Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ހިޔާނަތް

ކޯޓުގެ ޙުކުމަށް "ޙަރާމް ޙުކުމް" ކިޔާނަމަ، ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބަލައި ފިޔަވަޅު އެޅޭނެ

ޔާމީނުގެ މައްޗަށް އިއްވި 11 އަހަރުގެ ޙުކުމާއެކު، "ހަރާމް ހުކުމް"ގެ ނަމުގައި މުޒާހަރާ ކުރުމަށް ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2022 | ބުދަ 09:28
ޕީޕީއެމް ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަޙައްދަށް އެއްވެފައި

ޕީޕީއެމް ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަޙައްދަށް އެއްވެފައި

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ ޙުކުމަކީ ޙަރާމް ޙުކުމެއްކަމަށް އިދިކޮޅު ސިޔާސީ ޕާޓީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލު ކުރުން ފަސްކުރުމަށް އެ ކޯޓަކުން، ނުވަތަ އެ މައްސަލައެއް އިސްތިއުނާފު ކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ ދައުލަތުގެ 3 ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކާއި ދައުލަތުގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން، ސަލާމަތީ ބާރުތަކާއި އެންމެހާ ރައްޔިތުންވެސް އެއަށް ތަބާވުން ލާޒިމު ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމާއެކު، "ހަރާމް ހުކުމް"ގެ ނަމުގައި އިދިކޮޅުން ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށް ވަނީ ނިންމާފައެވެ.

އަދި ރައީސް ޔާމީނުގެ ސިޔާސަތުތައް ފަތުރުއްވާ ޓީވީ ޗެނަލްތަކުންވެސް ގެންދަނީ "ހަރާމް ހުކުމުގެ" ނަމުގައި، ކަވަރޭޖްތައް ގެނެސްދެމުންނެވެ.

އެކަމާ ގުޅިގެން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ، ޝަރުޢީ ކޯޓުތަކުގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް އާންމު ތަންތަނުގައި ހިންގާ ހަރަކާތްތަކާއި، މީޑިއާތަކުގައި ގެނެސްދޭ މައުލޫމާތާއި ޝާއިޢުކުރާ ލިޔެކިޔުންތައް އެ ޑިޕާޓްމަންޓުން ކުށްވެރިކުރާ ކަމަށެވެ.

ޝަރުޢީ ކޯޓުތަކުގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް އެއްވެސް ފަރާތަކުން ހިންގާ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

އޭގެ އިތުރުން، ޝަރުޢީ ކޯޓުތަކުގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް މީޑިއާތަކުން މައުލޫމާތު ގެނެސްދޭނަމަ، އެ ޑިޕާޓްމަންޓްގެ ފަރާތުން އެފަދަ މައްސަލަތައް، މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ފަދަ ކަމާގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނާނެކަމަށްވެސް ޑީޖޭއޭއިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޑީޖޭއޭއިން އިތުރަށް ބުނީ، ފަނޑިޔާރުންނާއި ކޯޓުތަކަށް އަމާޒުކޮށްގެން އާންމު ތަންތަނުގައި ހިންގާ ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އަމަލުތައް ތަޙްޤީޤު ކޮށްދެއްވުން އެދި އެ ޑިޕާޓްމަންޓްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާނެ ކަމަށެވެ.

އަދި ފަނޑިޔާރުންނާއި ކޯޓުތަކަށް އަމާޒުކޮށްގެން ކޯޓުގެ ޙުރުމަށް ކެނޑޭފަދަ އަމަލުތައް ހިންގާނަމަ، 'ކޯޓުތަކުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދު' ގެ ދަށުން، އެކަންކަމަށް ވަގުތުން ފިޔަވަޅު އަޅާނެކަންވެސް ޑީޖޭއޭއިން ފާހަގަ ކުރެއެވެ.   

އެކަމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެއީ ކޯޓުން އެއްގޮތަކަށްވެސް ބަލައިގަންނަ އަދި ތަރުހީބުދޭ ކަމެއްވެސް ނޫން ކަމަށެވެ.

ކޯޓުތަކުގެ ހުކުމްތަކާމެދު ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފު ކުރުމުގެ ހައްގު މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.  

އަދި އެކަމުގައި އަމަލުކުރާނެ ގޮތަކާމެދު، ކޯޓުން މިހާރު މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.  

އެކަމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބް ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތައް ހިންގަންޖެހޭނީ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފުނުވާ ގޮތުގެ މަތިން ކަމަށެވެ. އެފަދަ މައްސަަލައެއް ކޮމިޝަނަށް ހުށައެޅިއްޖެނަމަ، އެކަމެއް ކޮމިޝަނުން ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ރ ފުއްގިރި ހިޔާނާތާއި ގުޅިގެން އުފުލާފައިވާ ދައުވާތަކާ ގުޅޭގޮތުންވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެ މޭރުމުން ވާހަކަ ދައްކަމުންނެވެ.

އެހެންނަމަވެސް، ހިނގަމުންދާ ޝަރީއަތަކާ ގުޅިގެން ކޯޓުގެ ޙުރުމަތް ކެނޑޭ ފަދަ ކަމެއް ކޮށްފިނަމަ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 170ވަނަ މާއްދާގެ (ހ) ގެ ދަށުން، 15 ދުވަހުގެ މުއްދަތަށް ޖަލަށް ލެވޭނެއެވެ.

ކޯޓުގެ ޙުރުމަތް ކެނޑުމާއި ގުޅޭ ކުށްތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަނީ 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުގެ އަމުރާ ޚިލާފެއް ނުވަން، އެފަދަ ކަމެއް ކުރާކަށް ވެސް ނުބުނަން: އަލީމް

ކޯޓުގެ އަމުރާ ޚިލާފެއް ނުވަން، އެފަދަ ކަމެއް ކުރާކަށް ވެސް ނުބުނަން: އަލީމް

09 އެޕްރީލު 2017
ކްރިމިނަކް ކޯޓުގެ އެއްވެސް ޝަރީޢަތަކަށް "މިހާރު" ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމައިފި

ކްރިމިނަކް ކޯޓުގެ އެއްވެސް ޝަރީޢަތަކަށް "މިހާރު" ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމައިފި

27 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު