Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު ހިޔާނާތުގެ މައްސަލަ

އާރަށު ހިޔާނަތް: ޔާމީނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ދައުލަތުން ވަނީ 19 އަހަރަށް ޔާމީނު ޖަލަށް ލައިދިނުމަށް އެދިލައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2022 | އާދީއްތަ 13:08
ވ އާރަށު ހިޔާނާތުގެ މައްސަލަ

ވ އާރަށު ހިޔާނާތުގެ މައްސަލަ

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ އާދިއްތަ ދުވަހު ހެނދުނު ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައެވެ. އެގޮތުން އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ރައީސް ޔާމީނުގެ މަޤާމަށް ބަލާއިރު، އެހާ ބޮޑު އަދަދެއްގެ ފައިސާއެއް ޔާމީނުގެ އެކައުންޓަށް ސައްޙަ ގޮތުގައި ޖަމަވާން ޖެހޭ ސަބަބެއް ދަލާލަތު ކޮށްދެވިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ، ވ އާރަށު ހިޔާނާތުގެ ފައިސާކަމަށް މި މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކުން އެނގޭކަމަށް އިސްގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާ ވެސް ވަނީ ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

މަނީ ލޯންޑަރިންގ ދައުވާގައި ދައުލަތުން އެދުނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށެވެ. ރިޝްވަތު ދިނުމާއި، ޤަބޫލު ކުރުމުގެ ކުށުގެ ދައުވާގައި ދައުލަތުން އެދުނީ 8 އަހަރުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށެވެ. ދައުލަތުން ވަނީ 19 އަހަރަށް ޔާމީނު ޖަލަށް ލައިދިނުމަށް އެދިލައްވާފައެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިފާއުން ވަނީ ދައުލަތަށް މި މައްސަލައިގައި ޝަރީއަތުން ކުރާ ޙުކުމް ކުރިއާލާ އެނގޭކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކާފައެވެ. ވުމާއެެކު ދައުލަތުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އަދި، އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިތުރު ވަގުތު ބޭނުންވާކަން ދިފާއުން ވަނީ ފާހަގަ ކޮށްފައެވެ.

އެކަމާ ގުޅިގެން އިސްގާޒީ ޝަކީލު ވިދާޅުވީ، މައްސަލަ ސާބިތުވެއްޖެނަމަ ދެން އޮންނާނީ އަދަބާ ގުޅޭގޮތުން ވާހަކަދެއްކުންކަން ވަކީލުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. ޤާނޫނުގައި އޮންނަނީ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން 10 ދުވަސް ތެރޭގައި ބާއްވަން ޖެހޭނެކަމަށްކަން ފާހަގަ ކުރައްވައި އިސްގާޒީ ވިދާޅުވީ، ދައުވާލިބޭ ފަރާތްތަކުންވެސް އަދި ދިފާއުންވެސް އަންނަންވާނީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ.

އެއަށްފަހު ޔޫސުފް ނައީމްގެ ފަރާތުން ވަނީ އަދަބާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ޔޫސުފް ނައީމަކީ މީގެ ކުރިން އެފަދަ އެއްވެސް މައްސަލައެއްގައި އަދި ޖިނާއީ ކުށެއްގައިވެސް ތުހުމަތެއް ރައްދުވެފައިވާ ފަރާތެއް ނޫންކަން ފާހަގަ ކުރައްވައި އޭނާގެ ވަކީލު ވަނީ، އޭނާގެ އަދަބުގެ ދަރަޖަ ދަށް ކޮށްދިނުމަށް އެދިލައްވާފައެވެ.

ޔޫސުފް ނައީމްގެ ސިއްޙީ ޙާލަތަށް އަލިއަޅުވާލައްވައި އޭނާގެ ވަކީލު ވަނީ ޔޫސުފް ނައީމްގެ ޖަލު އަދަބުގެ އެއް ބައި ގޭބަންދަށް ބަދަލު ކުރައްވައި، މަސްހުނި އަދަބެއް ދެއްވުމަށް އެދިލައްވާފައެވެ.

އެހެންނަމަވެސް ދައުލަތުން ދެކޭ ގޮތުގައި، ޖޫރިމަނާގެ އަދަބަކީ މުއްސަނދިންނަށް ޖޫރިމަނާ ދެއްކުމަށްފަހު އަދަބުން ސަލާމަތްވުމަށް އޮތް މަގަކަށްވެގެން ނުވާނެއެވެ.

އަދަބާ ގުޅޭގޮތުން ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލައި، ޔާމީނަށް ކުރާ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

އަދި ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވާ ގޮތުގައި ޔާމީނު މި އަމަލު ހިންގާފައިވަނީ ރައީސްކަމުގެ މަޤާމުގައި ހުންނަވައި، ރައްޔިތުންގެ މަސްލަަހަތު ނުހަނު ބޮޑަށް ގެއްލިގެންދާ ގޮތަށެވެ. ވުމާއެކު، އަދަބުގެ އެއް ދަރަޖަ މަތި ކުރެއްވީއެވެ.

ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ މައްސަލައަށް ބަލާއިރު، އިސްގާޒީ ވިދާޅުވީ މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަސް ކަމަށެވެ. އޭނާއަށް ކުރާ ދައުވާގެ އަދަބު ދަށްވާނެ އަދި މަތިވާނެ ޙާލަތެއްވެސް ނެތްކަމަށް އިސްގާޒީ ވިދާޅުވިއެވެ.

އަދި މި ކުށް ކޮށްފައިވާ ގޮތާއި، މިއީ ދުރާލާ ރާވައިގެން ކޮށްފައިވާ ކުށަކަށްވާތީ، އޭނާގެ މައްޗަށް އިއްވާފައިވަނީ 3 އަހަރާއި، 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު