Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ޓީޓީ މުބާރާތް

ތިންވަނަ ފައިނަލްގައިވެސް ރަފާ ބަލިކޮށް، ދީމާ ޤައުމީ ތަށި މިލްކްކޮށްފި

ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޝައްފާން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 31 ޑިސެމްބަރު 2022 | ހޮނިހިރު 02:06
ޗެމްޕިއަން ޝައްފާނަށް ތަށި ހަވާލުކުރާއިރު އަންހެން ޗެމްޕިއަން ދީމާ ކައިރީގައި

ޗެމްޕިއަން ޝައްފާނަށް ތަށި ހަވާލުކުރާއިރު އަންހެން ޗެމްޕިއަން ދީމާ ކައިރީގައި

ތިންވަނަ ފައިނަލްގައިވެސް އައިޝަތު ރަފާ ނާޒިމް ބަލިކޮށް, ފާތިމަތު ދީމާ އަލީ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ތަށި މިލްކްކޮށްފިއެވެ.

ދީމާ ތަށި މިލްކް ކުރީ 60 ވަނަ ޤައުމީ ޓީޓީ މުބާރާތުގެ ފައިނަލްގައި ސީދާ ހަތަރު ގޭމުން ރަފާ ބަލިކޮށްގެންނެވެ. ދީމާ ގޭމްތައް ގެންދިޔައީ 15-13, 11-08, 11-09 އަދި 11-03 ނެވެ. ރާއްޖޭގެ ޓޭބަބަލް ޓެނިސް މިދިޔަ ހަތަރު އަހަރުވެސް ޑޮމިނޭޓްކޮށް, މިކުޅިވަރުން ރާއްޖެއަށް މެޑަލްތައް ގެނައުމުގައިވެސް އެންމެ ބޮޑު ހިއްސާއެއް ވަމުން އަންނަ ދެ ކުޅުންތެރިންނަކީ ދީމާއާއި ރަފާއެވެ. ސިންގަލްސް ފައިނަލްގައި ބަލިިވިޔަސް ރަފާ ވަނީ ޒާރާއާއެކު ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައެވެ.

60 ވަނަ ޤައުމީ މުބާރާތުގެ ދެން އެންމެ ޚާއްޞަ ކާމިޔާބީއަކީ މޫސާ މުންސިފް ބަލިކޮށް, މުހައްމަދު ޝައްފާން ފުރަތަމަ ފަހަރަށް ޤައުމީ ތަށި ހޯދުމެވެ. އެކަމަކު ޝައްފާނަށް ތަށި ލިބުނީ މެޗުގެ ތެރެއިން މުންސިފަށް އަނިޔާވެ މެޗު ދޫކޮށްލުމުންނެވެ. މެޗު ދޫކޮށްލިއިރުވެސް ކުރީގައި އޮތީ ޝައްފާނެވެ. މުންސިފަކީ ޓީޓީގައި އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިޔާއެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝައްފާންއާއި ހައްޔާރު އަހުމަދު ހާލިދުގެ ޕެއާއެވެ.

މުބާރާތުގެ ޓީމް އިވެންޓްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިހާ އެކަޑަމީއެވެ. ޗެމްޕިއަންކަން ހޯދި ޓީމްގައި ޤައުމީ ޗެމްޕިއަން ޝައްފާންގެ އިތުރުން އިބްރާހީމް ލަތީފް އަދި ޒީކް ހިމެނުނެވެ. ފައިނަލްގައި އެޓީމް ވާދަކުރީ ކީންސް ސްޕޯރޓްސް ކްލަބާއެވެ. އަންހެން ޓީމް އިވެންޓްގެ ފައިނަލްގައި އިހާ ބަލިވީ ކަސްޓަމްސް އަތުންނެވެ. ކަސްޓްމްސް ތަށި ހޯދިއިރު އެޓީމްވެސް ލީޑްކުރީ ދީމާއެވެ. ދީމާގެ އިތުރުން ކަސްޓަމްސް ޓީމްގައި ކުޅުނީ ތައިލެންޑް ކުޅުންތެރިއަކާއި ޒާރާ ހަސަން ލަތީފްއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު