Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ރައީސް ޕުޓިން

2022 ވަނަ އަހަރަކީ އުނދަގޫ، މުހިއްމު ނިންމުންތަކެއް ނިންމަން ޖެހުނު އަހަރެއް: ޕުޓިން

މިއީ ގިނަ ކަންތައްތަކެއް ސާފުވެގެން ދިޔަ އަހަރެއްކަމަށްވެސް ޕުޓިން ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖެނުއަރީ 2023 | އާދީއްތަ 06:53
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

2022 ވަނަ އަހަރަކީ އުނދަގޫ އަދި މުހިއްމު ނިންމުންތަކެއް ނިންމަވަންޖެހިވަޑައިގެންނެވި އަހަރެއް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

އައު އަހަރުގެ މުނާސަބަތުގައި ޤައުމާ މުޚާތަބު ކުރައްވާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، 2022 ވަނަ އަހަރަކީ ރަޝިއާގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މުހިއްމު އަދި އެހާމެ އުނދަގޫ ނިންމެވުންތަކެއް ނިންމެވި އަަހަރެއްކަމަށެވެ.

އަދި މިއީ ގިނަ ކަންތައްތަކެއް ސާފުވެގެން ދިޔަ އަހަރެއްކަމަށްވެސް ޕުޓިން ވިދާޅުވެއެވެ. އެގޮތުން ފިނޑިކަމާއި ހިތްވަރަކީ ކޮބައިކަން މި އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވާކަން ޕުޓިން ފާހަގަކުރެއްވިއެވެ.

9 މިނެޓަށް ދިގު ދެމިގެންދިޔަ މި ވީޑިއޯ މެސެޖަކީ ޕުޓިންގެ 22 އަަހަރުވީ ވެރިކަމުގައި އެންމެ ދިގުކޮށް ޤައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅެވެ.

ރަޝިއާގެ ޤައުމީ ޓީވީ މެދުވެރިކުރައްވާ އާންމު ކުރެއްވި މި މެސެޖުގައި ޕުޓިން އިތުރަށް ވިދާޅުވީ، ހުޅަނގުން އެތައް އަހަރެއް ވަންދެން، އެމީހުންގެ ސިޔާސަތުތަކަކީ އަމާންކަމަށް ގޮވާލާ ސިޔާސަތުކަމުގައި ބުނެ، ރައްޔިތުންނަށް އޮޅުވާލަމުން ގޮސްފައިވާ ކަމަށެވެ.

ހަގީގަތަކީ ހުޅަނގަކީ ޔަހޫދީ ފިކުރު ފަތުރާ، އަދި ވަކިން ޚާއްސަކޮށް ޑޮންބަސްގެ ރައްޔިތުންނާމެދުވެސް އަނިޔާވެރިކަން އިސްކޮށްފައިވާ ބައެއްކަން ޕުޓިން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ހުޅަނގަކީ ސުލްހައިގެ ނަމުގައި ހަމަނުޖެހުމަށް މަގުފަހިކުރާ ބައެއްކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

އަދި ޔޫކްރެއިންގެ ރައްޔިތުން ބޭނުންކޮށްގެން ރަޝިއާ ބަލިކަށި ކުރުމަކީ މިއަދު ހުޅަނގުގެ އަމާޒުކަން ފާހަގަ ކުރައްވައި ޕުޓިން އިތުރަށް ވިދާޅުވީ، އެކަމަށް ރަޝިއާއިން ފުރުސަތު ނުދޭނެ ކަމަށެވެ. ޕުޓިން ވަނީ ރަޝިއާގެ ރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ދަންނަވާފައެވެ.

އަދި މިހާރު ރަޝިއާއިން ކުރިއަށްގެންދާ ‘ޚާއްސަ އަސްކަރީ އޮޕަރޭޝަން’ ގައި ކުރީ ސަފުގައި ހަނގުރާމަ ކުރަމުންދާ އޮފިސަރުންނާއި، އެމީހުންގެ އާއިލާއަށްވެސް ޕުޓިން ވަނީ ޚާއްސަކޮށް ތަހުނިޔާ ވިދާޅުވެފައެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައަށް 11 މަސް ވެގެންދާއިރު، މިހާރުވެސް ތިންލައްކައަށްވުރެ ގިނަ މީހުން ހަނގުރާމައިގެ ރިޒާވް ބައިވެރިންގެ ގޮތުގައި ރަޝިއާއިން ދަނީ ހޯދަމުންނެވެ.

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2020

ވައިރަސް ކޮންޓްރޯލް ކުރުމުގައި ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް: ޑަބްލިއުއެޗްއޯ

24 އޮކްޓޯބަރު 2020
ވައިރަސް ކޮންޓްރޯލް ކުރުމުގައި ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް: ޑަބްލިއުއެޗްއޯ
09 މެއި 2020

ޗައިނާ ނޫސްވެރިންނަށް އެމެރިކާއަށް އެތެރެވުމަށް އިތުރު އުނދަގޫތަކެއް!

09 މެއި 2020
ޗައިނާ ނޫސްވެރިންނަށް އެމެރިކާއަށް އެތެރެވުމަށް އިތުރު އުނދަގޫތަކެއް!
01 އެޕްރީލު 2020

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ދަތި އުނދަގޫ ދުވަސްތަކަކީ މިއީ: އދ ގެ ސެކެޓްރީ ޖެނެރަލް

01 އެޕްރީލު 2020
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ދަތި އުނދަގޫ ދުވަސްތަކަކީ މިއީ: އދ ގެ ސެކެޓްރީ ޖެނެރަލް
18 އެޕްރީލު 2019

މިސްރުގެ ރައީސް ސީސީގެ ދައުރު 2022 ދަންމާލުމަށް ވޯޓް ނަގަނީ

18 އެޕްރީލު 2019
މިސްރުގެ ރައީސް ސީސީގެ ދައުރު 2022 ދަންމާލުމަށް ވޯޓް ނަގަނީ
17 ޑިސެމްބަރު 2018

ރަނިލްއާއިއެކު މަސައްކަތް ކުރަން އުނދަގޫ ވާނެ: ސިރިސޭނާ

17 ޑިސެމްބަރު 2018
ރަނިލްއާއިއެކު މަސައްކަތް ކުރަން އުނދަގޫ ވާނެ: ސިރިސޭނާ
07 ޑިސެމްބަރު 2018

ހަފްތާ ބަންދުގައި މުޒާހަރާތައް ހޫނުވެދާނެތީ ޕެރިހުގެ މުހިއްމު ތަންތަން ބަންދުކުރަނީ

07 ޑިސެމްބަރު 2018
ހަފްތާ ބަންދުގައި މުޒާހަރާތައް ހޫނުވެދާނެތީ ޕެރިހުގެ މުހިއްމު ތަންތަން ބަންދުކުރަނީ
02 ޑިސެމްބަރު 2018

ޖީ-20 ސަމިޓް 2022 ގައި އިންޑިއާގައި ބާއްވަނީ

02 ޑިސެމްބަރު 2018
ޖީ-20 ސަމިޓް 2022 ގައި އިންޑިއާގައި ބާއްވަނީ
28 އެޕްރީލު 2018

ދެ ކޮރެއާ ބައްދަލުކުރިޔަސް، އުތުރު ކޮރެއާ އަށް ޗައިނާގެ އެހީ މުހިއްމު

28 އެޕްރީލު 2018
ދެ ކޮރެއާ ބައްދަލުކުރިޔަސް، އުތުރު ކޮރެއާ އަށް ޗައިނާގެ އެހީ މުހިއްމު
26 ފެބުރުއަރީ 2017

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

26 ފެބުރުއަރީ 2017
ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު