Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާލްޑޭގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

ބާސެލޯނާ އިން ބާލްޑޭ އަށް އިތުރު ފަސް އަަހަރުގެ އެއްބަސްވުމެއް ހުށަހަޅާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2022 | ބުރާސްފަތި 02:31
ބާސެލޯނާ އަށް ކުޅެމުން އަންނަ ބާލްޑޭ

ބާސެލޯނާ އަށް ކުޅެމުން އަންނަ ބާލްޑޭ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު އަލެހަންދްރޯ ބާލްޑޭގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ ބާސެލޯނާގެ ސީނިއާ ޓީމާ ގުޅުނީ 2021 ވަނަ އަހަރު އެވެ. ބާސެލޯނާގައި ބާލްޑޭ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކިއިރު، އޭނާ އަށް ސްޕެއިންގެ ޤައުމީ ޓީމުން ޖާގަ ލިބުނީ ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައި ވަނިކޮށެވެ. އެއީ ސްޕެއިންގެ ހޯސޭ ގާޔާ އަށް އަނިޔާވެ ނުކުޅެވޭތީ، އޭނާގެ ބަދަލުގަ އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވެ ވަނީ ބާލްޑޭ އަށް ގިނަ މެޗުތަކެއްގައި ކުޅުމުގެ ފުރުސަތު ވެސް ދީފަ އެވެ. ޒަވީ ބުނާ ގޮތުގައި ބާލްޑޭ އަކީ އެއް ފެންވަރެއްގައި ކުޅެވޭ، ބުންވަރު ހުރި، ހުނަރުވެރި ކުޅުންތެރިޔެކެވެ. ގިނަ މެޗުތަކެއްގައި އޭނާ ބާލްޑޭ އަށް ފުރުސަތު ދެނީ އެހެންވެ އެވެ.

ބާސެލޯނާއާއެކު ބާލްޑޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު އެވެ. އައު އެއްބަސްވުމެއްގެ ވާހަކަ ދައްކަމުން ބާލްޑޭ ބުނީ އޭނާގެ އެޖެންޓު މިހާރު އަންނަނީ އެ މަޝްވަރާތައް ކުރަމުން ކަމަށެވެ. އަދި އޭނާ އަބަދުވެސް ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް މުސްތަޤުބަލުގައި ކަންތައް ހިނގާނެ ގޮތެއް ބުނެދޭން ނޭންގޭނެ ކަމަށެވެ.

ސްޕެއިންގެ މީޑިއާ ރިިޕޯޓުތައް ބުނާ ގޮތުގައި ބާލްޑޭގެ އެޖެންޓާއި ކުރެވެމުން އަންނަ މަޝްވަރާގެ ތެރެއިން ބާސެލޯނާ އަށް ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. އެއީ ބާލްޑޭގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، އޭނާ ކުލަބުގައި ބަހައްޓާށެވެ. އެގޮތުން ބާސެލޯނާ އިން ބާލްޑޭ އަށް އިތުރު ފަސް އަަހަރުގެ އެއްބަސްވުމެއް ހުށަހަޅާނެ ކަމަށް ވެއެވެ. މީގެ އިތުރުން ބާލްޑޭގެ ރިލީސް ކްލޯސް ފީއާ މެދު ވެސް އެއްބަސްވުމަކަށް އާދެވިފައިވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު