Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މ ކޮޅުފުށި

ކޮޅުފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ވަރަށް އަވަހަށް ޙައްލު ހޯދާނަން: ރައީސް

ހައުސިންގ މަޝްރޫޢު އެހެން ބަޔަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2022 | އަންގާރަ 09:33
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުށީގައި ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުށީގައި ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ

މ ކޮޅުފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ވަރަށް އަވަހަށް ޙައްލު ހޯދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުށީގައި ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައީސްކަމުގެ މަޤާމުގައި މިހާތަނަށް ހޭދަކުރެއްވި 1500ށް ވުރެ ގިނަ ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީ، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރެއްވި ދުވަހެއްކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ނުކުންނެވިއިރު އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޮތް އެންމެބޮޑު އެއްކަމަކީވެސް، ހަމަޖެހުމާއި ޞުލްޙަޔާއި އެއްބައިވަންތަކަން ގެއްލި، ބައިބައިވެފައި އޮތް އޮތުމަށް ޙައްލު ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ބޭނުންތަކަށްޓަކައި ވަކި ބަޔަކު ގަސްދުގައި ހަމަޖެހުން ނަގާލަމުން ގޮސްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު މި ސަރުކާރުން ފެށީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ޚިދުމަތް ޤާއިމުކޮށްދޭންކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ލަފާފުރުމުގެ މައްސަލަ ޙައްލުކުރުމަށް ބަނދަރުތައް ހަދަނީވެސް، މުޅި ރާއްޖެއަށް އަމާޒުކޮށްގެންކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އަތޮޅުތަކުގައި ދަތުރުފަތުރުގެ ޚިދުމަތް ފުރިހަމަކުރަމުން އަންނަނީވެސް މުޅި ރާއްޖޭގައި އެ ޚިދުމަތް ދޭން ކަމަށެވެ.

މ ކޮޅުފުއްޓާއި އެ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް، އެ ޚިދުމަތްތައް ފުރިހަމަކުރުމުގެ މަޝްރޫޢުތައް މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ ރަށަކީ ކުރީގައި އޮތް ކޮޅުފުށްޓަށް ބަދަލުކުރުމަށްޓަކައި އަދި އެއަށްވުރެ ރަނގަޅަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް އެ ރަށަށް ކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ ރަށުގައި ޤާއިމުކުރާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް، މިދިޔަ މަހު މެދުކަނޑާލަންް ޖެހުނީ، މަސައްކަތް ހަވާލުކުރި ފަރާތުން އެކަމުގައި ކުރިއަށް ނުދެވިގެން ކޮންޓްރެކްޓް ބާޠިލްކުރަން ޖެހުމުން ކަމަށެވެ.

އެހެން ނަމަވެސް، އެ މަޝްރޫޢު އެހެން ބަޔަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި  ލަސްތަކެއްނުވެ އެ މަސައްކަތް ފަށައި، އެ ރަށަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ވަރަށް އަވަހަށް ޙައްލެއް ގެނެސްދެއްވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަސާސީ ހުރިހާ ޚިދުމަތެއް، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު