Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ

އަހަރުގެ ފުރަތަމަ ފަތުރުވެރިޔަކަށް ރަޝިޔާގެ ރައްޔިތެއް

އަހަރުގެ ފުރަތަމަ ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ ޒިޔާރަތް ކުރީ ރަޝިއާގެ ރައްޔިތެއް ކަމަށްވާ ނިކޮލާއި ސްރަޓިޗިކް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2023 | އާދީއްތަ 06:02
2023 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ

2023 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ

2023 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ ޒިޔާރަތް ކުރީ ރަޝިއާގެ ރައްޔިތެއް ކަމަށްވާ ނިކޮލާއި ސްރަޓިޗިކް އެވެ. އޭނާ އަށް މަރުހަބާ ކިޔުމަށް އެ ކޯޕަރޭޝަނުން އާދީއްތަ ދުވަހުގެ ހެނދުނު ވީއައިއޭގައި ހާއްސަ ހަފްލާއެއް ބާއްވާފައިވާއިރު އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީއާއި އިމިގްރޭޝަނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ދިރާގުގެ އިސްވެރިން މި ހަފްލާގައި ބައިވެރިވެލެއްވިއެވެ.

Advertisement - newsAdvertisement

ނިކޮލާއީ ރާއްޖެ ޒިޔާރަތް ކުރީ އިއްތިހާދު އެއަރވޭސްގެ ETA ގައި އާދީއްތަ ދުވަހުގެ ހެނދުނު 6:05 ގައެވެ. އޭނާ ރާއްޖެ އައި އާއިލާއާއެކު އައު އަހަރު ހޭދަކޮށްލުމަށް ޗުއްޓީ ހޭދަކުރުމަށެވެ. މިއީ އޭނާ ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކޮށްފައިވާ ފުރަތަމަ ފަތުރުވެރިޔާއަށް ރީތި ފަރު ރިސޯޓުން ވަނީ 5 ރޭގެ ފުލްބޯޑް ޗުއްޓީއެއް ހަދިޔާ ކޮށްފައެވެ. އަދި އެމްއެމްޕީއާރުސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމްއޭސީއެލާއި ދިރާގުގެ ފަރާތުން ވެސް ނިކޮލާއިއަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުކުރުމަށް އެމްއެމްޕީއާރުސީ އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ބައިވެރިވާ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދެވުނު ޙަރަކާތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް ހަލުވިކަމާއެކު އިތުރުވެގެން ދިއުން ކަމަށެވެ. އަދިި ގުދުރަތީގޮތުން އެކަހެރި ރަށްތަކަކަށް ބެހިފައިވާ ޤައުމަކަށްވުމާއި، ރާއްޖޭގެ ރިސޯޓުތަކަކީ ފެށުނީއްސުރެ 'ވަން އައިލެންޑް، ވަން ރިސޯޓް' ކޮންސެޕްޓަށް ހަދާފައިވާ ރިސޯޓުތަކަށްވުމާއި، ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަކީ ކޮވިޑްގެ ޙާލަތުގައިވެސް ފަތުރުވެރިންނަށް ރައްކާތެރި ތަނެއްކަމުގައި މުޅި ދުނިޔެއިން ބަލައިގަތް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ވޭތުވެދިޔަ އަހަރުވީ ރާއްޖެއަށް އެވޯޑަކަށްފަހު އެވޯޑެއް ލިބި، އިންތިހާއަށް ކާމިޔާބު ލިބުނު އަހަރެއް ކަމަށާއި 2023 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހިނިތުންވުމާއެކު މަރުހަބާ ކިޔަނީ 2022ގެ ކާމިޔާބީތައް ދެމެހެއްޓުމުގެ އަމާޒާއި އަޒުމާއެކުގައި ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ.

ފާއިތުވެދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖެ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމްއެމްޕީއާރުސީއިން ވަނީ 88 މާކެޓިން ކެމްޕޭނާއި 42 ފެއަރ އާއި، 08 ރޯޑްޝޯ އާއި 10 ވާޗުއަލް އިވެންޓާއި 17 އެފްއޭއެމް ޓްރިޕާއި އެހެނިހެން  10 އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2022ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަން ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ.

2022 ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި 1.6 މިލިޔަން ފަތުރުވެރިންގެ ނިމުނު ޑިސެމްބަރު މަހު ވަނީ ފުރިހަމަވެފައެވެ، މި އަހަރަށް ސަރުކާރުން ލަފާ ކުރަނީ 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު