Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޯހިންޏާ ރެފިއުޖީއެއް

ރޯހިންޏާ ރެފިއުޖީއެއްގެ ދުލުން: "ވަށައިގެން އެނބުރެމުން ދިޔައީ ހުސް ގަބުރު"

އަހަރެމެންނަށް ކުރެވުނު ހަމަ އެއްވެސް ކަމެއް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 31 ޑިސެމްބަރު 2022 | ހޮނިހިރު 14:20
ރޯހިންޏާ ރެފިއުޖީއެއް

ރޯހިންޏާ ރެފިއުޖީއެއް

ފާތިމާ ބިންތު އިސްމާއީލުގެ އުމުރުން އަދި މި ވީ އެންމެ 19 އަހަރެވެ. ނަމަވެސް، ބާ ބޯޓުގަނޑެއްގައި ދެކޮޅަށް ކިރެމުން ކިރެމުން، މާ ސިންގާ އިންޑިއާ ކަނޑު ހުރަސްކޮށް އިންޑޮނޭޝިއާއަށް އޭނާ ކުރި ދަތުރަކީ، އުމުރުގެ އެތައް އަހަރެއް، ކަނޑުމަތީގައި ހޭދަކޮށްފައިވާ މާލިމީއަކުވެސް ކޮށްފައި ނުވާފަދަ ބިރުވެރި އަދި ނާމާން ދަތުރަކަށް ވުމަކީ އެކަށީގެންވާކަމެވެ.

އާއިލާ މެންބަރުންނަށް ވީޑިއޯ ކޯލެއްކޮށްގެން އިން ފާތިމާގެ އަތް އޭރުވެސް ދިޔައީ ތުރުތުރުއަޅަމުންނެވެ. ރޮމުން އެދަނީ، ސަލާމަތުގެ އައްސޭރިއަށް އާދެވުނުކަމުގެ އުފަލުގައެވެ. އާއިލާއަށް އޭނާ އެދެނީވެސް އެ މެސެޖެވެ.

ފާތިމާއަކީ ނިމިދިޔަ ހަފުތާ ތެރޭގައި، އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގެ ގޮނޑުދޮށަށް 174 މީހުންނާއެކު އުރުނު ބޯޓުން ދަތުރުކުރި އެކަކެވެ. އެ ބޯޓުން ދަތުރުކުރި ހުރިހާ އެންމެންނަކީވެސް އިންތިހާ ފަގީރުކަމާއި އިންސާފުން އެއްކިބާވެފައިވާ ހުކުމްތަކުން ސަލާމަތްވެ، ދިރިއުޅުމަށް އުޖާލާ ކަމެއް ހޯދުމަށް، ނުވަތަ ދެތަންވެފައިވާ އާއިލާ މެންބަރުންނާ އެއްފަސްވުމަށް ދަތުރުކުރަމުން ދިޔަ މީހުންނެވެ.

ނޮވެމްބަރުން މަހުން ދުވަހެއްގައި، ބަންގްލަދޭޝްއިން ދަތުރަށް ފެށީ 200 އެއްހާ މީހުންނާއެކީގައެވެ. ލަސްތަކެއް ނުވެ، ބޯޓު ފޫގޮސް، ފެންއަރަން ފެށިއެވެ. އެއަށްފަހު، އޮޔާ ދެމެމުން އިންޑޮނޭޝިއާއަށް ބޯޓު އުރުނު ހިސާބާ ހަމައަށް 40 ދުވަސް ހޭދަވިއެވެ.

ދަތުރުމަތީގައި 20 މީހެއްގެ ފުރާނަ ގެއްލުނެވެ. އޭގެ ތެރޭގައި، ބޯޓު ހަލާކުވެ، އަޑިއަށް ހިނގައިދާނ ކަމުގެ ބިރަށް ބޯޓުން ފުންމާލި މީހުންވެސް ހިމެނެއެވެ.

ރޯހިންޏާ ދަރިކޮޅަށް ނިސްބަތްވާ މި މީހުންގެ ތެރޭގައި ގިނައީ ބުދިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާއަށް ނިސްބަތްވާ މީހުންނެވެ. އެތައް ޒަމާނެއް ވަންދެން އިންތިހާ ވޭން އުފުލަމުން ދިޔަ މުސްލިމުންނެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން 2017 ވަނަ އަހަރު ހިންގި ގަތުލުއާންމުން ސަލާމަތްވުމަށް، 8 ލައްކައެއްހާ މީހުން ބަންގްލަދޭޝްއަށް ބަދަލުވިއެވެ. ނަމަވެސް ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގެ ހާލަތު ގޯހުން ގޯހަށް ގޮސް، ދިރިއުޅުމަށް އިތުރު ތަކުލީފުތައް ކުރިމަތިވާން ފެށުމުން އެތައް ހާސް ބަޔަކު ވަނީ ބަންގްލަދޭޝް ދޫކޮށް ދާން ފަށާފައެވެ.

ބަންގްލަދޭޝްއިން ފުރައިގެންދާ ރޯހިންޏާ ދަރިކޮޅުގެ ގިނަ މީހުން ބަލަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިއާއާއި އިންޑޮނޭޝިއާއަށް އެތެރެ ވެވޭތޯއެވެ. އދ.ގެ ރެފިއުޖީ އޭޖެންސީން ބުނާގޮތުގައި، މިދިޔަ 6 ހަފުތާގެ ތެރޭގައި އެކަނިވެސް، ރޯހިންޏާ ދަރިކޮޅުގެ 500 އެއްހާ މީހުން ވަނީ އެ 2 ގައުމުގެ އައްސޭރިފަށާ ހިސާބަށް ވާސިލުވެފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2019

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

21 ޖެނުއަރީ 2019
ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
12 ޖެނުއަރީ 2019

ރައްޔިތުންގެ ދުލުން: ސަރުކާރުގެ އިސްނެގުން ރަނގަޅު، މެމްބަރުންވެސް ހާމަކުރޭ!

12 ޖެނުއަރީ 2019
ރައްޔިތުންގެ ދުލުން: ސަރުކާރުގެ އިސްނެގުން ރަނގަޅު، މެމްބަރުންވެސް ހާމަކުރޭ!
01 ޖެނުއަރީ 2019

ދިވެހި ސިީމަނުންގެ ހާލުގެ ދުލުން

01 ޖެނުއަރީ 2019
ދިވެހި ސިީމަނުންގެ ހާލުގެ ދުލުން
09 ނޮވެމްބަރު 2017

ގާރީގެ މަޖުބޫރީ ހާލާތު ޝާފިއުގެ ދުލުން: ފާރިސް ގޮޅިއަކަށް ފެއްތުން!

09 ނޮވެމްބަރު 2017
ގާރީގެ މަޖުބޫރީ ހާލާތު ޝާފިއުގެ ދުލުން: ފާރިސް ގޮޅިއަކަށް ފެއްތުން!
29 އޮކްޓޯބަރު 2017

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........
12 އޮކްޓޯބަރު 2017

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު
21 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް