Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓެކްސް ބޮޑުކުރުން

ޓީޖީއެސްޓީން ދައުލަތަށް ލިބުނު އާމްދަނީ 65 އިންސައްތަ ބޮޑު، ކުރެވޭ އުންމީދުތައް ވެސް ބޮޑު!

ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2023 | ހޮނިހިރު 09:48
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް މިއަހަރުން ފެށިގެން 16 އިންސައްތަ، އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ 8 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ. ޓެކްސް އަށް ގެނައި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރު ކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމެވެ.

ސަރުކާރުން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމުން އެކަމާއި ގުޅިގެން ބައެއް އާންމުންނަށް ސިޔާސީ މީހުންގެ ނުރުހުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. އަދި ޓެކްސް ބޮޑުކުރުމުން އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ވެސް އެފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ޓެކްސް ބޮޑުކޮށްފައިވަނީ ދައުލަތުގެ ކަމާއިގުޅޭ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި އަދި އިންޑަސްޓްރީގެ އެކިއެކި ފަރާތްތަކާއި މަޝްވަރާކުރުމަށްފަހުގައި އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ވެސް ލަފަޔާ އެއްގޮތަށް ކަމަށް އޭރު ވެސް ސަރުކާރުން ދިޔައީ ބުނަމުންނެވެ. ދައުލަތުގެ ރިޒަރވް ރަނގަޅުކުރުމަށް މިވަގުތަށް އެޅެން ހުރި އެންމެ ރަނގަޅު ފިޔަވަޅަކީ ބޭރު ފައިސާ އިން ލިބޭ އާމްދަނީ އިތުރުކޮށް ބޭރުފައިސާގެ ރިޒަރވް ރަނގަޅުވެގެން ދިއުން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ޓެކްސް މިދިޔަ މަހު ބޮޑުކޮށްފައިވާއިރު އެކަމުގެ ރަނގަޅު އަސަރު މިހާރު ފެންނަން މިވަނީ ފަށާފައެވެ. އެގޮތުން ޓީޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް އެއިން ލިބުނު އާމްދަނީ 65 އިންސައްތަ ވަނީ ބޮޑުވެފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. މިދިޔަ މަސް ނިމުނު އިރު ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި ވަނީ 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 1.2 ބިލިއަން ރުފިޔާއެވެ. މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 405 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖީއެސްޓީގެ ގޮތުގައި ލިބުނީ 298 މިލިއަން ރުފިޔާ އެވެ. އެހެންވެ އެއީ މި އަހަރު ޖީއެސްޓީގެ ގޮތުގައި ލިބުނީ މިދިޔަ އަހަރަށް ވުރެ 70 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އިން ވެސް ވަނީ 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 70 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރު ނިމޭއިރު ދައުލަތުގެ އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 24 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ސަރުކާރުން މިގޮތަށް ލަފާކޮށްފައިވާއިރު ޖަނަވަރީމަހު މީރާ އަށް ވެސް ރެކޯޑް މިންވަރަކަށް އާމްދަނީ ލިބިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި އަދަދުތަކާއިއެކު ކުރިއަށްއޮތް ތަނަށް ކުރެވޭ އުންމީދު އާވެފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރާއްޖެއަކީ އިޤްތިސާދީ ގޮތުން މި އޭޝިއާ ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޤައުމުކަން ބައިނަލްއަޤުވާމީ އިދާރާތަކުން ހާމަކުރި މައުލޫމާތުތަކުން އެނގެއެވެ. ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ބާރު މިނުގައި ކުރިއަރަމުންދާއިރު އިގްތިސާދީ ގޮތުން މި ދަނޑިވަޅުގައި ނިންމާ ކޮންމެ ނިންމުމަކީ ވެސް ރާއްޖެ އަށް އިންތިހާ މުހިންމު ނިންމުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު