Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީލޮން މަސްކް

މަސްކް ޑިމޮކްރަޓިކް ކެންޑިޑޭޓުންނަށް ފައިސާ ދީފިނަމަ ނަތީޖާ ވަރަށް ގޯސް ވާނެ: ޓްރަމްޕް

ޓެސްލާ އަދި ސްޕޭސްއެކްސް ގެ ސީއީއޯ މަސްކް އާ އާއެކު އޮތް ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 7 ޖޫން 2025 | ހޮނިހިރު 17:25
ޓެސްލާގެ ސީއީއޯ އީލޮން މަސްކް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ - 30 މެއި 2025

ޓެސްލާގެ ސީއީއޯ އީލޮން މަސްކް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ - 30 މެއި 2025

އެމެރިކާގެ ރައީސް އާ ގުޅުން ގޯސްވެފައިވާ ބިލިއަނަރު އީލޮން މަސްކް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ފައިސާ ދީފިނަމަ "ނަތީޖާ ވަރަށް ގޯސްވާނެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮނިހިރު ދުވަހު އެން.ބީ.ސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ބިލިއަނަރު މަސްކް، ޚިޔާލު ތަފާތުވެފައިވާ ޓްރަމްޕްގެ ފުޅާދާއިރާ އެއްގައި ޓެކްސް ކުޑަކުރުމުގެ ބިލަށް ވޯޓުދޭ ރިޕަބްލިކަނުން އަލުން މަޖިލިހަށް ހޮވުނަ ނުދިނުމަށް އެ މީހުންނާ ވާދަކުރުމަށް ނުކުންނަ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ފައިސާ ދީފިނަމަ "ސީރިއަސް ނަތީޖާތަކެއް" ކުރިމަތިވާނެ ކަމަށެވެ.

ފޯނުން ދެއްވި އިންޓަވިއުގައި ޓްރަމްޕް އެ ނަތީޖާތަކަކީ ކޮބައިކަން ވިދާޅުވުމަށް އިންކާރުކުރެއްވިއެވެ. އަދި މަސްކް އާ މެދު ތަޙްގީގެއް ހިންގުމާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓެސްލާ އަދި ސްޕޭސްއެކްސް ގެ ސީއީއޯ އާއެކު އޮތް ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ދެކެވަޑައިގަންނަވަންތޯ ދެންނެވުމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑަށް ހީވަނީ އެހެން، އާދެ."

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2017

ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ

07 ޑިސެމްބަރު 2017
ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ
02 ޑިސެމްބަރު 2017

އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ

02 ޑިސެމްބަރު 2017
އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ
14 ނޮވެމްބަރު 2017

ޤަތަރުގެ ފައިސާގެ އަގު ވައްޓާލުމަށް ރޭވި މައްސަލަ ބަލަނީ

14 ނޮވެމްބަރު 2017
ޤަތަރުގެ ފައިސާގެ އަގު ވައްޓާލުމަށް ރޭވި މައްސަލަ ބަލަނީ
04 ސެޕްޓެމްބަރު 2017

ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

04 ސެޕްޓެމްބަރު 2017
ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު