Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ސަރަހައްދުގެ މޮބައިލް ކަވަރޭޖް

ހިޔާ ސަރަހައްދުގެ މޮބައިލް ކަވަރޭޖް ރަނގަޅުކުރުމަށް ޓަވަރުތަކެއް ޖަހަނީ

30 ޑިސެމްބަރު 2022 | ހުކުރު 04:38

ޓަވަރ 2 އަދި 3ގެ އިމާރާތުގެ މަތީގައި ސެލިއުލަރ ރޫފްޓޮޕް ޓަވަރުތަކެއް އިންސްޓޯލްކޮށް އޮޕަރޭޓް ކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 ޑިސެމްބަރު 2022 | ހުކުރު 04:38
އެޗްޑިސީއާއި ދިރާގާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ

އެޗްޑިސީއާއި ދިރާގާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ

ހިޔާ ސަރަހައްދުގެ މޮބައިލް ކަވަރޭޖް ރަނގަޅުކުރުމަށް ޓަވަރުތަކެއް ޖަހަން ދިރާގާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓުގެ ޓަވަރު 2 އަދި 3ގެ އިމާރާތުގެ މަތީގައި ސެލިއުލަރ ރޫފްޓޮޕް ޓަވަރުތަކެއް އިންސްޓޯލްކޮށް އޮޕަރޭޓް ކުރާނެއެވެ. މި ޓަވަރުތަކުގެ ސަބަބުން ހިޔާ ސަރަހައްދުގެ މޮބައިލް ކަވަރޭޖް މިހާރަށްވުރެ އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި ހުރި ހުރިހާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން އެޗްޑީސީން ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އެގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފު ހިޔާގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާ އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަން ބަލާފައިވާ ކަމަށާއި އެ ކޯޕަރޭޝަންގެ އަމާޒަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ އެދޭގޮތަށް ކަންކަން ނިންމާ ކުރިޔަށް ގެންދިއުން ކަމަށްވެސް ބުންޏެވެ.

ހިޔާ ފުލެޓު ސަރަހައްދާއި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިނޫންވެސް ސަރަހައްދުތަކުގައި މޮބައިލް ކަވަރޭޖް ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ކަންކަން އެޗްޑީސީން ދަނީ ކުރަމުންނެވެ. އަދި ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިންވެސް އެޗްޑީސީން ވަނީ ހިޔާ ސަރަހައްދުގައި މުއާސަލާތީ ހިދުމަތްދޭ ހުރިހާ ފަރާތަކަށް ބޭނުން ކުރެވޭގޮތަށް ހަތަރު މުއާސަލާތީ ޓަވަރު ގާއިމުކޮށްފައެވެ. މި ޓަވަރުތައް މެދުވެރިކޮށް ދިރާގު އަދި އުރީދޫގެ މޮބައިލް ކަވަރޭޖް ހިދުމަތް މިހާރުވެސް އެ ސަރަހައްދުގައި ދަނީ ފޯރުކޮށްދެމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމުގެ އެންމެހާ ކަންކަމަކީ އެޗްޑީސީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެކެވެ. އެގޮތުން، މި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް ވަނީ ރަސްމީކޮށް އެ ކުންފުންޏަށް ދީފައެވެ. އަދި ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ފުޅާކޮށް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކާއެކު އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

އެޗްޑިސީން ބުނީ ހުޅުމާލެއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ސިޓީ އަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ މުއާސަލާތީ ކަންކަން ހަރުދަނާ ކުރުމަކީ ކުންފުނީގެ އެއް އަމާޒު ކަމަށް ވެސް ބުންޏެވެ.

މުއާސަލާތީ ޓަވަރުތަކުގެ އިތުރުންވެސް ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ މައިގަނޑު އެއް އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓުވޯކެއް އެޗްޑީސީން ވަނީ ހުޅުމާލޭގައި ގާއިމުކޮށްވައެވެ. އަދި، ހިޔާ ފްލެޓުތައް، ސްޓެލްކޯ، އެމްއޭސީއެލް އަދި އެނޫންވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް މި ވިއުގަ މެދުވެރިކޮށް، ދިރާގާއި އުރީދޫއާއި، މީޑިއާނެޓު އަދި އާރުއޯއެލްގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 މެއި 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ
07 މެއި 2017

ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

07 މެއި 2017
ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި
30 އެޕްރީލު 2017

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް