Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިކަމުގެ ނިޒާމު ބަދަލުކުރުން

ވަކި މީހަކު ވެރިކަމަށް ގެނައުމަށް ގައުމުގެ ހިންގުމުގެ ނިޒާމް ކަނޑައަޅައިފި ނަމަ ގައުމު ވިއްސި ވިހާލިވެދާނެ: އިމްރާން

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް ނާހާ ޕްރައިމަރީގެ ވާހަކަދައްކައިގެން ވާނެކަމަކަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޑިސެމްބަރު 2022 | ހުކުރު 09:25
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ވަކި މީހަކު ވެރިކަމަށް ގެނައުމަށް ގައުމުގެ ހިންގުމުގެ ނިޒާމު ކަނޑައަޅައިފި ނަމަ ގައުމު ވިއްސި ވިހާލި ވެގެން ހިނގައިދާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އިމްރާން މިގޮތަށް ވިދާޅުވެފައި މި ވަނީ އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް ކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީ އިން 2023 އަހަރުގެ ރިޔާސީ ކެނޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީގެ މަސައްކަތްތައް ފެށުމާ އެކު އެ ވާހަކަތައް އިތުރަށް ވަނީ ދެކެވެން ފަށާފައެވެ. ސަބަބަކީ އެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ބޭނުންވެވަޑައިގެން ނިޒާމު ބަދަލުކުރުމަށް ވަކާލާތުކުރައްވަމުން ގެންދެވުމެވެ.

އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް ނާހާ ޕްރައިމަރީގެ ވާހަކަދައްކައިގެން ވާނެކަމަކަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ދާދި ފަހުން މަޖިލީހުގެ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ އެމްޑީޕީން 2018 ވަނަ އަހަރު ވެފައިވާ ރިޔާސީ ވައުދެއްކަމަށާއި އެ ވައުދު ފުއްދަންވާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުންވެސް އޭރު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެއްބަސްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ޕްރައިމަރީގެ ވާހަކަދައްކަންވާނީ އެ ވޯޓަށް ފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު އެފަދައިން ވިދާޅުވި ނަމަވެސް ސަރުކާރުން ވަނީ ނިޒާމު ބަދަލުކުރަން ރައީސް ނަޝީދު ވިދާޅުވި މޭރުމުން ވައުދުވެފައި ނުވާނެ ކަމަށް ބުނެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

ފަހުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު