Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ފައިނަލްގައި އާޖެންޓީނާގެ ތިން ވަނަ ލަނޑާމެދު ކުރާ ޝަކުވާއަށް ރެފްރީ މާޗީނިއަކްގެ ރައްދު: "ފްރާންސުން މި ފޮޓޯގެ ވާހަކަ ނުދައްކަނީ ކީއްވެ؟"

މާޗީނިއަކް ބުނީ، ފްރާންސުން އެ ފޮޓޯގެ ވާހަކަ ނުދައްކާކަމަށާއި، އެމްބާޕޭ ލަނޑު ޖެހި ވަގުތު ފްރާންސްގެ ހަތް ކުޅުންތެރިޔަކު ދަނޑު މަތީގައި ތިބީ ކިހިނަކުންކަން ބުނެދޭންވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޑިސެމްބަރު 2022 | ހޮނިހިރު 04:58
ރެފްރީ ސީމޮން މާޗީނިއަކް

ރެފްރީ ސީމޮން މާޗީނިއަކް

މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތަކީ އެތައް ގޮތަކުން ޚާއްސަކަމެއް ލިބުނު މުބާރާތެކެވެ. ގިނަ ބައެއްގެ ނަޒަރުގައި މިއަހަރުގެ މުބާރާތަކީ މިހާތަނަށް ވޯލްޑް ކަޕް މުބާރާތެއްގައި ކުޅުނު އެންމެ ފޯރިގަދަ، އެންމެ ވާދަވެރި މުބާރާތެވެ.

އަނެއްކޮޅުން އެއީ ރެފްރީގެ ނިންމުންތައް އެންމެ ބަރާބަރަށް ފެނުނު އެއް މެޗު ކަމަށްވެސް ބުނާ މީހުން އެބަތިއްބެވެ. އެއާވިދިގެން، ރެފްރީގެ ނިންމުންތަކާމެދު ޚިޔާލު ތަފާތުވެ، ރެފްރީގެ ނިންމުންތަކާމެދު ޝަކުވާކުރާ މީހުންވެސް އެބަތިއްބެވެ. ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ރެފްރީއަކީ ޕޮލޭންޑުގެ ސީމޮން މާޗީނިއަކްއެވެ. އުމުރުން 41 އަހަރުގެ މާޗީނިއަކްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ރެފްރީއެކެވެ. 2009 ވަނަ އަހަރުން ފެށިގެން ލީގު ރެފްރީކަން ކުރަމުން އަންނައިރު، ބައިނަލްއަގުވާމީ މެޗުތަކަށް އިންސާފުކުރަން ފެށީ 2011 ވަނަ އަހަރުއެވެ. މާޗީނިއަކް ވަނީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާއި، ޔުއެފާ ޗެމްޕިއަންސް ލީގު މެޗުތަކާއި، 2016 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތާއި، ޔުއެފާ ސުޕަރ ކަޕްގެ މެޗުތަކުގައި ރެފްރީކަން ކޮށްފައެވެ.

ފައިނަލް މެޗާ ގުޅުވައިގެން އެންމެ ގިނަ ބަޔަކު ސުވާލު އުފައްދަމުން އާޖެންޓީނާގެ ތިން ވަނަ ލަނޑާ މެދުއެވެ. ކެޕްޓަން ލިއޮނަލް މެސީ ޖެހި ލަނޑާއެކު އާޖެންޓީނާއިން 3-2ން ލީޑު ހޯދި ލަނޑުގެ ވާހަކައެވެ. އެ ލަނޑު ޖެހި ވަގުތު އާޖެންޓީނާގެ ބެންޗުގައި ތިބި ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިޔަކު ދަނޑު މަތީގައި ތިބި މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ އާންމުވެފައެވެ. ފުޓުބޯޅަ ގަވާއިދުގައި ވާގޮތުން، ލަނޑެއް ޖަހާއިރު ލަނޑު ޖެހި ޓީމުގެ ބަދަލުކޮށްފައިވާ ކުޅުންތެރިޔަކު، ނުވަތަ ބަދަލު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު، ނުވަތަ އޮފިޝަލަކު ދަނޑުގައި ހުރިނަމަ އެލަނޑެއް އެއީ ލަނޑެއްގެ ގޮތުގައި ބަލައިގަނެގެން ނުވާނެކަމަށެވެ. އަދި އިތުރަށް ކުޅުން ކުރިއަށް ގެންދަންވާނީ ދަނޑަށް އެކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު އެރި ތަނަކުން އިދިކޮޅު ޓީމަށް ހިލޭ ޖެހުމެއް ދީގެން ކަމަށްވެސް އެމާއްދާގައި ބުނެފައި އޮންނަކަމަށް ގިނަ ބަޔަކު ބުނަންފެށިއެވެ. އެއާއެކު ފްރާންސްގެ މީޑިއާތަކުގައިވެސް ވަނީ އެ ވާހަކަ ވަރަށް ބޮޑަށް ދައްކަން ފަށާފައެވެ. ފްރާންސްގެ ބައެއް މީޑިއާ ތަކުގައި ވަނީ އާޖެންޓީނާއިން މުބާރާތް ކާމިޔާބުކުރީ ވަގު ލަނޑެއް ޖަހައިގެން ކަމަށް ބުނެފައެވެ.

ވޯލްޑް ކަޕްގެ ފައިނަލަށްފަހު ހަފުތާއެއް ވެގެންދާއިރު، ފީފާއިން އެކަމުގެ ވާހަކަ ދައްކާފައެއް ނުވެއެވެ. ނަަމަވެސް އެ ވާހަކަތަަކަށް ރައްދު ދިނީ ފައިނަލް މެޗުގެ ރެފްރީ މާޗީނިއަކްއެވެ. ފައިނަލް މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާއިން ޖެހި ލަނޑާމެދު ސުވާލު އުފައްދަމުން ދަނިކޮށް، މާޗީނިއަކް ވަނީ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯގައި ފެންނަނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ޕެނަލްޓީ ޖެހި ވަގުތު ދަނޑު މަތީގައި ފްރާންސް ބެންޗުގައި ތިބި ކުޅުންތެރިން ތިބި މަންޒަރެވެ. މާޗީނިއަކް ބުނީ، ފްރާންސުން އެ ފޮޓޯގެ ވާހަކަ ނުދައްކާކަމަށާއި، އެމްބާޕޭ ލަނޑު ޖެހި ވަގުތު ފްރާންސްގެ ހަތް ކުޅުންތެރިޔަކު ދަނޑު މަތީގައި ތިބީ ކިހިނަކުންކަން ބުނެދޭންވާނެ ކަމަށެވެ. މިއީ މާޗީނިއަކް މި ވާހަކަތައް ދެއްކި ފުރަތަމަ ފަހަރެވެ.

ފައިނަލަށްފަހު ފްރާންސުން އަންނަނީ އެކަމުގެ ވާހަކަތައް ވަރަށް ބޮޑަށް ދައްކަމުންނެވެ. މީގެ އިތުރުން ފައިނަލް މެޗު އަލުން ކުޅުމަށް ގޮވާލައި ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އާޖެންޓީނާއިން މުބާރާތް ކާމިޔާބުކުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން އެ ގައުމުގައި ކުރިއަށް ގެންދިޔަ ޕެރޭޑުގައި، ކީޕަރު އެމިލިއާނޯ މާޓިނޭޒް ހިންގި އަމަލާމެދުވެސް ފްރާންސްގެ ފުޓުބޯޅަ އިދާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މާޓިނޭޒަށް ފިޔަވަޅު އަޅައިދިނުމަށްވެސް ފްރާންސުން ވަނީ އެދިފައެވެ.

މިއަހަރުގެ މުބާރާތް އާޖެންޓީނާއިން ކާމިޔާބުކުރީ ޕެނަލްޓީގައި ފްރާންސްގެ މައްޗަށް 4-2ން ކުރި ހޯދައިގެންނެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން އާޖެންޓީނާއިން ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. 36 އަހަރަށްފަހު މުބާރާތް ކާމިޔާބު ކުރެވުމުގެ އުފާ ފާޅުކުރުމަށް އާޖެންޓީނާއިން އަންނަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

17 އޯގަސްޓު 2017
ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!
09 އޯގަސްޓު 2017

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް
08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
21 ޖޫން 2017

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
23 މެއި 2017

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު