Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

އިރުއަރައި އޮއްސެނީ ބޮމާއި ޑްރޯން އަދި މިސައިލް ހަމަލާތަކާއެކު

24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން ވަނީ ޔޫކްރެއިނަށް 85 މިސައިލް ހަމަލާއާއި 35 އެއާ ރެއިޑްއާއި، 63 ރޮކެޓް ހަމަލާ ފޮނުވާލާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2022 | ހުކުރު 17:46
މިސައިލް ހަމަލާއެއް އަމާޒުވެ ބިމާ ހަމަވެފައިވާ ގެއެއް

މިސައިލް ހަމަލާއެއް އަމާޒުވެ ބިމާ ހަމަވެފައިވާ ގެއެއް

ފެބްރުއަރީ 24، 2022 އަކީ ޔޫކްރެއިންގެ ރައްޔިތުންގެ ހިތުން ދުވަހަކުވެސް ފޮހެލެވޭނެ ދުވަހެއް ނޫނެވެ. އެދުވަހު ފެށުނު ހަނގުރާމަ ހުއްޓުމެއްނެތި ދިގުދެމިގެންގޮސް، ގައުމުގެ ހުރިހާ އެންމެންގެ ދިރިއުޅުން މިވަނީ ދުވަހަކުވެސް ހީނުކުރާ ގޮތަކަށް ބަދަލުވެގެން ގޮސްފައެވެ.

ހަނގުރާމައަށް 10 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެގެންގޮސްފައިވާއިރު، ބާރުގަދަ ގޮވުމެއްގެ އަޑު ނީވޭ ހަމަ އެއްދުވަހެއްވެސް މިހާރު ނުފެންނަނީއެވެ. އަސްކަރީ އޮޕަރޭޝަނެއް ކަމަށް ބުނެ، ރަޝިއާއިން ދޭން ފެށި ހަމަލާތައް އިތުރުވެ، އެގައުމަށް އިރުއަރައި އޮއްސެނީ ބޮމާ، ޑްރޯން އަދި މިސައިލް ހަމަލާތަކާއެކުއެވެ.

އެންމެ ފަހުން މިފަދަ ހަމަލާތައް ދީފައި މިވަނީ ޑިސެމްބަރު 29 އަދި 30 ވަނަ ދުވަހުއެވެ. 29 ވަނަ ދުވަހު އެގައުމަށް ދިން މިސައިލު ހަމަލާތަކުން އެރި ދުން ރަނގަޅަށް ނުފިލަނީސް 30 ވަނަ ދުވަހު އެފަދަ، އިތުރު އަދި ވަރުގަދަ ހަމަލާތަކެއް މިވަނީ ދީފައެވެ.

ޔޫކްރެއިންގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން ޑިސެމްބަރު 30 ވަނަ ދުވަހު ރަޝިއާއިން ވަނީ އިރާނުން އުފައްދާފައިވާ ޝާހުދު ޑްރޯންގެ 16 ޑްރޯން ބޭނުންކޮށްގެން ޔޫކްރެއިނަށް ހަމަލާތައް ދީފައެވެ.

ވައިގެ ހަމަލާތަކެއް ދޭކަމުގެ އެލަރމް ވެރިރަށް ކިއެވް އިން އިވިގެން ދިޔައިރު، ހަމަ އެ އެލަރމް އާ އެއްވަރަށް އެތައް ގޮވުންތަކެއްގެ އަޑު އިވުނެވެ. މި 16 ޑްރޯން ހަމަލާގެ ތެރެއިން ހަތް ހަމަލާ އަމާޒުކޮށްފައިވަނީ ވެރިރަށް ކިއެވް އަށެވެ. ބާކީ ޑްރޯންތައް އެގައުމުގެ އެހެން ސަރަހައްދުތަކަށް އަމާޒުވެގެންދިޔައެވެ.

ރަޝިއާއިން މިހާރު ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ބޮޑަށް އަމާޒުކުރަމުންދަނީ އެގައުމުގެ އުމްރާނީ ބޮޑެތި އިމާރާތްތަކަށެވެ. އެގައުމުގެ އިންޖީނުގެ ތަކަށް އަމާޒުކުރަމުންދާ ހަމަލާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ވަނީ ފިނި މޫސުމުގައި ހީޓަރަކާ ނުލައި އުޅެން މަޖުބޫރުވެފައެވެ. ކަރަންޓު ނެތުމުގެ ސަބަބުން އެތައް ގޮންޖެހުންތަކަކާ ރައްޔިތުން ދަނީ ކުރިމަތިލަމުންނެވެ.

ޔޫކްރެއިންގެ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި 24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން ވަނީ ޔޫކްރެއިނަށް 85 މިސައިލް ހަމަލާއާއި 35 އެއާ ރެއިޑްއާއި، 63 ރޮކެޓް ހަމަލާ ފޮނުވާލާފައެވެ. ރަޝިއާއިންވެސް ވަނީ އެގައުމުން ޔޫކްރެއަށް "ބޮޑު ހަމަލާއެއް" އަމާޒުކޮށްފައިވާނެ ކަމަށް ބުނެފައެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ރަޝިއާއިން ދަނީ ކޮންމެ ހަފުތާއަކުވެސް ޔޫކްރެއިނަށް އެއްފަހަރާ ގިނަ އަދަދެއްގެ މިސައިލް އަދި ޑްރޯން ހަމަލާ އަމާޒުކުރަމުންނެވެ. ރަޝިއާއިން ބުނަމުންދަނީ އެގައުމުގެ އަމާޒަކީ އެގައުމާ ދެކޮޅަށް ތެދުވުމުގެ ބާރު ޔޫކްރެއިނުން ކަނޑުވާލުމެވެ.

ނަމަވެސް ޔޫކްރެއިނުން ބުނަނީ ރަޝިއާގެ ހަމަލާތަކަކީ އަސްކަރީ އެއްވެސް ބޭނުމެއް ނެތި، ގަސްތުގައި އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނުގެ މިސައިލް ހަމަލާތަކުން އިސްރާއީލުގެ ރައްޔިތުން ދިރިއުޅުމަށް ބޮޑެތި މުސީބާތްތައް ކުރިމަތި ވަނީ

އިރާނުގެ މިސައިލް ހަމަލާތަކުން އިސްރާއީލުގެ ރައްޔިތުން ދިރިއުޅުމަށް ބޮޑެތި މުސީބާތްތައް ކުރިމަތި ވަނީ

18 ޖޫން 2025
ދޯނި ހޯދުމުގައި ޑްރޯންގެ ދައުރެއް ނެތް، ރައްޔިތުންގެ ފައިސާ ހަރަދުކުރީ އައުޓްޑޭޓެޑް ޕްރޮޑަކްޓަކަށް

ދޯނި ހޯދުމުގައި ޑްރޯންގެ ދައުރެއް ނެތް، ރައްޔިތުންގެ ފައިސާ ހަރަދުކުރީ އައުޓްޑޭޓެޑް ޕްރޮޑަކްޓަކަށް

21 މެއި 2024
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟

މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟

17 މެއި 2024
އިސްރާއީލަށް ދިން ވައިގެ ހަމަލާގައި ހައިޕަސޮނިކް މިސައިލް ބޭނުންކުރިން: އީރާން

އިސްރާއީލަށް ދިން ވައިގެ ހަމަލާގައި ހައިޕަސޮނިކް މިސައިލް ބޭނުންކުރިން: އީރާން

17 އެޕްރީލު 2024
އީރާނުގެ މިސައިލްތައް ވައްޓާލުމަށް އިސްރާއީލަށް އެހީތެރިވީ އަރަބި ކޮން ގައުމުތަކެއް؟

އީރާނުގެ މިސައިލްތައް ވައްޓާލުމަށް އިސްރާއީލަށް އެހީތެރިވީ އަރަބި ކޮން ގައުމުތަކެއް؟

16 އެޕްރީލު 2024

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު