Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު

ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ޕޯޓަލްއެއް

31 ޑިސެމްބަރު 2022 | ހޮނިހިރު 14:01

މެއި މަހުގެ ތެރޭގައި ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ފެށޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 ޑިސެމްބަރު 2022 | ހޮނިހިރު 14:01
އީސީން ބޭއްވި އިންތިޚާބެއްގެ ތެރެއިން

އީސީން ބޭއްވި އިންތިޚާބެއްގެ ތެރެއިން

ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ޕޯޓަލް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ޕޯޓަލްގެ މަސައްކަތް ކުރަމުންދާއިރު ބައި-އިލެކްޝަންތަކުގައި މި ޕޯޓަލް ބޭނުންކޮށްފައި ވާކަމަށެވެ. ޕޯޓަލްގެ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށާއި، ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނީ އިތުބާރު އެއްޗެއްގެ ގޮތުގައި ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ބިޑަށް ހުޅުވާލައިގެން އޮޑިޓެއް ހަދަން ނިންމާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ، މެއި މަހުގެ ތެރޭގައި ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރައްވާ ކަމަށާއި އީސީގެ އައު އިމާރާތައް ވަނުމަށްފަހު ޓްރެއިނިންގ ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ކޮންމެ ތަނެއްގައި ހުންނަ މީހަކަށްވެސް އަމިއްލައަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި ޕޯޓަލްއިން ލިބިގެންދާނެއެވެ.

ރާއްޖެގައި ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައެވެ. ކުރިން މިކަން އޮތީ ރީ-ރަޖިސްޓްރީ ވުމަށް ފޯމް ފުރުމަށްފަހު މާލޭގައި ނަމަ އިންތިޚާބާބެހޭ މައި މަރުކަޒަށް ހުށައަޅާގޮތަށެވެ. އަތޮޅުތަކުގައި ރަށު ކައުންސިލް އިދާރާތަކުންނާއި ސިޓީ ކައުންސިލްތަކަށް އެ ފޯމް ހުށަހަޅަންޖެހެއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަގުތީ މުވައްޒަފުންވެސް ހޯދާފައިވެއެވެ. ރިޔާސީ އިންތިޚާބާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް 11 މުވައްޒަފުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓާނީ 150ށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރާ ގައުމުތަކުގައި އެކަންޏެވެ.

ފޮރިން މިނިސްޓްރީއާއެކު މަޝްވަރާކޮށްގެން ދިވެހިން ގިނައިން އުޅޭ ގައުމުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އީސީން މީގެ ކުރިން ބުނެފައިވެއެވެ. ކުރިން ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ލަންކާ، ސިންގަޕޫރު އަދި މެލޭޝިއާ ފަދަ ގައުމުތަކުގައިވެސް ވޯޓުފޮށި ބަހައްޓާނެއެވެ. ނަމަވެސް ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގެ ޖުމުލަ އަދަދު އެނގޭނީ ރެޖިސްޓްރޭޝަންގެ މަރުހަލާ ނިމުމުންކަމަށް އީސީން ބުނެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް