Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޓްރަމްޕްއާ ދެކޮޅަށް މަސްކް ސިޔާސީ ޕާޓީއެއް އުފައްދައިފި

6 ޖުލައި 2025 | އާދީއްތަ 14:24

މެރިކާ ރައްޔިތުންގެ ހަގީގީ މިނިވަންކަން އަލުން ހޯދައި ދިނުމަށް، އެމެރިކާ ޕާާޓީ އުފައްދާފައިވާ ކަމަށް މަސްކް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2025 | އާދީއްތަ 14:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީލޮން މަސްކް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީލޮން މަސްކް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް، މަހުޖަނު އީލޮން މަސްކް ސިޔާސީ ޕާޓީއެއް އުފައްދައިފި އެވެ.

މިދިޔަ އަހަރު އޮތް އެެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ޓްރަމްޕްގެ ރިޔާސީ ކެމްޕެއިންގައި ވެސް މަސްކް ވަނީ ވަރަށް އިސްކޮށް މަސައްކަތް ކޮށްފަ އެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމާ ހަވާލުވުމަށް ފަހު، ސަރުކާރުގެ މުހިންމު މަސައްކަތެއް ވެސް މަސްކްއާ ހަވާލު ކުރި އެވެ. 

ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ތައާރަފު ކޮށްފައިވާ ޚަރަދުގެ ބިލުގެ މައްސަލައިގައި ޓްރަމްޕް އަދި މަސްކްގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އަދި މަސްކް ވަނީ ޓްރަމްޕްގެ ސަރުކާރުން ވެސް އިސްތިއުފާ ދީފަ އެވެ. ޓްރަމްޕްގެ ޚަރަދުގެ ބިލަށް މަސްކް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާއިރު، ޓްރަމްޕް ވެސް ވަނީ މަސްކް އަށް ރައްދު ދީފަ އެވެ. 

ސޯޝަލް މީޑިއާގެ އެކްސްގައި މަސްކް ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފަ އެވެ. އޭގެ އެއް ދުވަސް ފަހުން މަސްކް ވަނީ "އެމެރިކާ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައިވާކަން އިއުލާން ކޮށްފަ އެވެ. އެގޮތުން މަސްކް ބުނެފައި ވަނީ ދެބައި ކުޅަ އެއްބައި މީހުންގެ ޚިޔާލު ހުރީ ސިޔާސީ ޕާޓީއެއް އުފައްދަން ކަމަށެވެ.

މަސްކް ބުނެފައި ވަނީ ޤައުމު ބަނގުރޫޓުވުމާ ދިމާލަށް ދަތުރު ކުރަމުން ދާއިރު، އެމެރިކާގެ ރައްޔިތުން ތިބީ ޑިމޮކްރަސީގައި ނޫން ކަމަށާއި، އެ މީހުން ތިބީ އެއްް ޕާޓީގެ ނިޒާމެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެމެރިކާ ރައްޔިތުންގެ ހަގީގީ މިނިވަންކަން އަލުން ހޯދައި ދިނުމަށް، އެމެރިކާ ޕާާޓީ އުފައްދާފައިވާ ކަމަށް މަސްކް ބުންޏެވެ. 

ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ބިލު ފާސްކުރުމާ ގުޅިގެން މަސްކް ވަނީ، އެއީ ޤައުމު ބަނގުރޫޓުވުމަށް މަގު ފަހި ކުރުވާނެ ކަމެއް ކަމަށް ބުނެފަ އެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި އުފެދިފައިވާ ދެ ޓްރިލިއަން ޑޮލަރިގެ ދަރަނި، 2.5 ޓްރަލިއަން ޑޮލަރަށް ބޮޑުވާާނެ ކަމަށް ވެސް މަސްކް ބުނެފައިވެ އެވެ. 

މީގެ ކުރިން ޓްރަމްޕްގެ އެންމެ އަރިސް އަދި އެންމެ ވަފާތެރި މީހާގެ ގޮތުގައި ހުރި މަސްކް މިހާރު ބުނަމުން އަންނަނީ، އެ ބިލަށް ތާއީދު ކުރާ މެމްބަރުންނާ ދެކޮޅަށް ވެސް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އެކަމުގެ ތެރެއިން އުފެދުނު ޚިޔާލު ތަފާތުވުމުގައި ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކަށް ދެމުން އަންނަ ސަބްސިޑީތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. 

މިކަމުގެ ސަބަބުން މަސްކްގެ ޓެސްލާގެ ހިއްސާ އަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު 488 އެމެރިކާ ޑޮލަރަށް ހިއްސާއެއްގެ އަގު އަރާފައިވާއިރު، މިހާރު އެ އަގު ހުރީ ހިއްސާއެއް 315.35 އެމެރިކާ ޑޮލަރުގައި ކަމަށް ބުނެފައިވެ އެވެ. 

މިހާތަނަށް އައިއިރު 160 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެމެރިކާގެ ސިޔާސީ މަސްރަހު ޑޮމިނޭޓު ކުރަމުން އަންނަނީ ރިޕަބްލިކަން ޕާޓީ އަދި ޑިމޮކްރަޓިކް ޕާޓީ އެވެ. އެހެންކަމުން އެ ދެ ޕާޓީގެ ވިދުން ކަނޑުވާލައި، އެހެން ޕާޓީ އަކަށް ކުރި ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް މާހިރުން ވަނީ ބުނެފަ އެވެ. ނަމަވެސް، މަސްކްގެ މުއްސަނދި ކަމާއި، އޭނާގެ މާލީ ބާރުވެރިކަމުން، މަސްކް އުފެއްދި ޕާޓީ އިން އަންނަ ބަދަލުތަކުން ފެނިދާނެ ކަމަށް ވެސް ލަފާ ކޮށްފައިވެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް