Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިއްހީ ނިޒާމު ހަރުދަނާކުރުން

އޭޑީބީންނާއި ޖަޕާން ފަންޑް ފޮރ ޕޮވަރޓީން، ހެލްތު މިނިސްޓްރީއަށް ތަކެތި ހަދިޔާކޮށްފި

202 ޓެބްލެޓާއި 190 ބާކޯޑް ރީޑަރާއި ޕްރިންޓަރު ހިމެނޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2022 | ބުރާސްފަތި 11:39
ހެލްތު މިނިސްޓްރީއަށް ތަކެތި ހަދިޔާކުރުން

ހެލްތު މިނިސްޓްރީއަށް ތަކެތި ހަދިޔާކުރުން

އޭޝިއަން ޑިވެލޮޕްމެންޓް ބޭން (އޭޑީބީ)ންނާއި، ޖަޕާން ފަންޑް ފޮރ ޕޮވަރޓީ (ޖޭއެފްޕީއާރް)އިން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ބައެއް އިކުއިޕްމެންޓް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މި ތަކެތި ހަދިޔާކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި، އޭޑީބީ އަދި ޖޭއެފްޕީއާރުގެ ފަރާތުން ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ހެލްތު މިނިސްޓްރީން ބުނީ 172،000 ޑޮލަރުގެ ތަކެތި ހަދިޔާކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި 202 ޓެބްލެޓާއި، 190 ބާކޯޑް ރީޑަރާއި ޕްރިންޓަރު ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ތަކެތި އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލުތަކަށް ބަހާލަން ވަނީ ނިންމާފައެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ތަކެތި އަތޮޅުތެރެއަށް ފޮނުވަން ނިންމީ އަތޮޅުތެރޭގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ދިނުމުގެ މަގުސަދުގައި ކަމަށެވެ. މީގެ ސަބަބުން ހެލްތު އިންފޮރމޭޝަން ޓެކްނޮލޮޖީ ސިސްޓަމް ވަރުގަދަކުރެވި، އަތޮޅުތެރެއިން ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތައް އިތުރުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ކޮލިޓީ ރަނގަޅު ކުރެވި، އެކަށީގެންވާ އަގެއްގައި ސިއްހީ ޚިދުމަތް ދޭން މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީއޭޝިއަން ޑިވެލޮޕްމެންޓް ބޭންކްޖަޕާން ފަންޑް ފޮރ ޕޮވަރޓީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު