Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު

ރިޔާސީ އިންތިހާބަށް މައި މަރުކަޒު ގާއިމް ކުރަން އަޑުގެ އިމާރާތުން ބައެއް ހަމަޖައްސަނީ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ އަޑު އިމާރާތުގެ ބައެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2022 | ބުދަ 11:22
ވޯޓުލާ މަރުކަޒެއްގައި މީހަކު ވޯޓުލަނީ

ވޯޓުލާ މަރުކަޒެއްގައި މީހަކު ވޯޓުލަނީ

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖެއްސުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް މަސައްކަތް ކުރުމަށް ބޭނުންވާ މައި މަރުކަޒު ގާއިމް ކުރުމަށް ތަނެއް ހަމަޖެއްސުމަށް ސަރުކާރުގައި އެދޭ ކަމަށެވެ. އަދި އެ އުސޫލުގެ މަތިން ސަރުކާރުގައި އެކަމަށް އެދުމުން، ދިވެހިރާއްޖޭގެ އަޑުން ބައެއް ހަމަޖައްސައިދޭނެކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޒަކަރިއްޔާ ވިދާޅުވީ އަޑު އިމާރާތުން ހަމަޖެހޭތަނުގެ އެއްބަސްވުމެއް އެކުލަވާލަމުން އަންނަ ކަމަށާއި، އެތަނަށް ދައްކާނެ ކުއްޔާއި އެހެނިހެން ކަންކަން އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން އެނގިގެންދާނެކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ މަޝްވަރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޒަކަރިއްޔާ ވިދާޅުވީ އަޑުގެ އިމާރާތުން ބައެއް ހަމަޖެހޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. އަންނަ މަހުގެ ތެރޭގައި އަޑުގެ ބައެއް ހަމަޖެހިގެންދާނެކަމަށް ބެލެވޭކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ދަރުބާރުގެއާއި، ބައު ޖަމާލުއްދީން ބޭނުންކޮށްފައިވެއެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ އަޑު އިމާރާތުގެ ބައެކެވެ.

އަޑު އިމާރާތުން ބައެއް ހަމެޖެހިގެން ދިއުމުން، އިންތިހާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ކޮމްޕްލަޔަންސް ބިއުރޯ ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އަދި އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތްތަކާއި ކޯޑިނޭޝަންގެ މަސައްކަތްތައްވެސް ކުރުމަށް ހަމަޖެހިފައިވަނީ އެތަނުގައެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެގޮތުން އިލެކްޝަންސް ކޮމިޝަނުން, ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއެކު ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. އީސީން ބުނީ އިލެކްޝަންސް ކޮމިޝަނުގެ ބައެއް މަސައްކަތްތަކާއި ގުޅިގެންނާއި، ރިޔާސީ އިންތިޚާބު 2023ގެ ސެކިއުރިޓީއާ ގުޅުންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއެކު ބައްދަލުވުމެއް ބޭއްވިކަމަށެވެ. އެކަމާގުޅިގެން ފުލުހުން ބުނީ، އިސްކަންދަރު ބިލްޑިންގގައި އަންގާރަ ދުވަހު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޒު އިސްމާއީލް ހަބީބު އަބްދުއްރަހީމްއާއި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި އިލެކްޝަން ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގަތްކަމަށެވެ.

މި ބައްދަލުވުމުމަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އިލެކްޝަން ކޮމިޝަނުން ފުލުހުންގެ ފަރާތުން ބޭނުންވާ ސެކިއުރިޓީ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެެއްވިއެވެ. އަދި ރިޔާސީ އިންތިޚާބުގެ އެކި ކަންކަމުގައި އިލެކްޝަން ކޮމިޝަނުން ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިކަމަށް ފުލުހުން ބުނެއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަގުތީ މުވައްޒަފުން ވެސް ހޯދާފައިވެއެވެ. ރިޔާސީ އިންތިޚާބާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް 11 މުވައްޒަފުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރާ ޤައުމުތަކުގައި އެކަނިއެވެ. ފޮރިން މިނިސްޓްރީ އާއި އެކު މަޝްވަރާކޮށްގެން ދިވެހިން ގިނައިން އުޅޭ ގައުމުތައް ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް އީސީން މީގެ ކުރިން ބުނެފައިވެއެވެ. ކުރިން ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ލަންކާ، ސިންގަޕޫރު އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް ވޯޓުފޮށި ބަހައްޓާނެއެވެ. ނަމަވެސް ވޯޓު ފޮށި ބަހައްޓާ ޤައުމުތަކުގެ ޖުމުލަ އަދަދު އެނގޭނީ ރެޖިސްޓްރޭޝަންގެ މަރުހަލާ ނިމުމުން ކަމަށް އީސީން ބުނެއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓީ 200 މީހުން ރެޖިސްޓްރީވުމުންނެވެ. ނަމަވެސް މަޖިލިސް އިންތިޚާބުގައި އެ އަދަދު 150 އަށް ވަނީ މަދުކޮށްފައެވެ. ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ގައުމުތަކުގެ ތެރެއިން، ރާއްޖޭގެ އެމްބަސީ ހުރި ހުރިހާ ގައުމެއްގައި ވެސް 150 މީހުން ރެޖިސްޓްރީ ވާނަމަ ވޯޓު ފޮށި ބަހައްޓާނެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަންނަ އަހަރު ރިޔާސީ އިންތިޚާބު ބޭއްވުމަށް، ބަޖެޓުގައި ހިމަނާފައި ވަނީ 90 މިލިއަން ރުފިޔާއެވެ. ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަޔާންކޮށްފައި ވަނީ، އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށެވެ. އެގޮތުން އިންތިޚާބުގައި މަސައްކަތްކުރާނެ އޮފިޝަލުންގެ ޓްރެއިނިންގ އަށް ވެސް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ކޮމިޝަނުން އަންދާޒާކުރެއެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރުމަށް ވެސް ބޮޑު ޚަރަދެއް ހިނގާނެ އެވެ.

އިންތިޚާބުގެ ބަޖެޓުގެ ގޮތުގައި 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައިފާގޮތުގައި އެ ބަޖެޓުން ބޭއްވޭނީ އިންތިޚާބުގެ އެންމެ ބުރެކެވެ. ދެވަނަ ބުރަކަށް ހިނގައްޖެނަމަ އިތުރު ފައިސާ ބޭނުންވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާނެ ކަމަށް އީސީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު