Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާރިޖީ ސިޔާސަތު

ޚާރިޖީ ސިޔާސަތާއި ގުޅޭ މުހިއްމު މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަނީ

ސެޝަންތަކުގައި ބައިވެރިވުމުގެ ދައުވަތު ވަނީ، މިހާރު ސަރުކާރު ވުޒާރާތަކާއި، ގައުމީ ޔުނިވާރސިޓީ، އަށް ދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޑިސެމްބަރު 2022 | ބުދަ 09:06
ފޮސިމް ގައި މީގެ ކުރިން ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއްގެ ތެރެއިން

ފޮސިމް ގައި މީގެ ކުރިން ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއްގެ ތެރެއިން

ފޮރިން ސާރވިސް އިންސްޓިޓިއުޓް މެދުވެރިވެގެން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭ މުހިއްމު މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ޕްރޮގްރާމްތަކެއް 2023 ވަނަ އަހަރު ރޭވިގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަށް މިހާރު ޢަމަލު ކުރަން ފަށާފައިވާތީ، މިނިސްޓްރީގެ ދަށުން ހިންގަމުން އައި ފޮރިން ސަރވިސް އިންސްޓިޓިއުޓް (ފޮސިމް)ގެ އެންމެހާ މަސައްކަތްތައް ޤާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށްގެންދެވޭ އިންސްޓިޓިއުޓަކަށް މިހާރުމިވަނީ ބަދަލު ވެފައެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގައިވާ ގޮތުގެ މަތީން، ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ ޒިންމާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާގުޅޭ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި، ޢާންމުންނާއި، ކިޔަވާކުދިން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަކީ ފޮރިން ސާރވިސް އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. 

ފޮރިން މިނިސްޓްރީން ބުނީ އެ އިންސްޓިޓިއުޓް އިން ކުރިއަށް ގެންދާ ފޮސިމް އައުޓްރީޗް ޕްރޮގްރާމުގެ ދަށުން، ސަރުކާރު ވުޒާރާތަކާއި، ސްކޫލް، އަދި ޔުނިވާރސިޓީތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާއި ގުޅޭ ހާއްސަކަންތައްތަކާއި، މި ސިޔާސަތުގެދަށުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ތަފާތު އެކި މޮޑިއުލް ތަކަކަށް ބަހާލައިގެން ޕްރޮގްރާމްތަކެއް 2023 ވަނަ އަހަރުން ފެށިގެން ހިންގުމުގެ ތައްޔާރީތައް ފޮރިން ސާރވިސް އިންސްޓިޓިއުޓުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އަދި މި ސެޝަންތަކުގައި ބައިވެރިވުމުގެ ދައުވަތު ވަނީ، މިހާރު ސަރުކާރު ވުޒާރާތަކާއި، ގައުމީ ޔުނިވާރސިޓީ، އަށް ދީފައި ކަމަށާއި، އައުޓްރީޗް ޕްރޮގްރާމްގައި ހިންގޭ ސެޝަންތަކުގެ ތެރޭގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ބައިލެޓެރެލް މަލްޓިލެޓެރަލް ގުޅުންތަކާއި، ކޮމާރޝަލް ޑިޕްލޮމަސީ، ކޮންސިއުލަރ އަދި ޕްރޮޓޮކޯލްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު