Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރޭމްޕް އޮފިސަރުން ތަމްރީން ކުރުން

އެމްއޭސީއެލް އިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީއާރު ސިސްޓަމްގެ އެހީގައި ރޭމްޕް އޮފިސަރުން ތަމްރީންކޮށްފި

އެ ތަމްރީން ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަސްގެންގޮސްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2022 | ހޯމަ 13:23
އެމްއޭސީއެލް އިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީއާރު ސިސްޓަމްގެ އެހީގައި ރޭމްޕް އޮފިސަރުން ތަމްރީން ކުރުން

އެމްއޭސީއެލް އިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީއާރު ސިސްޓަމްގެ އެހީގައި ރޭމްޕް އޮފިސަރުން ތަމްރީން ކުރުން

ވީއާރު ސިސްޓަމް ބޭނުންކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ކުރިއަށް ގެންދިޔަ މި ތަމްރީންތައް ކުރިއަށް ގެންގޮސްފައި ވަނީ "ރޭމްޕް ވީއާރު ޓްރެއިންނިން" ގެ ނަމުގައެވެ. އެމް.އޭ.ސިއެލްގެ ރެގިއުލޭޓަރީ އެންޑް ޓެކްނިކަލް ޑިވެލޮޕްމަންޓް ޑިޕަރޓްމަންޓުގެ މެނޭޖަރ ޙާމިދު ޢަލީ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ އެމްއޭސީއެލް އިން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުންކަމަށެވެ. އަދި އެމްއޭސީއެލް އިން ހިންގި ތަމްރީންތަކުގައި ވީއާރު ސިސްޓަމް ބޭނުންކޮށްފައި ވަނީ އެ ޓެކްނޮލޮޖީގެ އެހީގައި އޮފިސަރުންނަށް އަވަސް، ހަރުދަނާ އުސޫލުތަކަކާއި އެކު އޮފިސަރުން ތަމްރީން ކުރެވޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭމްޕްގެ ޖެނެރަލް މެނޭޖަރ އަލީ ސައީދު ވަނީ ވީއާރު ޓްރެއިނިންގައި އާންމުކޮށް އެއަރޕޯޓެއްގައި ހުންނަ ހުރިހާ ބައިތަކެއް އޭގައި އެކުލެވިގެންދާނެ ކަމަށް ފާހަގަކުރައްވާފައެވެ. މި ޓެކްނޮލޮޖީގެ އެހީގައި ޓްރެއިން ވާއިރުގައި އެ ޓްރެއިނީއަކަށް، އެއަރޕޯޓްގައި ވަށައިގެން ހުރި އެއްޗެހި ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއިީ ރޭމްޕް އޮފިސަރުންނަށް ވަރަށް އެކަށީގެންވާ ޓްރެއިނިންގއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު ވިދާޅުވީ މުވައްޒަފުންގެ ތަމްރީނަށް އެ ކުންފުނިން ޚާއްސަ އިސްކަމެއް ދެއްވާ ކަަމަށެވެ.

އެމް.އޭސީއެލްއިން ވަނީ މިތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ރޭމްޕް އޮފިސަރުން އެއަރޕޯޓުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވާނެކަމަށް ބުނެފައެވެ. އަދި އެ ކުންފުނިން ހިންގާ ތަމްރީން ޕްރޮގްރާމް މިހާރު 18 ރޭމްޕް އޮފިސަރުން ފުރިހަމަކޮށްފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ. އެ ތަމްރީން ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށްގެންގޮސްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު