Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އަންނަ ހަފްތާގައި ޕީއެސްޖީގެ ފަރިތަކުރުންތަކާ މެސީ ގުޅޭނެ

ގަލްޓިއޭ ބުނީ އޭނާ އާއި މުޅި ޓީމުން ވެސް ބޭނުންވަނީ މެސީ އޭނާގެ އެންމެ ރަނގަޅު ފޯމުގައި ކުޅެން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޑިސެމްބަރު 2022 | ބުދަ 02:29
މެސީ

މެސީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ފަރިތަކުރުންތަކަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފި އެވެ.

ގަލްޓިއޭ މިހެން ބުނީ ވޯލްޑް ކަޕަށްފަހު ފްރާންސް ލީގުގައި ޕީއެސްޖީން ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި މެސީ ނުފެންނާނެ އެވެ. މިވަގުތު މެސީ ހުރީ އޭނާގެ އާއިލާއާއެކު ޗުއްޓީގަ އެވެ. އެއީ ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތަށްފަހު ރެސްޓެއް ކުރުމަށެވެ. ގަލްޓިއޭ ބުނީ ޕީއެސްޖީން ވެސް ބޭނުންވަނީ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު މެސީ އަރާމު ކުރުމަށްފަހު، ޓީމާ ގުޅެން ކަމަށެވެ. އެގޮތުން ޖެނުއަރީ އެއް ވަނަ ދުވަހާ ހަމަ އަށް މެސީ ޓީމާ ދުރުގައި ހުންނާނެ ކަމަށެވެ. ގަލްޓިއޭ ބުނީ އޭނާ އާއި މުޅި ޓީމުން ވެސް ބޭނުންވަނީ މެސީ އޭނާގެ އެންމެ ރަނގަޅު ފޯމުގައި ކުޅެން ކަމަށާއި، ވޯލްޑް ކަޕަށްފަހު މެސީގެ ފަރާތުން އާދަޔާ ޚިލާފު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ވޯލްޑް ކަޕްގެ ފައިނަލަށްފަހު ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީގެ ފަރިތަކުރުންތަކާ ގުޅިފަ އެވެ. ގަލްޓިއޭ ބުނީ އެމްބާޕޭ ޓީމާ ގުޅުމަކީ ވެސް ބޮޑު އުފަލެއް ކަމަށާއި، ރެސްޓެއް ނަގަން އެމްބާޕޭ ބޭނުންނުވީ ކަމަށެވެ. އަދި ބްރޭކަކަށްފަހު ލީގު އަލުން ފަށާއިރު، ޕީއެސްޖީން ބޭނުންވަނީ ކުޅުންތެރިން އެ ކުޅުންތެރިންގެ އެންމެ ރަނގަޅު ފޯމުގައި ފެންނަން ކަމަށެވެ. އޭނާ ބުނީ ޓީމާ ގުޅި އެމްބާޕޭ ވެސް އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ކަމަށެވެ. އަދި ޕީއެސްޖީން މި ސީޒަނަށް ކަނޑައެޅި ޓާގެޓުތަކެއް އޮންނާނެ ކަމަށާއި، މަސައްކަތް ބައްޓަން ކުރަނީ އެކަންކަން ހާސިލުކުރުމަށް ކަމަށެވެ.

ފްރާންސް ލީގުގައި ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖާހައިރު ޕީއެސްޖީ ނުކުންނާނީ، ސްޓްރަސްބާގާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު