަކީ އިއްޔެެއަކު އިހަށް ދުވަހަކު ދެކެވެން ފެށި ވާހަކައެއް ނޫނެވެ. އެންމެ އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނެތުމާއި، ލިބެން ހުންނަ ހުރިހާ ހިދުމަތެއް ވެސް ހަމައެކަނި ވެރިރަށް މާލެއިން ލިބެން ހުރުމަކީ ޒަމާނުއްސުރެ ދިވެހިން ކޮށް އުޅޭ ޝަކުވާތަކެވެ. ކޮންމެ ވެރިކަމެއްގައި ވެސް ރައްޔިތުން އުފުލަންޖެހިފައި އޮންނަ ތަކުލީފުތަކެވެ.

ސެޕްޓެމްބަރު 2018 ގައި ރައްޔިތުން ނިކުމެ، ވެރިކަމެއް ނިމުމަކަށް ގެނައި، ސަބަބުތަކުގެ ތެރޭގައި ވެސް ސިއްހީ ނިޒާމަށް ގެންނަން ބޭނުންވި ބަދަލުތައް ހިމެނެއެވެ. ރައްޔިތުން އެ ދުވަހު ބަދަލުތައް ގެނައި، ސިއްހީ ނިޒާމް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށެވެ. ސިއްހީ ހިދުމަތަށް އެދި ސަލާންޖަހަންޖެހޭ ޖެހުން ނިމުމަަކަށް ގެނައުމަށެވެ. އަމިއްލަ ރަށުން، ނުވަތަ ރަށް ކައިރިން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެކަމުގެ އުއްމީދުގަ އެވެ.

ސަރުކާރަށް 6 މަސް ދުވަސް ވެގެންދާއިރު، ސުވާލަކީ ރައްޔިތުން އުއްމީދުކުރާ ފަދަ ސިއްހީ ނިޒާމަކަށް މިސްރާބު ޖެހިފައިވޭތޯ އެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެއްޖެތޯ އެވެ. ބޭސްފަރުވާއަށް ސަލާންޖަހަން ޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެވިއްޖެތޯ އެވެ. އެކަންކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ފުރަތަމަ 100 ދުވަހުގެ ވައުދެއް ފުއްދުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި އެންމެ ގިނަ ވައުދެއް އެދާއިރާއަކަށް ހާއްސަކުރެވިފައި ވަނީ ވެސް ސިއްހީ ދާއިރާއަށެވެ. އެކަމުންވެސް ސަރުކާރުން ސިއްހީ ދާއިރާއަށް އިސްކަންދޭ މިންވަރު ހާމަވެޔޭ ބުނެވިދާނެ އެވެ. އަދި އޭގެ ތެރެއިން ގިނަ ވައުދުތަކެއް ހާސިލްކުރެވިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ. ނަމަވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ވެސް ގިނައީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެވެ. ދެންހުރި މަސައްކަތްތައް ފެށުނުކަން ހާމަކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވުން ފިޔަވައި އިތުރު މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ދެން ބޭއްވީ މަޝްވަރާ ބައްދަލުވުންތަކަކާއި، ކުރީގެ މިނިސްޓަރުންގެ މަހާސިންތާތަކެކެވެ. ސިއްހީ ދާއިރާގައި ހުރި ސީދާ މައްސަލަތަކަށް ހައްލުތަކެއް ހޯދުމަށް މާ ގިނަ މަސައްކަތްތަކެއް ކުރެވިފައެއް ނުވެޔޭ ބުނެވިދާނެ އެވެ.

އައިޖީއެމްއެޗުގެ ހާލަތަށް ބަދަލެއް ނާދޭ އެވެ. އެންމެ ކުޑަމިނުން ޑެެންޓިސްޓަކަށް ދައްކަންޖެހުނަސް ދެ މަސް ދުވަސް ކުރިން ކިއޫގައި ޖެހެންޖެހެއެވެ. ހިދުމަތުގެ ފެންވަރު ގޯސްކަމުގެ ޝަކުވާ އާއި، އޭސީތައް މަސައްކަތް ނުކުރުމާއި، ދެން ވެސް ގޮސް އައިޖީއެމްއެޗު އޮތީ މައްސަލަތަކުން ފުނިޖެހިފަ އެވެ.

ބޭސްފަރުވާއަށް ސަލާންޖަހަން ޖެހުމުގެ ސަގާފަތަކަށް ވެސް ނިމުމެއް ނާދެއެވެ. އާސަންދައިން އެހީތައް ނުލިބުމުގެ ޝަކުވާއާ އެކު ވިޔަފާރިވެރިންގެ ގާތުން ސަލާންޖަންޖެހުމާއި، މަގުމަތީގައާއި، ސޯޝަލް މީޑިއާގައި ސަލާންޖެހަން އުޅޭ އާންމުނެއް މަދެއް ނޫނެވެ.

ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވުމާއި ގުޅިގެން މާމިގިލީގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

އެ ހުރިހާކަމެއްގެ އިތުރުން އަތޮޅުތެރޭގެ ސިއްހީީ ހިދުމަތުގެ ފެންވަރުު އޮތީ ބޮއްސުންލާފަ އެވެ. މި ސަރުކާރާ އެކު، އެންމެ ގިނަ ރައްޔިތުންނެއް އެއްކަމެއްގައި އިހުތިޖާޖްކުރި އެއް މައްސަލައަކީ ރަނގަޅު ސިއްހީ ހުދުމަތެއް ނުލިބުމުގެ މައްސަލަ އެވެ. އިހަކަށް ދުވަހު އައްޑޫ ސިޓީގެ ރައްޔިތުން އިހުތިޖާޖްކުރިއިރު، މާމިގިލީ ރައްޔިތުން ވެސް ވަނީ އިހުތިޖާޖްކޮށްފަ އެވެ. ރަނގަޅު ސިއްހީ ހިދުމަތެއް ނުލިބޭތީ އެވެ.

ޑޮކްޓަރުން ނެތުމާއި، އެކަށީގެންވާ ވަސީލަތްތައް ވެސް ޤާއިމްކުރެވިފައި ނެތަތީވެ. ލިބޭ ހިދުމަތުގެ ފެންވަރު ދަށްކަމުންނެވެ. އެ ރައްޔިތުންނަށް މިއަދުވެސް މަޖުބޫރުވެފައި އޮތީ، ވެރިރަށް މާލެ އައިސް ސިއްހީ ހިދުމަތްތައް ހޯދުމަށެވެ. ކުރިން ވެސް އޮތް މައްސަލަ އޮތީ ހަމަ އެގޮތުގަ އެވެ.

ތެދެކެވެ. ސަރުކާރުން ވެސް ސިއްހީ ހިދުމަތުގެ ފެންވަރުު ރަނގަޅުކުރުމަށް ބައެއް މަސައްކަތްތައް ކުރެ އެވެ. ބައެއް ސިއްހީ މަރުކަޒުތައް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރަތްތައް އެޅުމަށް ވަނީ އިއުލާންކުރެވިފަ އެވެ. ބައެއް ރަށްރަށުގައި މަސައްކަތްތައް ވެސް ފަށައިގަނެވިފައި ވެއެވެ. ޑޮކްޓަރުންނާއި، ނަރުހުން ތަމްރީންކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްގެންދެ އެވެ. ނިޒާމް ހަރުދަނާކުރުމަށް ސިއްހީ ހިދުމަތްދޭ ތަންތަން އެއް ނެޓްވޯކަކުން ވަނީ ގުޅާވެސްލާފަ އެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީްން -- ފޮޓޯ: ރާއްޖެ.އެމްވީ

ހެލްތު މިނިސްޓަރު އުޅުއްވަނީ ހަފްލާތައް ބޭއްވުމާއި، މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދިޔުމުގަ އެވެ. ރަށްރަށް ދަތުރުތައް ކުރެއްވުމުގަ އެވެ. ނަމަވެސް ރައްޔިތުން މިއަދުވެސް ބޭނުންވަނީ ރަނގަޅު ހަރުދަނާ ބަދުލުތަކެކެވެ. ހަޤީޤަތަކީ، ބޮޑެތި ހަފްލާތަކެއް ބާއްވައި، ކެމްޕޭންތަކެއް ފެށި ނަމަވެސް މައްސަލައަށް ހައްލެއް ނެތްކަމެވެ. ސިއްހީ މަރުކަޒުތައް ކިތަންމެ ރީޗަކަށް ނަންބޯޑު ބަދަލުކޮށް، ހޮސްޕިޓަލެއްގެ ދަރަޖަ ދިން ނަމަވެސް އެކަށީގެންވާ ހިދުމަތެއް ނުލިބޭ ނަމަ، އެ ނަން ބޮޑަކުން ކުރާނެ ފައިދާއެއް ނޯނާނެ އެވެ. ދަތުރުފުޅުތަކާއި ދެ އިރު ދެ ދަޅަ އަށް ހަފްލާތައް ބާވައި ގާފޮޅެއް އަޅާ ކޮންމެ ފަހަރަކު މީޑިއާ އަށް ދައުވަތު ދީގެން ކަން ދެއްކެވުމުގައި އުޅުއްވައިގެން މައްސަލަ އަށް ހައްލެއް ނެތެވެ. އަދި އެކަންކަމުން ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ވެސް ނެތެވެ. އެހެންކަމުން ކޮންމެ ވަޒީރަކުމެ އެންމެ ގިނަ ކަންކަން ކުރަނީ އެ ވުޒާރާއަކުން ކަމަށް ދެއްކެވުމަށް ބޮޑެތި ގިނަ އިވެންޓްތައް ބޭއްވުމަކީ އެއް ވަނައެއް ނުލިބެއެވެ. ކަންކުރައްވާކަން ދައްކަވަންވީ ރައީސަކަށް ނޫނެވެ. ރައްޔިތުންނަށެވެ.

ހަމައެކަނި ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، ނަތީޖާތަކެއް ނެރެދޭނެ އެބަޖެހެ އެވެ. އެންމެ ބޮޑު ޒިންމާއެއް ހަވާލުވެފައިވާ އެއް މިނިސްޓްރީއަކީ ހެލްތު މިނިސްޓްރީކަން، ވިސްނަވައި، ހަރުދަނާ ބަދަލުތަކެއް ގެންނަންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު