Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޕޮލެންޑް

ރަޝިއާއިން ތެލުގެ އެކްސްޕޯޓަށް އިއުލާންކުރި ބޭނަށް ޕޮލެންޑުން އޮތީ ތައްޔާރަށްކަމަށް ބުނެފި

ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނުފަހުން ޕޮލެންޑުން ވަނީ ރަޝިއާއިން ކަނޑުމަގުން އެކްސްޕޯޓްކުރާ ސާފުނުކުރާ ތެޔޮ ގަތުން އެއްކޮށް ހުއްޓާލާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 ޑިސެމްބަރު 2022 | ބުރާސްފަތި 16:33
ރަޝިއާއިން ތެލުގެ އެކްސްޕޯޓަށް އިއުލާންކުރި ބޭނަށް ޕޮލެންޑުން އޮތީ ތައްޔާރަށް

ރަޝިއާއިން ތެލުގެ އެކްސްޕޯޓަށް އިއުލާންކުރި ބޭނަށް ޕޮލެންޑުން އޮތީ ތައްޔާރަށް

ތެލުގެ އަގު ކޮންޓްރޯލުކުރާ ގައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރުން ހުއްޓާލާނެކަމަށް ރަޝިއާއިން ނިންމުމާއެކު, އެކަމަށް ޕޮލެންޑުން ތައްޔާރުވެފައިވާކަމަށް އެގައުމުގެ ކްލައިމެޓް މިނިސްޓަރު އެނާ މޮސްކްވާ ވިދާޅުވެެއްޖެއެވެ.

ޕޮލެންޑްގެ މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ޕޮލެންޑްގެ މިނިސްޓަރު ވިދާޅުވީ އެގައުމުން ވަނީ ރަޝިއާއިން ކްރޫޑް އޮއިލް އެކްސްޕޯޓްކުރުން މަދުކޮށް، ސައުދީ އަރަބިއްޔާއާއި، ތެޔޮ އެކްސްޕޯޓްކުރާ އެހެނިހެން ގައުމުތަކުން ތެލުގެ ސަޕްލައި ކަށަވަރުކޮށްފައިވާކަމަށެވެ.

އެގޮތުން ޕޮލެންޑުން ދަނީ އެގައުމުން ރަޝިއާއިން ގަންނަ ތެލުގެ ސަޕްލައި މަދުކުރަމުންނެވެ. އަދި ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނުފަހުން ޕޮލެންޑުން ވަނީ ރަޝިއާއިން ކަނޑުމަގުން އެކްސްޕޯޓްކުރާ ސާފުނުކުރާ ތެޔޮ ގަތުން އެއްކޮށް ހުއްޓާލާފައެވެ.

ޑިސެމްބަރު މަހު، ޖީ7ގެ ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަން، ޕޮލެންޑް އަދި އޮސްޓްރޭލިއާއިން ވަނީ ރަޝިއާއިން ކަނޑުމަގުން އެކްސްޕޯޓްކުރާ ސާފުނުކުރާ ތެޔޮ ފީފާއެއް ގަންނާނެ އެންމެ ބޮޑު އަގަކީ 60 ޑޮލަރު ކަމަށް ކަނޑައަޅައި، އެއަށް އަމަލުކުރަން ފަށައިފައެވެ.

ހުޅަނގުގެ މި ނިންމުމާއެކު ޑިސެމްބަރު 27 ވަނަ ދުވަހު ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވަނީ، ހުޅަނގުން ކަނޑައަޅާފައިވާ ތެޔޮ ވިއްކޭ އެންމެ މަތީ އަގު ކަނޑައަޅާފައިވާ ނިންމުން ތަންފީޒުކުރާ ގައުމުތަކަށް، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް، ސާފު ނުކުރާ ތެލާއި ތެލުގެ އެހެނިހެން އުފެއްދުންތައް ވިއްކުން، ރަޝިއާއިން މަނާކުރާކަމަށް ކަނޑައަޅައި ގަރާރެއްގައި ސޮއިކޮށްފައެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ތަންފީޒުކުރާ މިގަރާރަށް ބަދަލު ގެނައުމުގެ ބާރު ޕުޓިންއަށް ލިބިވަޑައިގެންވެއެވެ.

"ސާފުނުކުރާ ތެޔޮ އެކްސްޕޯޓްކުރުން މަނާކުރުން" ތަންފީޒު ކުރަން ފަށާ ތާރީހަކީ ފެބުރުއަރީ 1، 2023 ކަމުގައި ވީނަމަވެސް، ތެލުގެ އެހެނިހެން އުފެއްދުންތަކުގެ އެކްސްޕޯޓް މަނާކުރާ ތާރީހު ކަނޑައަޅާނީ ރަޝިއާގެ ސަރުކާރުން ކަމަށާއި، އެއީ ފެބުރުއަރީ 1 ވަނަ ދުވަހުގެ ފަހުގެ ތާރީހަކަށްވުން އެކަށީގެންވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2018

ސައުދީގެ ތެލުގެ އެކްސްޕޯޓް ދަށްކުރަނީ

12 ނޮވެމްބަރު 2018
ސައުދީގެ ތެލުގެ އެކްސްޕޯޓް ދަށްކުރަނީ
22 އޯގަސްޓު 2018

ރަޝިއާއިން އެސް-400 ގެ މިސައިލް އަންނަ އަހަރު ތުރުކީއަށް ފޮނުވައިދޭނެ

22 އޯގަސްޓު 2018
ރަޝިއާއިން އެސް-400 ގެ މިސައިލް އަންނަ އަހަރު ތުރުކީއަށް ފޮނުވައިދޭނެ
09 އޯގަސްޓު 2018

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް ތެލުގެ އެކްސްޕޯޓް ހުއްޓާނުލާނެކަމަށް ރޫހާނީ ވިދާޅުވެއްޖެ

09 އޯގަސްޓު 2018
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް ތެލުގެ އެކްސްޕޯޓް ހުއްޓާނުލާނެކަމަށް ރޫހާނީ ވިދާޅުވެއްޖެ
11 އެޕްރީލު 2018

ދޫމާގެ ކެމިކަލް ހަމަލާ: ރަޝިއާއިން އެމެރިކާއަށް އިންޒާރު ދީފި

11 އެޕްރީލު 2018
ދޫމާގެ ކެމިކަލް ހަމަލާ: ރަޝިއާއިން އެމެރިކާއަށް އިންޒާރު ދީފި
24 ޖެނުއަރީ 2018

ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން

24 ޖެނުއަރީ 2018
ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން
06 ނޮވެމްބަރު 2017

ލަންކާގެ ތެލުގެ ތާށިކަމަށް އަދިވެސް ހައްލެއް ނެތް

06 ނޮވެމްބަރު 2017
ލަންކާގެ ތެލުގެ ތާށިކަމަށް އަދިވެސް ހައްލެއް ނެތް
04 ނޮވެމްބަރު 2017

ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ

04 ނޮވެމްބަރު 2017
ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ
04 އޮކްޓޯބަރު 2017

އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި

04 އޮކްޓޯބަރު 2017
އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު