Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެކްސް މޮޑެލްގެ މަތިންދާބޯޓުތަކެއް ވެއްޓުން

150 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނު އީޓީ-302 ވެއްޓުނު ސަބަބު ހޯދައިފި

ބޯޓު ބޭނުން ކުރަމުންދާ ފަރާތްތަކަށްވެސް އެ މަޢުލޫމާތު ހިއްސާ ކޮށްފައި ނުވާއިރު، އެމްކާސްއާ ގުޅޭ ސިމިއުލޭޓަރ ތަމްރީނުތައްވެސް ފޯރުކޮށްދީފައި ނުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2022 | އަންގާރަ 07:18
އިތިއޮޕިއާގެ ސަރުކާރުން މިހާރު މި ވަނީ، އެ ހާދިޘާގެ ތަޙްޤީޤް ރިޕޯޓް އާންމު ކޮށްފައި

އިތިއޮޕިއާގެ ސަރުކާރުން މިހާރު މި ވަނީ، އެ ހާދިޘާގެ ތަޙްޤީޤް ރިޕޯޓް އާންމު ކޮށްފައި

މި ފަހުގެ ތާރީޚުގައި ވައިގެ އުދުހުންތަކުގެ ސިނާޢަތުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގައި ޝާމިލުވެފައި ވަނީ ބޮއިންގް 737-8 މެކްސް މޮޑެލްގެ މަތިންދާބޯޓުތަކެކެވެ. ބޮއިންގް 737-8 މެކްސް މޮޑެލްގެ ބޯޓުތަކުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ، ވައިގެ އުދުހުންތަކުގައި އެ މޮޑެލްގެ ބޯޓުތައް ބޭނުން ކުރުން މަޑުވެސްޖައްސާލިއެވެ. ކައިރިކައިރީގައި ހިނގި އެކްސިޑެންޓްތަކެއްގައި މައުސޫމު އެތައް ފުރާނައެއް މި ދުނިޔެއާއި އަލްވަދާޢު ކިއާ، އެތައް ބަޔަކު ހުވަފަތްވެ، އެތައް ދަރީންނެއް ޔަތީމުވިއެވެ.

އެފަދަ އެއް ހާދިޘާ ހިނގީ މަރޗް 10، 2019 ވަނަ ދުވަހުއެވެ. އެޑިސް އަބަބާގެ ބޯލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން އުދުއްސާލިތާ އެންމެ 6 މިނެޓް ތެރޭގައި އިތިއޮޕިއަން އެއަރލައިންސް ފްލައިޓް އީޓީ 302 ވެއްޓި، ބޮއިންގް 737-8 މެކްސް މޮޑެލްގެ އެ ބޯޓުން ދަތުރު ކުރި 157 މީހުންގެ ފުރާނަ ގެއްލުނެވެ. އިތިއޮޕިއާގެ ސަރުކާރުން މިހާރު މި ވަނީ، އެ ހާދިޘާގެ ތަޙްޤީޤް ރިޕޯޓް އާންމު ކޮށްފައެވެ.

އިތިއޮޕިއާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ލޮޖިސްޓިކްސްއިން އާންމު ކުރި ތަޙްޤީޤު ރިޕޯޓް ބުނާ ގޮތުގައި، ހާދިޘާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ، މަތިންދާބޯޓުގެ ސޭފްޓީ ފީޗަރ ފެއިލްވުމެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އިތިއޮޕިއާގެ މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ލޮޖިސްޓިކްސް، ޑަގްމަތިޓް މޯޖެސް ވިދާޅުވީ، ވެއްޓުނު މަތިންދާބޯޓުގެ ކުރޫގައި ހިމެނުނު ހުރިހާ މެންބަރުންނަކީވެސް، އިތިއޮޕިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ހާއްސަ ލައިސަންސް އޮންނަ، އަދި ކަމަށް ޤާބިލު މެންބަރުންތަކެއް ކަމަށާ، ބޯޓު އުދުއްސާލުމުގެ ކުރިން، އެ ބޯޓުގައި އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ.

ހާދިޘާ ތަޙްޤީޤު ކުރި ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަމްޑިޔޭ އަޔާލިއު ވިދާޅުވި ގޮތުގައި، ބޯޓުގައި މައްސަލައެއް އުޅޭ ކަމުގެ މައުލޫމާތު ބޮއިންގް ކުންފުނިން ދުވަހަކުވެސް އާންމު ކޮށްފައި ނުވާ ކަމަށާ، ބޯޓު ބޭނުން ކުރަމުންދާ ފަރާތްތަކަށްވެސް އެ މަޢުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެމްކާސްއާ ގުޅޭ ސިމިއުލޭޓަރ ތަމްރީނުތައްވެސް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

ބޮއިންގް 737 މެކްސް މޮޑެލްގެ މަތިންދާބޯޓުތަކެއް ވެއްޓިގެން މިފަހުގެ ތާރީހުގައި ހިނގި ނުރައްކާތެރި ހާދިސާތަކުގެ ފަހަތުގައި އޮތް އެއް ސަބަބަކީ، ފަންނީ ތަފްސީލުތައް ހިއްސާކުރުމަށް ބޮއިންގް ކުންފުނިން ފަސްޖެހޭ ފަސްޖެހުން ކަމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދިޔަ ތަޙްޤީޤަކުން، ސެޕްޓެމްބަރު 2020 ގައިވެސް އޮތީ ހާމަވެފައެވެ. ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔަ ހިތާމަވެރި ހާދިސާތައް ހިނގާފައިވަނީ ބޮއިންގް ކުންފުނީގައި އޮތް "މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތުގެ" ސަބަބުން ކަމަށާ، މީގެ އިތުރުން ރެގިއުލޭޓަރީ ނިޒާމުގެ އަސާސްގައިވެސް މައްސަލަތަކެއް ހުރި ކަމަށް އެ ތަހުގީގުތަކުން ތުހުމަތު ކުރެއެވެ.

އިންޑޮނޭޝިއާއާއި އިތިއޮޕިއާއަށް ބޮއިންގް މަރުކާގެ މަތިންދާބޯޓުތަކެއް ވެއްޓި، 346 މީހެއްގެ ފުރާނަ ގެއްލިދިޔަ ހިތާމަވެރި ހާދިސާތަކަށްފަހު، 2019 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ބޮއިންގް 737 މެކްސް މޮޑެލްގެ ބޯޓުތައް ވަނީ ގްރައުންޑް ކުރިއެވެ. ނަމަވެސް އެއީ މާޒީ ކަމުގައި ހަދާ، އެ މޮޑެލްގެ ބޯޓުތައް އަނެއްކާވެސް ވަނީ އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ފަށާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު