Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޚީ

މިއަދު ޝައިނީ، މާދަމާ އިރުތިޝާމްގެ ވާހަކަވެސް މިގޮތަށް ދައްކާނެ: ރުކުމާ

ޕީޕީއެމްގެ މެންބަރުން ސަރުކާރުގެ ވުޒާރާތަކުގައި ހުރި މައްސަލަތައް ފާހަގަކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 ޖޫން 2017 | އަންގާރަ 17:44
މެންބަރު މުޙައްމަދު އަބްދުލްކަރީމް

މެންބަރު މުޙައްމަދު އަބްދުލްކަރީމް

ޕީޕީއެމްގެ ޕާލިމެމްޓްރީ ގްރޫޕުގެ މެންބަރުން މަޖިލީހުގެ ބޭރުގައި ސަރުކާރުގެ ވުޒާރާތަކާއިމެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާ ކަމަށާއި، ޑރ ޝައިނީ ގޮތަށް ދެން އަޑު އިވިގެންދާނީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްގެ ވާހަކަ ކަަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުލް ކަރީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، މެންބަރު މުޙައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވީ، ޕީޕީއެމްގެ މަހިބަދޫ ދައިރާގެ މެންބަރު އަހްމަދު ތޯރިގް ފޭސްބުކްގައި ހާމަކުރެއްވީ ލައްކަ ވާހަކަ ކަމަށާއި މިފަދަ ގޮތަކަށް އެވާހަކަތައް ހާމަކުރުމުން ތޯރިގަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ރުކުމާ ވިދާޅުވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި މިނިސްޓަރ ޝައިނީއާ ގުޅޭ ގޮތުން ތޯރިގް ތުހުމަތު ކުރެއްވި ކަންކަން، ކަމާ ގުޅޭ މުއައްސަސާތަކުން ތަހުގީގު ކުރަންޖެހޭ ކަމަށެވެ.

މެންބަރު ތޯރިގް އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ރައްޔިތުންގެ ދަތިތައް ހައްލު ނުވެގެން ދިއުމުގެ ޒިންމާ ޑރ. ޝައިނީ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި މިނިސްޓަރ އެމަގާމުގައި ހުންނަވައިގެން މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ ދެމެދު ނާޖާއިޒް ގުޅުންތަކެއް އޮންނަ ކަމުގެ ތުހުމަތު ވެސް މެންބަރު ތޯރިގް ކުރެއްވިއެވެ.

ފިޝަރީސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުގައި ހުރި މައްސަލަތަކާ ގުޅިގެން، އިންސާފުވެރި ތަހުގީގެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ހިންގުމަށް ރުކުމާ ގޮވާލެއްވިއެވެ.

ރުކުމާ ވިދާޅުވީ، މިފަދަ ގޮތްގޮތަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ އިތުރު މެންބަރުންވެސް، ސަރުކާރުގެ އެކި މިނިސްޓަރުންނާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ކަމަށާއި މިފަދަ ގޮތަކަށް ދެން އެންމެ އަޑު އިވުން ގާތީ ޔޫތު މިނިސްޓަރ އިރުތިޝާމްގެ ވާހަކަ ކަމަށްވެސް ގަބޫލު ކުރެވޭ ކަމަށެވެ.

މި މިނިސްޓަރުންނަކީ ސަރުކާރުގައި ތިބި ފެއިލްވެފައިވާ މިނިސްޓަރުންގެ ގޮތުގައި ރުކުމާ ވަނީ ސިފަކުރައްވާފައެެވެ.

" މަޖިލީހުގެ ތަޅުމުގައި ޖަލްސާގައި ދައްކާވާހަކަތަށް މިދަނީ އަޑުއިވެމުން. އަދި ހަމައެއާކު ޖަލްސާގެ ބޭރުންވެސް، ޕީޕީއެމްގެ މެންބަރުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. އެތަށް މިނިސްޓްރީއަކަށް އެކަން ބެހިފައި ވަނީ. މިއަދު ޑރ ޝައިނީއާ ގުޅޭ ގޮތުން މެންބަރު ތޯރިގް ދެއްކިވާހަކަ މާދަމާ އަޅުގަނޑަށް ހަމަޔަގީން ޒުވާނުންގެ މިނިސްޓަރ އިރުތިޝާމް އާދަމް އާ ދެކޮޅަށްވެސް ބުނާނެ. މިއީ އަޑުއިވިފައި ހުރި ވާހަކަތައް" ރުކުމާ ވިދާޅުވިއެވެ.

ރުކުމާ ވަނީ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް ސިއްހީ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކަރެކްޝަނުން ނުކުރާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

"އަދީބުގެ ބޭސްފަރުވާގެ މައްސަލައިގައި ކޮޅެއް މެދެއް ފެނިފައެއްނުވޭ. ފުލުހުންގެ އިތުރުން ކަރެކްޝަންސްވެސް އަދި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް އެެއްވެސް އަލިމަގެއް ފެނިފައެއް ނެތް" ރުކުމަ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީއަށް މިފާއިތުވެދިޔަ 12 އަހަރުގެ ތެރޭގައި ލިބުނު ކުރިއެރުންތައްވެސް ރުކުމާ ފާހަަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު