Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަބޫރަޤްރަޤް ކޯރު

ވޯލްޑްކަޕްގައި ޤައުމީ ޓީމުން ދެއްކި ގަދަ ކުޅުމާއެކު މޮރޮކޯގެ ޒަމާންވީ އޮޑިވެރިންނަށް އުފާ ފާގަތިކަން

ފަތުރުވެރިންގެ އިތުރުން، ކޮންމެ ދުވަހަކުވެސް ޤަވައިދުން ބޯޓުގެ ޚިދުމަތް ހޯދާ، އިޚްލާޞްތެރި ކަސްޓަމަރުން އުޅޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2022 | އަންގާރަ 06:50
އުތުރު އެފްރިކާ ސަރަޙައްދަށް ނިސްބަތްވާ މޮރޮކޯ ނުވަތަ ޒަމާނުއްސުރެ ދިވެހިން ކިއާ އުޅޭ ގޮތުންނަމަ މަޣްރިބް ކަރައަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް

އުތުރު އެފްރިކާ ސަރަޙައްދަށް ނިސްބަތްވާ މޮރޮކޯ ނުވަތަ ޒަމާނުއްސުރެ ދިވެހިން ކިއާ އުޅޭ ގޮތުންނަމަ މަޣްރިބް ކަރައަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް

މަޣްރިބްކަރައިގެ ވެރިކަން ކުރާ ރިބާތުއާއި ސަލާ ސިޓީއާ ބައިވާނެހެން ދެމިގެންދާ އަބޫރަޤްރަޤް ކޯރުގެ އެއް އައްސޭރިފަށުން އަނެއް އައްސޭރިފަށަށް ފަސެންޖަރުން ނޫކުލައިގެ ލަކުޑި ބޯޓުފަހަރު ދުއްވަމުން ދާ މަންޒަރަކީ އެ ސަރަޙައްދުން އާންމުކޮށް ފެންނަ، ހިތްގައިމު މަންޒަރެކެވެ. އެކަން އެގޮތަށް ކުރަމުން ދާތާ އެތައް ޒަމާނެއް ވެފައިވާ ކަމެކެވެ.

އޮޑިވެރިން ބުނާ ގޮތުގައި މި ޘަޤާފަތް ދެމެހެއްޓުމަކީ އެމީހުންނަށް ލިބޭ ފަޚްރެކެވެ. އަބޫރަޤްރަޤް ކޯރުގެ އެއް ފަރާތުން އަނެއް ފަރާތަށް، ބޯޓުގައި ކުރާ ދަތުރަކީ، ޒަމާނީ ދަތުރުފަތުރުގެ ވަޞީލަތްތަކާއި ބުރިޖިތަކުގެ ލުއިފަސޭހަކަން ލިބުމުގެ ކުރިންވެސް ދަތުރުފަތުރުކޮށް އުޅުނު އުޅުނުމުގެ ހަނދާން އާ ކޮށްދޭ ދަތުރެއް ކަމަށް އޮޑިވެރިން ސިފަ ކުރެއެވެ.

އަބޫރަޤްރަޤް ކޯރުގެ އެއް ފަރާތުން އަނެއް ފަރާތަށް މީހުން އުފުލުމުގައި އުޅޭ އެކަކީ، ޢުމުރުން 53 އަހަރުގެ އޮޑިވެރިއެއް ކަމަށް ވާ މުޙައްމަދު އަލް-ޔަޛީނީއެވެ. އޭނާ އެކަމުގައި އުޅެނީ ކުޑަދުވަހުއްސުރެ ފެށިގެންނެވެ.

ނޫކުލައިގެ ލަކުޑި ބޯޓުފަހަރުގައި ކޯރު ހުރަސްކުރުމަށް އާންމު ގޮތެއްގައި ޑިމާންޑް ކުރަނީ ފަތުރުވެރިންނެވެ. އެއީ ކައިރީގައިވާ ޒަމާންވީ އާޘާރުތައް ބަލާލުމުގެ ދަތުރެއްގެ ބޭނުމުގައެވެ. ފަތުރުވެރިންގެ އިތުރުން، ކޮންމެ ދުވަހަކުވެސް ޤަވައިދުން ބޯޓުގެ ޚިދުމަތް ހޯދާ، އިޚްލާޞްތެރި ކަސްޓަމަރުން އުޅެއެވެ.

މި ހިތްގައިމު ދަތުރުގެ ކުރިމަގު ވަނީ ބަނަވެފައެވެ. ކޯރުގެ އައްސޭރިފަށުގެ ސަރަޙައްދުގައި އުމްރާނީ ބިނާވެށީގެ މަޝްރޫޢުތައް އިތުރު ވަމުން ދާ ދިއުމުގެ ސަބަބުންނެވެ. އެކަމުގެ އަސަރު، އަބޫރަޤްރަޤް ކޯރުގެ ސަތަޙައަށްވެސް ދަނީ ފޯރަމުންނެވެ.

އުތުރު އެފްރިކާ ސަރަޙައްދަށް ނިސްބަތްވާ މޮރޮކޯ ނުވަތަ ޒަމާނުއްސުރެ ދިވެހިން ކިއާ އުޅޭ ގޮތުންނަމަ މަޣްރިބް ކަރައަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ވަކިން ހާއްސަކޮށް، ދާދި ފަހުން ޤަޠަރުގައި ނިންމާލި 22 ވަނަ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި މޮރޮކޯގެ ޤައުމީ ޓީމުން ދެއްކި އާދަޔާ ޚިލާފު، ވަރުގަދަ ކުޅުމާއެކު، ގިނަ ބައެއްގެ ސަމާލުކަން، މި ދުވަސްވަރު ވަނީ މޮރޮކޯއަށް އަމާޒުވެފައެވެ.

މޮރޮކޯއަކީ މުއްސަނދި ތާރީޚަކާއި ޘަޤާފަތެއްގެ އިތުރު ޤުދުރަތީ ޖިއޮގްރަފީގެ ހިތްގައިމުކަންވެސް ލިބިފައިވާ މަންޒިލެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!

ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!

18 ޖޫން 2018
ރޯހިތު ބޭނުންވަނީ ރަންވީރުގެ ހަށިގަނޑު ވަރުގަދަ ކުރަން

ރޯހިތު ބޭނުންވަނީ ރަންވީރުގެ ހަށިގަނޑު ވަރުގަދަ ކުރަން

06 މެއި 2018
ކޭޓް މިޑިލްޓަން ރައްކައުވާން ކައިރިވުމުން ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ކޭޓް މިޑިލްޓަން ރައްކައުވާން ކައިރިވުމުން ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

11 އެޕްރީލު 2018
މިނިކާ ވަގަކަށް ވުރެ އިންޑިއާ އަންހެނަކު ގަދަވެއްޖެ

މިނިކާ ވަގަކަށް ވުރެ އިންޑިއާ އަންހެނަކު ގަދަވެއްޖެ

05 އެޕްރީލު 2018
ސިހުރު ހަދައިގެން މީހަކު ބަކަރި އަކަށް ބަދަލު ކޮށްލި ކަމަށް ބުނެ ބަޔަކު ރުޅި ގަދަވެއްޖެ!

ސިހުރު ހަދައިގެން މީހަކު ބަކަރި އަކަށް ބަދަލު ކޮށްލި ކަމަށް ބުނެ ބަޔަކު ރުޅި ގަދަވެއްޖެ!

28 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު