Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއޭސީއެލް

އެމްއޭސީއެލްގެ ދިގު މުއްދަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަަންކޮށްފި

25 ޑިސެމްބަރު 2022 | އާދީއްތަ 08:05

ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ސަބަބުން އޭވިއޭޝަން އިންޑަސްޓްރީއަށް ޝައުގުވެރިވެ ދާއިރާއަށް ނުކުންނަ ޒުވާނުން މަދު ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ޑިސެމްބަރު 2022 | އާދީއްތަ 08:05
އެމްއޭސީއެލްގެ ދުވަސްވީ މުވައްޒަފުން

އެމްއޭސީއެލްގެ ދުވަސްވީ މުވައްޒަފުން

އެމްއޭސީއެލްގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް އެމް.އޭ.ސީ.އެލް ސަރވިސް ރިކޮގްނިޝަން އެވޯޑު ދީފިއެވެ.

މި ހަފްލާގައި އެމްއޭސީއެލް އަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 41 މުވައްޒަފުންނާއި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 68 މުވައްޒަފުން އަދި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 16 މުވައްޒަފުންނަށް ވަނީ އެވޯޑު ދީފައެވެ. އަދި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 15 މުވައްޒަފުންނާއި 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 5 މުވައްޒަފުންނަށް ވެސް ޙިދުމަތުގެ އަގު ވަޒަން ކޮށް އެވޯޑު ވަނީ ދީފައެވެ.

Advertisement - newsAdvertisement

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މަހްޖޫބު ޝުޖާއު ވިދާޅުވީ، ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ސަބަބުން އޭވިއޭޝަން އިންޑަސްޓްރީއަށް ޝައުގުވެރިވެ ދާއިރާއަށް ނުކުންނަ ޒުވާނުން މަދު ނޫން ކަމާއި ޚިދުމަތުން އިންސްޕަޔަރވާ ކިތަންމެ ދަރިންނެއް މި މުޖުތަމައުގައި ތިބޭނެ ކަމަށެވެ. އަދި މިއީ ހަމައެކަނި އެމް.އޭ.ސީ.އެލްއަށް ކޮށްދެއްވާ ޚިދުމަތެއް ނޫން ކަމަށާއި ގައުމުގެ ޒުވާން ޖީލު ރަނގަޅު މަގަށް ގެންދިޔުމަށް ވެދޭ އެހީތެރިކަމެއް ކަމަށް ވެސް މަހްޖޫބު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކަކީ އެއަރޕޯޓަށާއި ޚިދުމަތުގެ ރެކޯޑަށްވެސް އުފާވެރި ދުވަސްތަކެއް ފާހަގަކުރައްވާ، އެއަރޕޯޓުގެ ޖާގަ އިތުރުވެ، ޚިދުމަތްތައް ފުޅާވެގެންދާއިރު، އެ މަސައްކަތުގައި ތަޖުރިބާއާއި ވިސްނުން ވަރަށް މުހިއްމު ވާނެ ކަން ވެސް މަހްޖޫބު ވިދާޅުވިއެވެ.

މީގެއިތުރުން އެއަރ ޓްރެވަލް ފަދަ ހަލަބޮލި އިންޑަސްޓްރީއެއްގައި ޚިދުމަތް ކުރުމުގައި ވިހި ތިރީހަކަށް އަހަރު ހޭދަ ކުރުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އެމް.އޭ.ސީ.އެލްގެ ލެގަސީ އަކީ ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ކުންފުނިކަމުގައިވުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުވައްޒަފުން ކުންފުނީގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމުގެ އެއް ސިއްރަކީ މުވައްޒަފުންނާ މެދު ބަހައްޓާ ފަރުވާތެރިކަމާއި ގާތްކަން ކަމަށް ވެސް މަހްޖޫބު ވިދާޅުވިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކުންފުންޏަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ވަޒިފާދޭ އެއް ކުންފުންޏެވެ. 3500 އަށް ވުރެ ގިނަ މުވައްޒަފުން ކުންފުނީގެ އެކި ދާއިރާތަކުގައި ހީވާގިކަމާއެކު މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ލަބާއާއި މަންފާއަށް ކުންފުނިން އަބަދުވެސް އިސްކަންދޭކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2017

ދިގުރަށުގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

16 ސެޕްޓެމްބަރު 2017
ދިގުރަށުގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
10 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ މުސްލިމުންނަށް

10 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ މުސްލިމުންނަށް
10 ސެޕްޓެމްބަރު 2017

އަނިޔާވެރިކަން މިހާރު މާ ބޮޑަށް ދިގު ދެމިއްޖެ. ރައްޔިތުން ފަހަތަށް ޖެހެވޭކަށް ނެތް: ފައިސަލް

10 ސެޕްޓެމްބަރު 2017
އަނިޔާވެރިކަން މިހާރު މާ ބޮޑަށް ދިގު ދެމިއްޖެ. ރައްޔިތުން ފަހަތަށް ޖެހެވޭކަށް ނެތް: ފައިސަލް
31 އޯގަސްޓު 2017

ދިގުރަށުން ފެނުނީ ގޮވާޒާތުގެ އެއްޗެއް ނޫން: އެމްއެންޑީއެފް

31 އޯގަސްޓު 2017
ދިގުރަށުން ފެނުނީ ގޮވާޒާތުގެ އެއްޗެއް ނޫން: އެމްއެންޑީއެފް
31 އޯގަސްޓު 2017

ދިގުރަށުން ގޮވާޒާތުގެ އެއްޗެއް ފެނިއްޖެ

31 އޯގަސްޓު 2017
ދިގުރަށުން ގޮވާޒާތުގެ އެއްޗެއް ފެނިއްޖެ
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
07 މާރިޗު 2017

ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި

07 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި
27 ފެބުރުއަރީ 2017

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް