Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައު އަހަރު

އަނެއްކާވެސް "ނިއު އިޔަރ ނިއު މީ"

1 ޖެނުއަރީ 2023 | އާދީއްތަ 02:16

އައި އަހަރާ ދިމާކޮށް ގިނަ ކަންތައްތަކެއް ކުރުމަށް ކަނޑައަޅާ މީހުން އުޅޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖެނުއަރީ 2023 | އާދީއްތަ 02:16
އައު އަހަރާ ދިމާކޮށް ކުރާނެ ކަންކަން ގިނަ ބަޔަކު ކުރިޔާލާ ޕްލޭންކުރޭ

އައު އަހަރާ ދިމާކޮށް ކުރާނެ ކަންކަން ގިނަ ބަޔަކު ކުރިޔާލާ ޕްލޭންކުރޭ

އަނެއްކާވެސް އައު އަހަރެއް ފެށުނީއެވެ. "ނިއު ނިޔަރ މީ" ވީއެވެ. ކޮންމެ އައު އަހަރަކާއެކު ގިނަ ބަޔަކު ބުނާ ވާހަކައެކެވެ. އައު އަހަރަކާއެކު އައު އަޒުމްތަކެކެވެ. އައު ލަނޑުދަނޑިތަކެކެވެ. އެހެންނަމަވެސް މިއަހަރުގެ އައު އަހަރާ ބައްދަލުކުރިއިރު މިދިޔަ އަހަރު ކުރަން ކަނޑައެޅި ކަންތައްތަކުގެ ތެރެއިން ހާސިލުވީކިހާ މިންވަރެއްތޯ އަމިއްލަ ނަފުސާ އެބަ ސުވާލުކޮށްލަން ޖެހެއެވެ.

މިދިޔަ އަހަރު ކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް ހާސިލުވިތޯ ބައެއް މީހުން ކައިރިން އަހާލީމެވެ. ގިނަ މީހުން މިދިޔަ އަހަރު ކުރަން ކަނޑައެޅި އެއް ކަމަކީ ބަރުދަން ލުއިކޮށް ގަވާއިދުން ކަސްރަތުކުރުމެވެ. ރަނގަޅު ދުޅަހެޔޮ އާދަތައް އަށަގެންނެވުމެވެ. ބައެއް މީހުން ބުނިގޮތުން އެކަން ހާސިލްވިއެވެ. ބޭނުންވި ގޮތަށް ހަށިގަނޑު ލުއިކޮށް ކަސްރަތު ކުރަން ފެށުނެވެ. ނަމަވެސް އަނެއް ބަޔެއްގެ ޖަވާބަކީ "ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން ދުވަންދާން ހިތުލައިގެން ހުއްޓާ އަހަރު ނިމުނީ" އެވެ. މިއީ ތީގެ ތެރެއިން ބައެއް މީހުންނަށްވެސް ހަމަ ވީވަރު ކަމަށް ވެދާނެއެވެ.

ސިނގިރޭޓް ބޯ މީހުން ކުރަން ކަނޑައަޅާ ކަންކަމުގެ ތެރޭގައި ސިނގިރޭޓް ބުއިން ހުއްޓާލުން ހިމެނެއެވެ. ސިނގިރޭޓް ބޯ ބައެއް ރަހުމަތްތެރިންނާ މިދިޔަ އަހަރު ކުރަން ކަނޑައެޅި ކަންކަމުގެ ތެރޭގައި ސިނގިރޭޓް ބުއިން ހުއްޓާލަން ކަނޑައެޅިންތޯ އެހުމުން އެމީހުންގެ ތެރެއިން ބައެއް މީހުންގެ ޖަވާބަކީ އެއީ ކުރަން ހިތުލި ކަމެއްކަމަށާއި ނަމަވެސް އެކަން ނުވި ކަމަށެވެ.

އަނެއް ބަޔަކު ކުރަން ކަނޑައެޅި އެއް ކަމަކީ ކޮންމެސް އައު ގައުމަކަށް ދިޔުމެވެ. ރައްޓެހިންނާއެކު، އާއިލާއެކު ނުވަތަ އެކަނި ނަމަވެސް އައު ތަނަކަށް ޒިޔާރަތްކޮށްލާ އެތަންތާ ފޮޓޯ ނަގާ ފަހަށް ރައްކާކުރާނެ ހަނދާންތައް އިތުރުކުރުމަކީ އެއް ބަޔަކު އައު އަހަރާއެކު ކުރަން ބޭނުންވާ ކަމެކެވެ. އެއީ މިފަހަކަށް އައިސް ދިވެހިންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ބަކެޓް ލިސްޓުގައިވެސް ހުންނަ ކަމެއްކަން ޔަގީނެވެ.

އައު އަހަރާ ދިމާކޮށް ދީނީ ކަންކަމަށް ކުރިޔަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަކީވެސް އެއް ބަޔަކު ކުރަން ކަނޑައެޅި ކަމެކެވެ. އެކަންވެސް އެއް ބަޔަކު ބުނާގޮތުން މިދިޔަ އަހަރު ތެރޭ ވަރަށް ރަނގަޅަށް ހާސިލްވެއްޖެއެވެ. އަނެއް ބަޔަކު ބުނާގޮތުން މިއަހަރު އިތުރު ހިތްވަރެއް ލައިގެން ޖެހޭނީ އެކަން ކުރާށެވެ.

އައު އަހަރާއެކު ރައްޓެހިންނާއި އާއިލާ މީހުންނާމެދު ކަންކުރާނެ ގޮތްތަކާއި ތިމާއަށް ރަނގަޅު މީހަކަށް ތިމާވެސް ރަނގަޅުވާނެވާނެ ކަމާއި ރަނގަޅު ރަހުމަތްތެރިން ނޫނީ އެހެން ބަޔަކު ނުގެންގުޅޭނެ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ އަހަރެއްވެސް ނިމިގެންދަނީ މިވާހަކަތަކާއެކު ކަމަށް ބައެއް މީހުން ބުނެއެވެ. އެކަން އަމަލީ ގޮތުން ކުރަން އުނދަގޫ ކަމަށް ބުނާ މީހުންވެސް އުޅެއެވެ. މި ނޫންވެސް ކިތަންމެ ކަމެއް ކުރުމަށް މިދިޔަ އަހަރު ހިތުލައިގެން ހުއްޓާ އެކަން ނުވެ މިވަނީ އެއަހަރު އަލްވަދާއު ކިޔާފައެވެ.

ކޮންމެ އައު އަހަރަކާ ދިމާކޮށް ކުރަން އެކި މީހުން ކަނޑައަޅާ ކަންކަމުގެ ލިސްޓު މިހެންގޮސް ކިތަންމެ ވަރަކަށްވެސް ލިޔެވިދާނެއެވެ. ތިޔަ ބޭފުޅުންވެސް ލިސްޓު ލިޔުއްވަމުން ގެންދަވާށެވެ. މީގައި މުހިންމީކީ ލިސްޓެއްވެސް ނޫންތާއެވެ. ކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން ކުރެވުނު ކަންކަމެވެ. ކުރިޔަށް އޮތީ އަނެއްކާވެސް މުޅިން އައު 365 ދުވަހެވެ. 365 ފުރުސަތެވެ. މިދިޔަ އަހަރު ކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން ނުވެ ހުރި ކަންކަން ހާސިލްކުރުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް ލިބިގެންދަނީއެވެ. އަމިއްލަ ނަފުސު އިތުރަށް ރަނގަޅުކޮށް، ތަރައްގީކޮށް ގުޅުންތައް ބަދަހިކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދަނީ އެވެ. އެ ފުރުސަތުގެ ބޭނުން ހިފަމާ ހެއްޔެވެ؟ "ނިއު އިޔަރ ނިއު މީ" ވާނީ އޭރުންތާއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2018

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!
26 ނޮވެމްބަރު 2017

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!
18 ނޮވެމްބަރު 2017

ޒިމްބާބްވޭގެ "ބަޣާވާތް" ނިއުޅެމުންދާ ގޮތައް ނަޒަރެއް!

18 ނޮވެމްބަރު 2017
ޒިމްބާބްވޭގެ "ބަޣާވާތް" ނިއުޅެމުންދާ ގޮތައް ނަޒަރެއް!
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
02 ސެޕްޓެމްބަރު 2017

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!
23 އޯގަސްޓު 2017

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!
03 ޖުލައި 2017

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް