Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

މާޓިނެލީއާއެކު އާސެނަލަށް އެއްބަސްވުމަކަށް އާދެވޭނެ

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މާޓިނެލީއާއެކު އާސެނަލުން ކުރަމުން އަންނަ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޑިސެމްބަރު 2022 | ހޯމަ 06:22
އާސެނަލަށް ކުޅެމުން އަންނަ މާޓިނެލީ

އާސެނަލަށް ކުޅެމުން އަންނަ މާޓިނެލީ

ޕްރިމިއާ ލީގުގެ އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލްގެ ގަބްރިއެލް މާޓިނެލީގެ އެއްބަސްވުން އައު ކުރުމާ ގުޅޭ ގޮތުން އެ ކުލަބަށް އޭނާއާއެކު އެއްބަސްވުމަކަށް އާދެވުން ގާތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މާޓިނެލީ އާސެނަލަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އާސެނަލާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. އެހެންކަމުން އާސެނަލުން ބޭނުންވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ހަމައެއާއެކު އާސެނަލުން ބޭނުންވަނީ މާޓިނެލީ އަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ހުށަހެޅުމަށެވެ. އާސެނަލަށް ބަދަލުވެ އޭނާ އަންނަނީ ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މާޓިނެލީއާއެކު އާސެނަލުން ކުރަމުން އަންނަ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ. ނަމަވެސް މިހާތަނަށް އެއްވަސް ކަމެއް ފުރިހަމަ ނުވާ ކަމަށާއި، މުޅިން ފައިނަލް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ފަހުގެ މަޝްވަރާތައް ނިމޭއިރު، މާޓިނެލީއާއެކު ކުލަބަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

މާޓިނެލީގެ އިތުރުން އެހެން ކުޅުންތެރިންތަކެއްގެ ވެސް އެއްބަސްވުން އައު ކުރުމަށް އާސެނަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސާކާ އާއި ސަލީބާ ހިމެނެއެވެ. އާސެނަލުން އަންނަނީ އެ ކުޅުންތެރިންނަށް ވެސް އައު އެއްބަސްވުމެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. މި ސީޒަންގައި އާސެނަލް އަންނަނީ މޮޅަށް ކުޅެމުންނެވެ. އެ ޓީމުގެ އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ. ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2018

ގްރީޒްމަންއާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވޭ: ބާސާ

20 ޖެނުއަރީ 2018
ގްރީޒްމަންއާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވޭ: ބާސާ
08 ސެޕްޓެމްބަރު 2017

އިސްކޯއާއެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޕެރޭޒް

08 ސެޕްޓެމްބަރު 2017
އިސްކޯއާއެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޕެރޭޒް
26 ޖުލައި 2017

ކުޓީނިއޯގެ ވިއްކާލުމަށް ބާސާ އާއި ލިވަޕޫލް އެއްބަސްވުމަކަށް އަތުވެއްޖެ

26 ޖުލައި 2017
ކުޓީނިއޯގެ ވިއްކާލުމަށް ބާސާ އާއި ލިވަޕޫލް އެއްބަސްވުމަކަށް އަތުވެއްޖެ
08 ޖުލައި 2017

ލުކާކޫއާ އެކު އެއްބަސްވުމަކަށް އާދެވިއްޖެކަން ޔުނައިޓެޑުން ހާމަކޮށްފި

08 ޖުލައި 2017
ލުކާކޫއާ އެކު އެއްބަސްވުމަކަށް އާދެވިއްޖެކަން ޔުނައިޓެޑުން ހާމަކޮށްފި
10 ޖޫން 2017

މޮރާޓާ އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އަތުވެ، ސޮއިކުރުން ހޯމަ ދުވަހަށް

10 ޖޫން 2017
މޮރާޓާ އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އަތުވެ، ސޮއިކުރުން ހޯމަ ދުވަހަށް
04 ޖޫން 2017

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

04 ޖޫން 2017
މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް
17 މެއި 2017

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

17 މެއި 2017
ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް
05 މެއި 2017

މެންޗެސްޓާ ޔުނައިޓެޑުން، ގްރީސްމަން އާއި އެކު އެއްބަސްވުމަކަށް

05 މެއި 2017
މެންޗެސްޓާ ޔުނައިޓެޑުން، ގްރީސްމަން އާއި އެކު އެއްބަސްވުމަކަށް
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު