Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތެޔޮ އެކްސްޕޯޓް ނުކުރުމަށް ޕުޓިން ނިންމުން

ފަޤީރު ޤައުމުތަކަށް ވަރުގަދަ އިންޒާރަކާއެކު، ވަކި ޤައުމުތަކަށް ތެޔޮ އެކްސްޕޯޓް ނުކުރުމަށް ޕުޓިން އަމުރުކުރައްވައިފި

ތެލުގެ އެހެނިހެން އުފެއްދުންތަކުގެ އެކްސްޕޯޓް މަނާ ކުރާ ތާރީޚު ކަނޑައަޅާނީ ރަޝިއާގެ ސަރުކާރުން ފަހުގެ ތާރީޚެއްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 ޑިސެމްބަރު 2022 | ބުރާސްފަތި 06:33
ތެޔޮ ވިއްކޭ އެންމެ މަތީ އަގު ކަނޑައަޅާފައިވާ ނިންމުން ތަންފީޒު ކުރާ ޤައުމުތަކަށް، ފެބުރުއަރީ 1، 2023 އިން ފަށައިގެން 5 މަސް ދުވަހުގެ މުއްދަތަށް ތެލުގެ އުފެއްދުންތައް ވިއްކުން، ރަޝިއާއިން މަނާ ކުރާނެ

ތެޔޮ ވިއްކޭ އެންމެ މަތީ އަގު ކަނޑައަޅާފައިވާ ނިންމުން ތަންފީޒު ކުރާ ޤައުމުތަކަށް، ފެބުރުއަރީ 1، 2023 އިން ފަށައިގެން 5 މަސް ދުވަހުގެ މުއްދަތަށް ތެލުގެ އުފެއްދުންތައް ވިއްކުން، ރަޝިއާއިން މަނާ ކުރާނެ

ތެޔޮ ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާ، ހުޅަނގުން ނިންމި ނިންމުމަށް، ރަޝިއާއިން ދޭނެ ރައްދެއްގެ އިންތިޒާރުގައި ގިނަ ދުވަސްތަކަކަށް ދުނިޔެ ބޭއްވުމަށް ފަހު، ހައިރާން ކުރަނިވި ޤަރާރެއްގައި، ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން ސޮއި ކުރައްވައިފިއެވެ.

ޑިސެމްބަރު 27 ވަނަ ދުވަހު ޕޫޓިން ސޮއި ކުރެއްވި ޤަރާރުގައި ބުނެފައި ވަނީ، ހުޅަނގުން ކަނޑައަޅާފައިވާ ތެޔޮ ވިއްކޭ އެންމެ މަތީ އަގު ކަނޑައަޅާފައިވާ ނިންމުން ތަންފީޒު ކުރާ ޤައުމުތަކަށް، ފެބުރުއަރީ 1، 2023 އިން ފަށައިގެން 5 މަސް ދުވަހުގެ މުއްދަތަށް، ސާފު ނުކުރާ ތެލާއި ތެލުގެ އެހެނިހެން އުފެއްދުންތައް ވިއްކުން، ރަޝިއާއިން މަނާ ކުރާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ 7 ޤައުމާއި، ވިލާތުގެ އިއްތިޙާދާއި އޮސްޓްރޭލިއާއިން ވަނީ ރަޝިއާއިން ކަނޑުމަގުން ސަޕްލައި ކުރާ ސާފު ނުކުރާ ތެލުގެ ސަޕްލައިއިން ފީފާއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 60 ޑޮލަރު ކަމަށް ކަނޑައަޅާފައެވެ. ޑިސެމްބަރު 5 ވަނަ ދުވަހުން ފަށައިގެން އެ އުސޫލަށް އަމަލު ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ. އެ ނިންމުން ނިންމާފައި ވަނީ ރަޝިއާއިން ޔޫކްރައިންގައި ހިންގަމުންދާ "އަސްކަރީ ހާއްސަ އޮޕަރޭޝަން" ގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅަނގުގެ ޤައުމުތަކުގެ ނިންމުމަށް ރައްދު ދެމުން ރަޝިއާއިން އާންމު ކުރި ޤަރާރުގައި ބުނެފައި ވަނީ، ރަޝިއާގެ ނިންމުމަކީ އެމެރިކާއާއި އެމެރިކާއާއި ބައިވެރިވާ ބޭރުގެ ދަޢުލަތްތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ ބީރައްޓެހި އަދި ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު އަމަލުތަކަށް ރަޝިއާއިން ދޭ ސީދާ ރައްދެއް ކަމަށެވެ.

ޖުލައި 1، 2023ގެ ނިޔަލަށް ތަންފީޒު ކުރާ ޤަރާރަށް، ޕޫޓިންއަށް ފެނިވަޑައިގެންފި ހާލަތްތަކުގައި ބަދަލު ގެނެވިދާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

ސާފު ނުކުރާ ތެޔޮ އެކްސްޕޯޓް ކުރުން މަނާ ކުރުން ތަންފީޒު ކުރަން ފަށާ ތާރީޚަކީ ފެބުރުއަރީ 1، 2023 ކަމުގައި ވީ ނަމަވެސް، ތެލުގެ އެހެނިހެން އުފެއްދުންތަކުގެ އެކްސްޕޯޓް މަނާ ކުރާ ތާރީޚު ކަނޑައަޅާނީ ރަޝިއާގެ ސަރުކާރުން ކަމަށާ، ފަހަރެއްގައި އެއީ ފެބުރުއަރީ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚަކަށް ވެދާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އަދުގެ ރަޝިއާ ނުވަތަ ކުރީގެ ސޯވިއެޓް ޔޫނިއަންއާއި އެމެރިކާއާ ދެމެދު ކުރި ވަރުގަދަ ފިނި ހަނގުރާމައިގެ ދުވަސްވަރުވެސް، ތެޔޮ ވިއްކޭ އެންމެ މަތީ އަގު ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހުޅަނގުން މިފަދަ ފިޔަވަޅެއް އަޅާފައި ވަނީ، ރަޝިއާގެ މާލިއްޔަތު ހިންދާލުމުގެ ނިޔަތުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ރަޝިއާގެ މާލީ ވަޒީރު އެންޓޯން ސިލުއަނޯފް، އަންގާރަ ދުވަހު ވިދާޅުވީ، ރަޝިއާގެ ބަޖެޓް ދަރަނި، 2023 ވަނަ އަހަރު އުޅޭނީ ކުރިން ލަފާކޮށްފައި އޮތް ޖީޑީޕީ (ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް)ގެ 2 ޕަސެންޓަށް ވުރެ މަތީގައި ކަމަށެވެ. އެންމެ ބޮޑު އެއް ސަބަބަކީ، ޔޫކްރައިންގައި ހިންގަމުންދާ އަސްރަކީ "ކެމްޕޭނަށް" ދަޢުލަތުގެ މާލިއްޔާތުން ބޮޑު ހޭދައެއް ކުރަމުން ދަނިކޮށް، ރަޝިއާއިން އެކްސްޕޯޓް ކުރާ ތެޔޮ ވިއްކޭ އެންމެ މަތީ އަގު ކަނޑައަޅާފައި އޮތުމެވެ.

ކަން މިހެން އޮތް ނަމަވެސް، ރަޝިއާއަށް މިހާރު އާމްދަނީ ލިބެމުން ދާ ގޮތަށް ބަލާއިރު، ތެޔޮ ވިއްކޭ އެންމެ މަތީ އަގު ކަނޑައެޅުމުގެ ސަބަބުން، ރަޝިއާގެ އާމްދަނީއަށް މި ހިނދުން މި ހިނދަށް، ނޭދެވޭ މާ ބޮޑު އަސަރެއް ނުފޯރާނެ ކަމަށް މުރާސިލުން ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
10 މެއި 2017

އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި

10 މެއި 2017
އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
30 އެޕްރީލު 2017

ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ

30 އެޕްރީލު 2017
ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު