Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ދިގު މުއްދަތަކަށް މުސިއާލާ މަޑުކުރުވަން ބަޔާނުން މަސައްކަތް ކުރަނީ

ބަޔާނާއެކު މުސިއާލާ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2022 | ބުރާސްފަތި 02:27
ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ މުސިއާލާ

ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ މުސިއާލާ

ބަޔާނަަށް ކުޅެމުން އަންނަ ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު ޖަމާލް މުސިއާލާގެ އެއްބަސްވުން ދިގު މުއްދަތަކަށް އައު ކުރުމަށް އެ ކުލަބުން ތައްޔާރުވެއްޖެ އެވެ.

އުމުރުން 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ 2020 ވަނަ އަހަރު ބަޔާނުންނެވެ. މުސިއާލާ އަށް ބަޔާންގެ އެއް ވަނަ ޓީމުން ޖާގަ ލިބުނީ ވެސް އެ އަހަރު އެވެ. އެއީ އޭނާ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުންނެވެ. އަދި ބަޔާންގެ ސީނިއާ ޓީމަށް ބަދަލުވުމަށް ފަހު ވެސް މުސިއާލާ އަންނަނީ މޮޅަށް ކުޅެމުންނެވެ. ކުލަބުގައި މުސިއާލާ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން 2021 ވަނަ އަހަރު އޭނާ އަށް ވަނީ ޖަރުމަނުގެ ޤައުމީ ޓީމުން ވެސް ޖާގަ ލިބިފަ އެވެ.

މިހާރު ކުރިއަށްދާ ސީޒަންގައި ވެސްް މުސިއާލާ އަންނަނީ ޖަރުމަނު ލީގުގައި މޮޅަށް ކުޅެމުންނެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި މިހާތަނަށް ބަޔާނަށް ކުޅެދިން 22 މެޗުގައި އޭނާ ވަނީ 12 ލަނޑު ޖަހާފަ އެވެ. ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން އެންމެ އިސްކަންދޭ ކުޅުންތެރިންގެ ތެރޭގައި ވެސް މުސިއާލާ ހިމެނެ އެވެ. ބަޔާނާއެކު މުސިއާލާ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ. ނަމަވެސް އަންނަ އަހަރު ބަޔާނުން މުސިއާލާ އަށް އައު އެއްބަސްވުމެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ބަޔާނުން ބޭނުންވަނީ މުސިއާލާ ދިގު މުއްދަތަކަށް އެ ކުލަބުގައި މަޑުކުރަން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސަބަބަކީ މުސިއާލާއަކީ ބަޔާންގެ މުސްތަޤުބަލުގައި މޮޅު ކުޅުންތެރިޔަކަށްވާނެ ކަމަށް ކުލަބުގެ ކޯޗާއި އިސްވެރިން ދެކޭތީ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ވީހާ ވެސް އަވަހަކަށް އައު އެއްބަސްވުމެއް އެކުލަވާލައި، މުސިއާލާއާއެކު ސޮއިކުރުމަށް ބަޔާނުންވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މުސިއާލާގެ އިތުރުން ބަޔާނަށް ކުޅެމުން އަންނަ ލޫކަސް ހެނާންޑޭޒް އާއި އަލްފޮންސޯ ޑޭވިސްގެ އެއްބަސްވުން އައު ކުރަން އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

ޗެލްސީގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން ބޭނުން: ކޮންޓޭ

20 އޯގަސްޓު 2017
ޗެލްސީގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން ބޭނުން: ކޮންޓޭ
29 ޖުލައި 2017

ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ

29 ޖުލައި 2017
ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
31 މެއި 2017

ދިގު އިންތިޒާރަކަށްފަހު ރާޅާއެޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް

31 މެއި 2017
ދިގު އިންތިޒާރަކަށްފަހު ރާޅާއެޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް
09 އެޕްރީލު 2017

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

09 އެޕްރީލު 2017
ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު