Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހު ފޯމުހުށައެޅުއްވުން

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސާލިހު ފޯމު ހުށަހަޅުއްވައިފި

ފޯމު ހުށަހަޅުއްވާފައިވަނީ 20،000ށްވުރެ ގިނަ މެމްބަރުންގެ ތާއީދާއެކު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޑިސެމްބަރު 2022 | ހޮނިހިރު 07:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ކުރިޔަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފޯމު ހުށަހަޅުއްވައިފިއެވެ.

ރައީސް ސާލިޙް ފޯމު ހުށަހެޅުއްވިކަން ހާމަކުރެއްވީ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ނާޝިޒް ވިދާޅުވީ، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމް.ޑީ.ޕީގެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، ރައީސް ސާލިހު ފޯމު ހުށައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ރައީސް ފޯމު ހުށައަޅުއްވާފައިވަނީ 20،000ށްވުރެ ގިނަ މެމްބަރުންގެ ތާއީދާއެކުކަން ނާޝިޒް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމަށް ހުޅުވާލީ ޑިސެމްބަރު 18 ވީ އާދިއްތަ ދުވަހުއެވެ. ވާދަކުރަން ބޭނުންވަނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދެވެ. 

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ފޯމު ހުށަހަޅަން ޖެހޭނީ 24 ޑިސެމްބަރު ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ. 

މިހާތަނަށް ރައީސް ސާލިހުގެ އިތުރުން ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާނު ކުރައްވާފައިވަނީ އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

އެމްޑީޕީން އިއުލާންކޮށްފައިވާ ޓައިމްލައިނުގައި ދައްކާގޮތުން 24 ޑިސެމްބަރުގައި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު، 26 ޑިސެމްބަރުގައި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާއެކު އިއުލާން ކުރާނެއެވެ. އަދި 28 ޑިސެމްބަރުގައި ރިޔާސީ ޕްރައިމަރީ ވޯޓަރސް ލިސްޓު އާންމުކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާއިރު، 31 ޑިސެމްބަރުގެ ހަވީރު 4:00 އާ ހަމަައަށް ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނެއެވެ.

ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓަރސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023ގައެވެ. އެއަށްފަހު 10 ޖެނުއަރީގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލައި، އެ ފުރުސަތު 15 ޖެނުއަރީގެ ނިޔަލަށް ބަންދުކުރާނެއެވެ. ވޯޓުލުން ކުރިއަށްދާނީ 28 ޖެނުއަރީގައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ދެ ރައީސުން ވާދަކުރައްވާއިރު ދެ ބޭފުޅުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން ބޮޑުވެފައެވެ. އަދި އެމްޑީޕީގެ ތެރޭގައި ދެ ރައީސުންގެ ދެ ފެކްޝަނެއް އުފެދި، އަންނަނީ މަސައްކަތްކުރަމުންނެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު