Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިތިއޮޕިއާގެ ހަމަނުޖެހުން

އިތިއޮޕިއާގެ ހަމަނުޖެހުންތައް ފާލުން ނެއްޓި ކޮންޓްރޯލް ގެއްލެނީ!

19 އޮކްޓޯބަރު 2022 | ބުދަ 07:38

އިތިއޮޕިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކުން އާންމުން ސަލާމަތްކޮށް، ބައިނަލްއަޤުވާމީ ޤާނޫނަށް އިޚްތިރާމް ކުރުމަށްވެސް އދއިން ވަނީ ގޮވާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 އޮކްޓޯބަރު 2022 | ބުދަ 07:38
އިތިއޮޕިއާގެ ހަމަނުޖެކެހުންތަކާއި އެ ހަމަނުޖެހުންތަކުން ލިބެމުންދާ ގެއްލުންތައް އޮތީ ކަންބޮޑުވާ ދަރަޖާގައި ކަން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓެރޭޒް ވަނީ، ފާހަގަ ކުރައްވާފައި

އިތިއޮޕިއާގެ ހަމަނުޖެކެހުންތަކާއި އެ ހަމަނުޖެހުންތަކުން ލިބެމުންދާ ގެއްލުންތައް އޮތީ ކަންބޮޑުވާ ދަރަޖާގައި ކަން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓެރޭޒް ވަނީ، ފާހަގަ ކުރައްވާފައި

އިތިއޮޕިއާގެ ޓިގްރޭ ސަރަހައްދުގައި ހިންގަމުންދާ ހަމަނުޖެހުންތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، މަޝްވަރާތަކަށް ހާޒިރުވުމަށް އދއިން ގޮވާލައިފިއެވެ.

އިތިއޮޕިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކުން އާންމުން ސަލާމަތްކޮށް، ބައިނަލްއަޤުވާމީ ޤާނޫނަށް އިޚްތިރާމް ކުރުމަށްވެސް އދއިން ވަނީ ގޮވާލާފައެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓެރޭޒް ވަނީ، އިތިއޮޕިއާގެ ހަމަނުޖކެހުންތަކާއި އެ ހަމަނުޖެހުންތަކުން ލިބެމުންދާ ގެއްލުންތައް އޮތީ ކަންބޮޑުވާ ދަރަޖާގައި ކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަމަށް އަސްކަރީ ހައްލެއް ނެތް ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

ގުޓެރޭޒް ވިދާޅުވީ އިތިއޮޕިއާގެ އާންމު ރައްޔިތުންގެ ކުރިމަތީގައި ނިއުޅެމުންދާ ނާމާންކަމާއި ބިރުވެރިކަމަށް ހޯދެން އޮތް ގޮތަކަށް ހައްލު ހޯޑުމަށް އެފްރިކަން ޔޫނިއަންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދއިން ތައްޔާރަށް އޮތް ކަމަށެވެ. މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި އެންމެ ބޮޑު އަގެއް އަދާ ކުރަމުން ދަނީ އާންމު ރައްޔިތުން ކަމަށާ، އެ ރައްޔިތުން އަގު އަދާ ކުރަމުން ދަނީ ވަކި މީހަކު ފަރަޤު ކުރުމެއް ނެތި ދެމުންދާ ހަމަލާތަކާއި، ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެން ކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އޮކްޓޯބަރު 16 ވަނަ ދުވަހު، އެފްރިކަން ޔޫނިއަންއިން ވަނީ އިތިއޮޕިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް، އެއްވެސް ޝަރުތަކާ ނުލާ، މިހާރުން މިހާރަށް ހުއްޓުމެއް ގެނައުމަށް ގޮވާލާ ބަޔާނެއް ޢާންމު ކޮށްފައެވެ. އަދި އިންސާނީ އެހީ ބޭނުން ވެފައިވާ ފަރާތްތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށްވެސް އެފްރިކަން ޔޫނިއަންއިން ވަނީ ގޮވާލާފައެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އިތިއޮޕިއާގެ ޓިގްރޭ ސަރަހައްދުގައި އުފެދިފައިވާ ކާރިސީ ހާލަތަށް އެކަށީގެންވާ ސަމާލުކަން ލިބެމުން ނުދިއުމުގެ ފަހަތުގައި އޮތީ ނަސްލީ ތަފާތު ކުރުން ކަމުގައި ވެދާނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓަރ ޖެނެރަލް އަދި އިތިއޮޕިއާ ސަރުކާރުގެ އިސް މަޤާމުތަކެއް މީގެ ކުރިން އަދާ ކުރައްވާފައި ވާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

އިތިއޮޕިއާގައި ހަނގުރާމައާއި ހަމަނުޖެހުންތައް ދިގުލާ ގޮސްފައި ވާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައެވެ. ހަނގުރާމަވެރިންނާއި ސަރުކާރަށް އެއްބާރުލުން ދޭ އަސްކަރިއްޔާއާއި ދެމެދު ވަރުގަދަ ހަމަލާތައް ބަދަލު ކުރަމުން ދާ އިރު، އެކި ގޮތް ގޮތުން ޝިކާރަ ވަމުން ދަނީ އާންމު ރައްޔިތުންނެވެ. އިތިއޮޕިއާގެ ޓިގްރޭ ސަރަހައްދު ބަނޑަށް ޖެހިފައި ވާ ކަމަށް އދއިންވެސް ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 މާރިޗު 2018

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް އެ ގައުމަށް ހައްލު ކުރެވޭނެ:ޗައިނާ

08 މާރިޗު 2018
ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް އެ ގައުމަށް ހައްލު ކުރެވޭނެ:ޗައިނާ
30 ނޮވެމްބަރު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތައް ހިންގާ ގޮތް ހާމަޥާ ލިޔެކިޔުންތަކެއް ފެނިއްޖެ

30 ނޮވެމްބަރު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތައް ހިންގާ ގޮތް ހާމަޥާ ލިޔެކިޔުންތަކެއް ފެނިއްޖެ
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
14 ޖޫން 2017

ފިލިޕީންސްގެ މަރާވީގެ ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި

14 ޖޫން 2017
ފިލިޕީންސްގެ މަރާވީގެ  ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި
22 މެއި 2017

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި
20 މެއި 2017

"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

20 މެއި 2017
"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
13 މާރިޗު 2017

އިތިއޮޕިއާގެ ގޮނޑެއްގެ ބިންގަނޑު ކަނޑައިގެން ގޮސް 48 މީހުން މަރުވެއްޖެ

13 މާރިޗު 2017
އިތިއޮޕިއާގެ ގޮނޑެއްގެ ބިންގަނޑު ކަނޑައިގެން ގޮސް 48 މީހުން މަރުވެއްޖެ
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް