Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެނާންޑޭޒްގެ ކުރިމަގު

ފެނާންޑޭޒްގެ ފޯކަސް ބެންފީކާ އަށް

ފެނާންޑޭޒް ބުނީ އޭނާގެ މުސްތަޤުބަލާމެދު ވަކި އެއްޗެއް ބުނަން ނޭންގޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޑިސެމްބަރު 2022 | ބުދަ 02:24
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ފެނާންޑޭޒް އުފާ ފާޅުކުރަނީ

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ފެނާންޑޭޒް އުފާ ފާޅުކުރަނީ

މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ ބެންފީކާ އަށް ކަމަށް އާޖެންޓީނާގެ ސެންޓަ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ބުނެފި އެވެ.

ފެނާންޑޭޒް މިހެން ބުނީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން އެކި މީޑިއާތަކުގައި ވާހަކަ ރިޕޯޓުކޮށްފައި ވަނިކޮށެވެ. ޑިސެމްބަރު މަހު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތް ދެކުނު އެމެރިކާގެ އާޖެންޓީނާ އިން ކާމިޔާބު ކުރުމުގައި ފެނާންޑޭޒްގެ ދައުރު ބޮޑެވެ. ޒުވާން ކުޅުންތެރިޔާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ވެސް ދައްކާފަ އެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. އެއާއެކު ފެނާންޑޭޒް ހޯދަން ބޭނުންވާ ކުލަބުތަށް އޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ފެނާންޑޭޒް ބުނީ އޭނާގެ މުސްތަޤުބަލާމެދު ވަކި އެއްޗެއް ބުނަން ނޭންގޭ ކަމަށެވެ. އަދި އިތުރު ކުލަބެއްގެ ހުށަހެޅުމެއް ވެސް އޭނާ އަށް އޮތް ކަމެއް ނޭންގޭ ކަމަށެވެ. ފެނާންޑޭޒް ބުނީ އެކަމުގެ ކަންކަން ބަލައި، އެކަމުގައި ކުރަން ޖެހޭ މަސައްކަތް ކުރާނީ އޭނާގެ އެޖެންޓް ކަމަށެވެ. މީގެ އިތުރުން ފެނާންޑޭޒް ބުނީ މިވަގުތު އެހެން ކަމަކަށް ވިސްނުން ދޫކޮށްލަން ބޭނުންނުވާ ކަމަށާއި، ފޯކަސް ހުރީ ބެންފީކާ އަށް ކަމަށެވެ. އަދި ހުކުރު ދުވަހު އޮތް މެޗުގައި މޮޅަށް ކުޅެ، ޓީމާއެކު މޮޅުވާން ވިސްނުން ހުރި ކަމަށެވެ.

އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ 2019 ވަނަ އަހަރު އާޖެންޓީނާގެ ރިވާ ޕްލޭޓުންނެވެ. އެއަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން ޑިފެންސާ އަށް އެއް އަހަރު ކުޅުމަށްފަހު، އޭނާ ބެންފީކާ އަށް ބަދަލުވީ މިއަހަރު އެވެ. ބެންފީކާ އަށް ބަދަލުވެ މިހާތަނަށް އެ ކުލަބަށް ކުޅެދިން 24 މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖާހަފަ އެވެ. އާޖެންޓީނާގެ ޤައުމީ ޓީމުން ފެނާންޑޭޒް އަށް ޖާގަ ލިބުނީ ވެސް މިއަހަރު އެވެ. ޤައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 10 މެޗު ކުޅެދީފަ އެވެ.

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2021

ބެންފީކާއާ އެއްވަރުވެ ބާސާއަށް ޕްރެޝަރު

24 ނޮވެމްބަރު 2021
ބެންފީކާއާ އެއްވަރުވެ ބާސާއަށް ޕްރެޝަރު
25 މާރިޗު 2021

ކޮސްޓާއާއެކު ބެންފީކާ އެއްބަސްވުމަކަށް؟

25 މާރިޗު 2021
ކޮސްޓާއާއެކު ބެންފީކާ އެއްބަސްވުމަކަށް؟
30 ޖެނުއަރީ 2021

ބެންފީކާ އާއި އާސެނަލުގެ މެޗު ނިއުޓްރަލް ދަނޑަކަށް ބަދަލުކުރަނީ

30 ޖެނުއަރީ 2021
ބެންފީކާ އާއި އާސެނަލުގެ މެޗު ނިއުޓްރަލް ދަނޑަކަށް ބަދަލުކުރަނީ
03 އޮކްޓޯބަރު 2020

ލޯނު އުސޫލުން ބެންފީކާގެ ވިނީޝިއަސް ޓޮޓެންހަމަށް

03 އޮކްޓޯބަރު 2020
ލޯނު އުސޫލުން ބެންފީކާގެ ވިނީޝިއަސް ޓޮޓެންހަމަށް
15 އޯގަސްޓު 2020

ޓޮޓެންހަމްގެ ޑިފެންޑަރު ވަޓޮންގަން ބެންފީކާއަށް

15 އޯގަސްޓު 2020
ޓޮޓެންހަމްގެ ޑިފެންޑަރު ވަޓޮންގަން ބެންފީކާއަށް
30 ޖެނުއަރީ 2020

ޔުނައިޓެޑުން ފެނާންޑޭޒްގެ ސޮއި ހޯދައިފި

30 ޖެނުއަރީ 2020
ޔުނައިޓެޑުން ފެނާންޑޭޒްގެ ސޮއި ހޯދައިފި
28 ނޮވެމްބަރު 2018

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބެންފީކާ ބަލިކޮށް ބަޔާން ގަދަ 16 އަށް

28 ނޮވެމްބަރު 2018
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބެންފީކާ ބަލިކޮށް ބަޔާން ގަދަ 16 އަށް
18 މާރިޗު 2018

ނޭމާ އާމެދު ނުވިސްނަން، ފޯކަސް ހުރީ ރެއާލްގެ ކުޅުންތެރިންނަށް: ޒިދާން

18 މާރިޗު 2018
ނޭމާ އާމެދު ނުވިސްނަން، ފޯކަސް ހުރީ ރެއާލްގެ ކުޅުންތެރިންނަށް: ޒިދާން
23 ނޮވެމްބަރު 2017

ބާސެލް އަތުން ޔުނައިޓެޑް ބަލިވެ، ސީއެސްކޭއޭ އިން ބެންފީކާގެ މައްޗަށް ކުރި ހޯދައިފި

23 ނޮވެމްބަރު 2017
ބާސެލް އަތުން ޔުނައިޓެޑް ބަލިވެ، ސީއެސްކޭއޭ އިން ބެންފީކާގެ މައްޗަށް ކުރި ހޯދައިފި
14 މެއި 2017

ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި

14 މެއި 2017
ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު