Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އަންނަ އަހަރު ރާއްޖެއިން ފަސް ގޭމްސްއެއްގައި ބައިވެރިވަނީ

ރާއްޖެއިން ބައިވެރިވާނީ ކޮމަންވެލްތު ޔޫތު ގޭމްސް، އެނޮކް ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އޭޝިއަން ގޭމްސް، އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޑިސެމްބަރު 2022 | ހުކުރު 23:13
ޒުވާން އެތުލީޓް އިބާދުﷲ، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދުވަނީ: ފޮޓޯ-އެމްއޯސީ

ޒުވާން އެތުލީޓް އިބާދުﷲ، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދުވަނީ: ފޮޓޯ-އެމްއޯސީ

ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ދިވެހިރާއްޖެއިން އަންނަ އަހަރު ބައިވެރިވާނެކަމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ން ހާމަކޮށްފިއެވެ.

ހުކުރު ދުވަހު އެމްއޯސީން އިއުލާންކޮށްފައިވާގޮތުން، އަންނަ އަހަރު ރާއްޖެއިން ބައިވެރިވާނީ ކޮމަންވެލްތު ޔޫތު ގޭމްސް، އެނޮކް ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، އޭޝިއަން ގޭމްސް، އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައެވެ.

މީގެ ތެރެއިން އައިއޯއައިޖީއަކީ އަންނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނު ގޭމްސްއެކެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ވަނީ ގޭމްސް ހޯސްޓުކުރެވޭގޮތް ނުވެފައެވެ. އައިއޯއައިޖީ ހޯސްޓުކުރުމުގެ ފުރުސަތު ރާއްޖެއިން ދޫކޮށްލުމާއެކު، އަންނަ އަހަރުގެ ގޭމްސް ހޯސްޓުކުރުމަށް މަޑަގަސްކަރައިން ވަނީ ނިންމާފައެވެ. އަންނަ އަހަރުގެ އައިއޯއައިޖީ ކުރިއަށްދާނީ އޯގަސްޓު މަހުގެ 25ން ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ.

އޭޝިއަން ގޭމްސްއަކީ ޗައިނާގައި ބާއްވަން ނިންމި ގޭމްސްއެކެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑުގެ ހާލަތު ރަނގަޅު ނުވުމުގެސަބަބުން އަންނަ އަހަރަށް ގޭމްސް ފަސްކުރީއެވެ. މިހާރު ޗައިނާގައި ގޭމްސް ބާއްވަން ތާވަލްކޮށްފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ން އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހަށް، ހަންޒޫގައެވެ. އެނިކް ބީޗް ގޭމްސް ކުރިއަށްދާނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ ފަސްވަނަ ދުވަހުން 12 ވަނަ ދުވަހަށް، އިންޑޮނޭޝިއާގެ ބާލީގައެވެ. އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އޮންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ން 26ށް ތައިލެންޑުގެ ބެންކޮކް އަދި ޗޮމްބޫރީގައެވެ.

އަންނަ އަހަރުގެ ކޮމަންވެލްތު ޔޫތު ގޭމްސް ކުރިއަށްދާނީ އޯގަސްޓު މަހުގެ ހަތަރަކުން 11 އަށް ޓްރިންޑާޑް އެންޑް ޓޮބޭގޯގައެވެ. ރާއްޖެއިން ވަނީ މިއަހަރު ކުރިއަށް ގެންދިޔަ ކޮމަންވެލްތު ގޭމްސްގައިވެސް ބައިވެރިވެފައެވެ. އެއީ ކޮމަންވެލްތުން ވަކިވުމަށްފަހު، މެދުކެނޑުމަކަށްފަހު ރާއްޖެއިން އެ ގޭމްސްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މިއަހަރު ރާއްޖެއިން ވަނީ ފަސް ގޭމްސްއެއްގައި ވާދަކުރަން ނިންމާފައެވެ. ނަމަވެސް ރާއްޖެއިން ވާދަކޮށްފައިވަނީ ދެ ގޭމްސްއެއްގައެވެ. އެއީ ކޮމަންވެލްތު ގޭމްސްއާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު