Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ގއ. އަށް ކުރައްވާ ދަތުރުފުޅު

މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ދެތިން މަސްތެރޭގައި ހައްލު ލިބޭނެ: ރައީސް

23 ޑިސެމްބަރު 2022 | ހުކުރު 13:07

ބޭނުންފުޅުވަނީ ރައްޔިތުންގެ އަޑު އަހައި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޑިސެމްބަރު 2022 | ހުކުރު 13:07
ެރައީސް ޞާލިހް ދާންދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ެރައީސް ޞާލިހް ދާންދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ދެކުނުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ދެތިން މަސްދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުކުރު ދުވަހު ގއ. ދާންދޫއަށް ވަޑައިގެން އެެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން, ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ހައްލު ހޯއްދެއްވުމަށް ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ދާންދޫއަކީ މަސްވެރި ރަށެއްކަމަށްވެފައި މަސްވެރިންނަށް ކޮށްދޭން ޖެހޭ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ހައްލު ނުހޯދި ގިނަ ދުވަސްވެފައިވާ ކަންކަން ވެސް އެބަހުރި ކަމަށާއި މި ސަރުކާރު އައި ފަހުން މަސައްކަތް ކުރަމުން އަންނަނީ އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. ނަމަވެސް މަސްވެރިން ބޭނުންވާ ހަލުވި ސްޕީޑުގައި އެކަން ނުކުރެވޭ ކަން ގަބޫލު ކުރައްވާ ކަމަށާއި އެކަންކަން ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ނިމި އޭގެ މަންފާ ދެތިން މަސްދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ މީގެ ހަތަރު އަހަރު ކުރިން ދާންދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދިލެއްވި ގިނަ ކަންކަން ކުރެވެމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންގެ އަޑުއަހައި އެކަންކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދާންދޫ ރައްޔިތުންގެ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި އެ ރަށުގެ ސިއްޙީ ނިޒާމު މިހާރަށްވުރެ ތަރައްގީ ކުރުމާއި ރަށުގައި އެއަރޕޯޓެއް އަޅައިދިނުމާއި މަގުތަކުގައި ތާރު އަޅައިދިނުމާއި ރަށުގެ އެކި ކަންކަމުގައި ސޯލާ ހަކަތައް ބޭނުން ކުރުން ހިމެނެއެވެ. އަދި އެ ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭރުގެ އިންވެސްޓަރުން ހޯދައިދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ރައްޔިތުން ވަނީ އެދިފައެވެ.

މި ބައްދަލުވުމުގައި ދާންދޫގެ ރައްޔިތުން ވަނީ ކުރީ ސަރުކާރުތަކުގައި ދާންދޫގައި ނުހިންގާ ވަރަށް މި ސަރުކާރުން ހިންގަމުން އަންނަކަން ފާހަގަކޮށް އެކަމަށް ރައީސްއަށް ޝުކުރު ދަންނަވާފައެވެ.

މި ސަރުކާރުން ދާންދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ރަށުގައި 25 ހެކްޓަރުގެ ބިން ހިއްކުމާއި ރަށުގައި އޭލެވެލް ފެންވަރަށް ކިޔަވައިދިނުމާއި ޒަމާނީ ފުޓުބޯޅަ ދަނޑަކާއި ވޯލީ ކޯޓަކާއި ބަނދަރު އެކްސްޓެންޝަންގެ މަސައްކަތް ފާހަގަކުރެވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް