Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސްގެ ގއ ށް ކުރެއްވި ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާ ގއ ގެ ތިން ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ގއ. ދާންދޫ، ގއ. ނިލަންދޫއަށާއި ގއ. މާމެންދޫއަށް ވަޑައިގެންނެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2022 | ހޮނިހިރު 17:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގއ ށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގއ ށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޮނިހިރު ދުވަހުގެ ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގއ. ދާންދޫ އަށެވެ. އެއަށްފަހު، ގއ. ނިލަންދޫއަށާއި، ގއ. މާމެންދޫއަށް އެމަނިކުފާނު ވަނީ ވަޑައިގަންނަވާފައެވެ.

Advertisement - newsAdvertisement

ހުވަދުއަތޮޅު އުތުރުބުރިއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގއ. ދާންދޫގެ ބިންހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި މަޝްރޫޢުގެ ދަށުން ގއ. ދާންދޫގައި ސަރުކާރުން ވަނީ 957,000 މީޓަރުގެ ބިން ހިއްކައި، 848 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމެންޓް ޖަހާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގއ. ނިލަންދޫއާއި، ގއ. މާމެންދޫގައި އަލަށް ޢިމާރާތްކުރެވުނު ދެ އިންޖީނުގެ ހުޅުއްވައިދެއްވާފައެވެ. ގއ. ނިލަންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބަހައްޓާފައިވާއިރު، ގއ. މާމެންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1400 ކިލޯ ވޮޓްގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ވަނީ ބަހައްޓާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު